އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްދަތިކަމާ ކަންބޮޑުވުންތަކުން ސަލާމަތްވެ ހުރުމަށާ އެދޭ ކަންކަން ހިންމަވައި ދެއްވެވުން އެދި ކުރަން ރަނގަޅު 5 ދުޢާ-

ހިތްދަތިކަމާ ކަންބޮޑުވުންތަކުން ސަލާމަތްވެ ހުރުމަށާ އެދޭ ކަންކަން ހިންމަވައި ދެއްވެވުން އެދި ކުރަން ރަނގަޅު 5 ދުޢާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެ މީހަކީވެސް ވަރަށް ގިނަ ތަކްލީފްތަކެއްގައި ދިރިއުޅެން ޖެހިފައިވާ މީހެކެވެ. ޔަޤީންކުރަންވީ ކަމަކީ އެމީހަކަށް ނުއުފެލޭނެވަރުގެ ބޮޑު ތަކްލީފެއް އެއްވެސް މީހަކަށް ނުޖައްސަވާނެ ކަމެވެ. ދެން އޮތީ ތަކްލީފްތަކުން ސަލާމަތް ކުރައްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. 

މިގޮތުން ކުރާނެ ދުޢާ ހޯދަން ބޭނުންވާ ގިނަ ބައަކު ތިބޭތީ މި ބަޔާންކުރަނީ މައްސަލަތައް ކުރިމަތިވުމުން ކުރަން ޤުރްއާނާ ސުންނަތުން ސާބިތުވާ 5 ދުޢާއެވެ. 

1 ކެތްތެރިކަން ދެއްވެވުން އެދި:

لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِين

2 ހިތްދަތިކަމާ ކަންބޮޑުވުންތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި: 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحُزْنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ 

3 ޢާއިލީ މައްސަލަތަކާ، ދަރަންޏާ، ޞިއްޙީ މައްސަލަތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި:  

يَا حَيُّ يَا قَيُّوْمُ بِرَحْمَتِكَ أَسْتَغِيْث

4 ދިމާވާ މައްސަލަތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި:  

اللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ لَا إِلَهَ إِلَا أَنْتَ

5 ދަރަނިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި:  

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكِ عَمَّنْ سِوَاكَ

ޔަޤީންކުރަންވީ ކޮންމެ ކަމެއްވެސް ކުރިމަތިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. ހިންމަވައި ދެއްވެވުން އޮތީ ހަމަ އެކަލާނގެ ޙަޟްރަތުން ކަމެވެ. ހަމަ އެއާއިއެކު ކޮންމެ ދުޢާއެއްވެސް ކުރަންވާނީ ޢިޖާބަ ކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް