އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔެއާ އާޚިރަތް ކާމިޔާބު ކުރެވުމުގެ ދަޅުދަނޑި އަތުން ގެއްލުނަ ނުދީ ހިފަހައްޓަން ކުރަން އޮތް ދުޢާ!

ދުނިޔެއާ އާޚިރަތް ކާމިޔާބު ކުރެވުމުގެ ދަޅުދަނޑި އަތުން ގެއްލުނަ ނުދީ ހިފަހައްޓަން ކުރަން އޮތް ދުޢާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ކާމިޔާބީ އެކި މީހުން މާނަކުރާނީ އެކިގޮތަށެވެ. ވީމާ އަޖުރެން މިކިޔައިދެނީ އަހުރެންގެ ވިސްނުމުންނެވެ. 

1 ދުނިޔޭގެ ކާމިޔާބީ: 

ދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުމެވެ. ޤަބޫލުކުރިނަމަވެސް ނުކުރިނަމަވެސް މައްސަލައެއް ނެތެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޢިއްފަތްތެރިކަމެވެ. 

ބައެއް މީޙުން ޢިއްފަތްތެރި ކަމާއި ބިކުރުވެރިކަން އޮޅުވައިލައެވެ. ބިކުރުވެރިކަމާއި އެއްވެސް މީހަކާއިއެކު ޖިންސީ ގުޅުން ނުހިންގާއިރު ތިމާގެ ކިބައިގައިވާ ޝަރަފާއި ޢިއްޒަތެކެވެ. ޢިއްފަތްތެރިކަމަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ގޮތް ނޫން ގޮތަކަށް ޖިންސީ ގުނަވަން ބޭނުންނުކުރުމެވެ. 

2 އާޚިރަތުގެ ކާމިޔާބީ: 

ޢިއްފަތްތެރިން އާޚިރަތް ދުވަހު ހިމެނިގެންދާނީ ޢަރުޝީގެ ހިޔާވަހިކަން ލިބިގެންދާ 7 ބާވަތުގެ މީހުންގެ ތެރެއިންނެވެ. އެހިސާބުން އެއޮތީ ސުވަރުގެ ވައްދަވާނެކަމުގެ ޓިކެޓް ޔަޤީންކުރެވިފައެވެ. ސީޓް ލިބިފައެވެ. ހަމައެކަނި އިންތިޒާރުކޮށްލަންޖެހޭނީ "ފްލައިޓް ޖައްސައި ވަދެވޭނެ" ވަގުތަށެވެ. 

ވީމާ އަހުރެންގެ ނަޒަރުގައި ދެދުނިޔޭގެ އެންމެ ބޮޑު ކާމިޔާބީ ގުޅިފައި މިވަނީ ހަމަ ޢިއްފަތްތެރިކަމާއިއެވެ. އެކަން އަތުން ގެއްލުނަނުދީ ހިފަހައްޓަން މި ދުޢާކުރަމުން ގެންދާށެވެ.

މީގެ އިތުރުން މިދުޢާގައި ތަނަވަސްކަން ދެއްވެވުމާއި ހިދާޔަތާއި ތަޤްވާވެރިކަން ދެއްވެވުމަށް އެދުން ވެސް ހިމެނިފައިވާތީ މިއީ ހަމަ ކޮންމެ މީހަކުވެސް ގިނަގިނައިން ކިޔަން އޮތް ދުޢާއެކެވެ.  

(اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى)

"ޔާ ﷲ! މިއަޅާއަށް  ހިދާޔަތާއި، ތަޤްވާވެރިކަމާއި، ޢިއްފަތްތެރިކަމާއި، ފުދުންތެރިކަން ދެއްވުން އެދި އިބައިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ."

(ދުޢާ: ޞަޙީޙް މުސްލިމް)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް