އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ޕާޕްލް އޮނިއަން" އިން ހަށިގަނޑަށް ލިބޭ ބޮޑު 8 ފައިދާ: ބޮޑެތި ގިނަ ބަލިތަކަކުން ސަލާމަތްކޮށްދޭ!

"ޕާޕްލް އޮނިއަން" އިން ހަށިގަނޑަށް ލިބޭ ބޮޑު 8 ފައިދާ: ބޮޑެތި ގިނަ ބަލިތަކަކުން ސަލާމަތްކޮށްދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

"ޕާޕްލް އޮނިއަން" ދިވެހިން ޢާންމުކޮށް ކިޔާ ނަމުންނަމަ އިންޑިއާއިން ގެންނަ ފިޔާ ނުވަތަ ބޮމްބޭ އޮނިއަންއިން މުހިންމު 7 ކަމަކަށް ފައިދާ ކުރެއެވެ. 

1- ކެންސްރު ސެލް އުފެދުމަށް ހުރަސް އަޅައެވެ. 

2- ކުޑަކަމު ދިއުމުގެ ނިޒާމަށް ގެއްލުންދޭން މަސައްކަތްކުރާ ބެކްޓީރިއާތަކަށް ހުރަސްއަޅައެވެ. 

3- ހަކުރުގެ ލެވެލް ކޮންޓްރޯލްކުރަން އެހީތެރިވެދެއެވެ. 

4- ބޮޑުކަމުދިއުން ފަސޭހަކޮށްދެއެވެ. 

5- ކަރުހިރުވުމާ އަރިދަފުސް ރޯގާއިން ސަލާމަތްވާން އެހީތެރިވެދެއެވެ. 

6- ފިޔާ ފަޅާލައި ވަސްގަތުމުން ނޭފަތުން ލޭއައުން ހުއްޓުވައިދެއެވެ. 

7- ބްލަޑްޕްރެޝަރ ކޮންޓްރޯލްކޮށްދީ ހަށިގަނޑުގަ ލޭދައުރުކުރަން އެހީތެރިވެދެއެވެ.

8- ހަށިގަނޑު ނުބައި ކޮލޮސްޓްރޯލް ފިލުވާލަން އެހީތެރިވެދެއެވެ. 

ހުދުފިޔާއިން މިފައިދާތަކެއް ނުކުރާނެއެވެ. 

މި ބަޔާންކުރި ފައިދާތައް ފިޔާއިން ކުރާނީ ނުކައްކާ، ތެލުނުލައި ރޮލަށް ބޭނުންކުރުމުންނެވެ. ކޮށާލައި ސަޓަނި ހެދައިގެންވެސް ކެވިދާނެއެވެ. ލުބޯހުތާއިއެކު ކެއުމަކީ ފިޔާވަސް ކުޑަކޮށްދޭ، ފަސޭހައިން ވަސްފިލާ ކަމެކެވެ. 

ފިޔާ ރޮލަށް ބޭނުންކުރާއިރު ކެއުމަށްފަހު އަވަހަށް އަނގައިން ފިޔާވަސް ކަނޑުވާލަންވާނެއެވެ. އެއީ ލޮނުމިދާއި ފިޔާގެ ވަސްދުވާނަމަ މަލާއިކަތުން ކައިރިވެޑައިނުގަންނަވާނެތީއެވެ. އަދި އެވަސް ހުއްޓައި މިސްކިތުގެ ޖަމާއަތުގައި ބައިވެރިނުވުމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ. 

- ފަޒީގެ ތަޖުރިބާއިން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް