އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭމީހާ ސަމާލުކަންދޭންޖެހޭ އެންމެ މުހިންމު ކަންތައް!

ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭމީހާ ސަމާލުކަންދޭންޖެހޭ އެންމެ މުހިންމު ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އެމީހާ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމެވެ. ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެއްޖެނަމަ ކަންބޮޑުވެވުމަކީ އިންސާނުންގެ ކިބައިވާ އެންމެ ބޮޑު އެއް އުނިސިފައެވެ. އެހެންކަމުން ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭ މީހާ ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. 

އެއީ އެމީހާގެ އަމަލުތައް ސީދާކުރުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. ވީމާ ފުރަތަމަކަމެއްގެ ގޮތުން ތިމާކުރާ ޢަމަލުތަކަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ޢަމަލުތައްކަމުގައިވާންޖެހޭނެއެވެ. އަދި ހުއްދަކުރައްވަވާފައިވާ ގޮތަށް ކުރާ ޢަމަލުތަކަކަސްވެސް ވާނަޖްހޭނެއެވެ. 

ހަމަ އެއާއިއެކު ދުޢާކުރުމަށްފަހު ކުރާ އަމަލުތަކަކީވެސް ﷲ ތަޢާލާ ހުއްދަކުރެއްވެވި ޢަމަލުތައް ކަމުގައިވާންޖެހޭނެއެވެ. އެކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ހުރިހާ ކަންކަން ކުރަމުންގެންދާ މީހަކަށްވާންޖެހޭނެއެވެ. ޚާއްޞަކޮށް ފަރުނަމާދާއި އެހެންވެސް ފަރުޟުތަކަށް ރައްކައުތެރިވާންޖެހޭނެއެވެ. 

ބައެއްމީހުންނަށް ޢަމަލުކުރެވެނީ މިގޮތަކަށް ނޫނެވެ. ކަމަކަށް ބޭނުންވުމުން މިސްކިތަށް އަރައި ނަމާދެއްކޮށްލުމަށްފަހު ދުޢާކުރަނީއެވެ. ދުޢާކޮށް ނިމިގެން ފައިބައިގެންދަނީއެވެ. ފައިބައިގެން ދިއުމަށްފަހު ހުންނަނީ ކުރި ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެފައެވެ. ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެ އެކަމުގެ އިންތިޒާރީގައި ހުންނައިރުވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ސަމާލުކަމެއް ނުދެވެއެވެ. ނަމަވެސް ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާތީ ކަންބޮޑުވެއެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާއީ ދީލަތިވަންތަ ރަސްކަލާނގެއެވެ. އޯގާތެރިވަންތަ ރަސްކަލާނގެއެވެ. ވީމާ ކިތަންމެ ގިނައިން ފާފަކުރާ މީހެއްގެ ދުޢާވެސް އިރާދަކުރައްވަވައިފިނަމަ ޢިޖާބަކުރައްވަވާނެއެވެ. އެއިގެ މާނައަކީ އަހަރެމެން އެކަލާނގެއަށް ކިޔަމަންތެރި ނުވެ ދުޢާކުރުމުން ޢިޖާބަ ކުރައްވަވާނެކަމަށް ޤަބޫލުކުރުމެއް ނޫނެވެ. 

ދުޢާ ޢިޖާބަކުރައްވަވަން އެދޭ މީހާ ފުރަތަމަ ކަމަކަސް ތިމާ ކުރާ ޢަމަލުތައް ސީދާކުރާށެވެ! ފުރިހަމަ ތައުބާއަކުން ތައުބާވާށެވެ! އަދި އެ ތައުބާމަތީގައި ދެމިހުންނާށެވެ! އިން ޝާ ﷲ އެމީހާގެ ދުޢާތައް ޢިޖާބަކުރައްވަވާނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް