އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެއްލި ދިއަ ނިޢްމަތަށްވުރެ ރަނގަޅު ނިޢްމަތެއް ދެއްވެވުން އެދި ކުރަން އޮތް ދުޢާ!

ގެއްލި ދިއަ ނިޢްމަތަށްވުރެ ރަނގަޅު ނިޢްމަތެއް ދެއްވެވުން އެދި ކުރަން އޮތް ދުޢާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

ދުނިޔޭގެ ކޮންމެ ނިޢްމަތަކީވެސް އެމީހަކާއި ވަކިވެގެންދާނެ ނިޢްމަތެކެވެ. އަނބިން ފިރިން މައިންބަފައިން އަދި އެނޫންވެސް ތިމާ އެންމެ ލޯބިވާ އެތައް ބައަކު ވަކިވެގެންދާނެއެވެ. އެކަމަށް އަހަރެމެން މިކިޔަނީ ދުނިޔޭގެ ޤާނޫނެވެ. 

އެފަދަ ޙާލަތެއް މިންވަރުކުރެއްވެވުމުން ހިތްދަތިކަން ލިބޭނެއެވެ. އެއީވެސް ހަމަ ދުނިޔޭގެ ޤާނޫނެވެ. ވީމާ އަހަރެމެންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދި ދުޢާކުރުމެވެ. 

މިގޮތުން މިބަޔާންކުރަނީ އުންމު ސަލަމާގެ ފިރިކަލުން އަބޫ ސަލަމާ ދުނިޔެ ދޫކުރެއްވެވުމުން އުންމު ސަލަމާއަށް ކުރިމަތިވެވަޑައިގެންނެވި ހިތާމަފުޅާއި ހިތްދަތިކަމުގެ ޙާލަތުގައި ކުރައްވަވަން ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވި ދުޢާއެވެ. 

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ 

اللَّهُمَّ أْجُرْنِي فِي مُصِيبَتِي 

وَأَخْلِفْ لِي خَيْرًا مِنْهَا إِلَّا أَخْلَفَ اللَّهُ لَهُ خَيْرًا مِنْهَا

Umm Salamah reported: The Messenger of Allah, peace and blessings be upon him, said, 

 

 

 

“No Muslim is afflicted with a calamity but that he should say what Allah has commanded him: Indeed, to Allah we belong and to Allah we will return. (2:156) O Allah, reward me in my affliction and replace it with something better than it. If he does so, Allah will replace it with something better.”

Source: Ṣaḥīḥ Muslim 918

Grade: Sahih (authentic) according to Muslim

عَنْ أُمِّ سَلَمَةَ أَنَّهَا قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  مَا مِنْ مُسْلِمٍ تُصِيبُهُ مُصِيبَةٌ فَيَقُولُ مَا أَمَرَهُ اللَّهُ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا إِلَّا أَخْلَفَ اللَّهُ لَهُ خَيْرًا مِنْهَا

918 صحيح مسلم كتاب الجنائز باب ما يقال عند المصيبة

މިދުޢާގައި އެކުލެވިގެންވާ މާނައީ: "ހަމަކަށަވަރުން އަޅަމެން މިލްކްވެވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. އަދި އެނބުރިދިއުންވެސް ވަނީ އިނބަ ﷲ ގެ ޙަޟްރަތަށެވެ. މިއަޅާއަށް ކުރިމަތިވި މުޞީބާތުގެ ޘަވާބު މިއަޅާއަށް ދެއްވަވައިފާނދޭވެ. އަދި އެ މުޞީބާތަށްވުރެ ހެޔޮ ކަމަކުން މިއަޅާއަށް ޖަޒާ ދެއްވަވައިފާނދޭވެ." 

ޙަދީޘްފުޅުގައިވަނީ މިފަދައިން ދުޢާކޮށްފިނަމަ އެމީހަކަށް އެކަން އެގޮތަށް ހިންމަވައި ދެއްވަވާނެކަމަށެވެ. 

މިދުޢާގެ ސަބަބުން އެކަމަނާއަށް ގެއްލިދިއަ ފިރިކަލުން އަބޫ ސަލަމާގެ ބަދަލުގައި ފިރިކަލެއްގެ ގޮތުގައި އެންމެ މަތިވެރި އިންސާނާ، އަހަރެމެންގެ ލޮބުވެތި ޞާޙިބާ ރަސޫލް ﷺ މިންވަރުކުރައްވަވައިދެއްވެވިއެވެ. 

އަހަރެމެން މަސައްކަތްކުރަންވީ ދުޢާކުރާއިރު އަހަރެމެންނަކީވެސް އުންމު ސަލަމާފަދަ އީމާންތެރި، ތަޤްވާވެރިއަކަށްވުމަށެވެ. ފުރިހަމައަށް ތައުބާވެ ހެޔޮ ޢަމަލުތައްކުރާ މީހަކު ކަމުގައިވުމަށެވެ. 

އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ.  

ކިޔުމަކީ ވަރަށް ވަރުގަދަ އުންމީދެކެވެ. ފުރަތަމަ ަމަކަށް ތިމާއަށް މި އިޤްރާރުވެވެނީ ތިމާއަކީ އެއްވެސް ބާރެއް ނެތް މީހެއް ކަމަށެވެ. " އަދި އެނބުރިދިއުންވެސް ވަނީ އިނބަ ﷲ ގެ ޙަޟްރަތަށެވެ." ދެންނެވުމަކީ އުންމީދުން ފުރިގެންވާ ބަސްތަކެކެވެ. އެހެނީ އޭނާއަށް އެ ޔަޤީންކުރެވެނީ ﷲ ތަޢަލާގެ ޙަޟްރަތަށް އެނބުރި ދާންޖެހޭނެކަމާއި އަދި އުންމީދު އެކުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުމުން ތިމާ ނިކަމެތި ނުކުރައްވަވާނެ ކަމެވެ. މާޔޫސް ނުކުރައްވަވާނެ ކަމެވެ. ސުވަރުގެ ވައްދަވާނެ ކަމެވެ. މިކަންކަމަކީ ދުޢާކުރާ މީހާ ހިތްމައްޗަށް ގެންނަން ޖެހޭނެ ކަންކަމެވެ.

- -ދުޢާގެ މާނަ: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް