އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަކި އެޕާޓްމަންޓުތަކުން ކުނި ނަގާގޮތަށް ވެމްކޯއިން ހަމަޖައްސައިފި

ވަކި އެޕާޓްމަންޓުތަކުން ކުނި ނަގާގޮތަށް ވެމްކޯއިން ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

މި މަހުގެ 15 އިން ފެށިގެން ވަކި އެޕާޓްމަންޓުތަކުން ކުނި ނަގާގޮތަށް ވެމްކޯއިން ހަމަޖައްސައިފިއެވެ.

މާލޭގެ ގޭބިސީތަކުން ކުނި ނެގުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވީ ގޭގެއަށް ގޮސްގެން ކުނި ނަގާގޮތަށް އަލުން ހަމަޖައްސަން ނިންމީ ކުނި ނެގުމުގެ ހިދުމަތަކީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ކުނި ނެގުމުގެ ހިދުމަތް ދޭ އުސޫލުން ހިދުމަތް ދިނުން ބަދަލު ކުރުމަށް ކަމަށެވެ.

މާލެ ސަރަހައްދުގައި 18:00 އިން 23:00 އަށް ކުނި ނެގުމުގެ ހިދުމަތް ދޭއިރު، ވިލިމާލެ އާއި ހުޅުމާލޭގައި މި ހިދުމަތް ދޭނީ 20:00 އިން 23:00 އަށެވެ.

ދުވަހު ކުނީގެ ގޮތުގައި ބަރު އަދި ބޮޑެތި ކުނި ނެގުމަށް ހަމަޖެހިފައި ނުވާއިރު، ކޮންމެ ގޭބިސީއަކުން ވެސް ދުވަހު ކުނީގެ ގޮތުގައި އުކާލެވޭނީ، މިންގަނޑާށް ފެތޭ (40 ލީޓަރު) ސައިޒްގެ ތިން ޑަސްބިން ކޮތަޅު ނުވަތަ ކަޅު ޑަސްބިން ކޮތަޅު (120 ލީޓަރު) ގެ ކުންޏެވެ.

ވެމްކޯއިން ބުނެފައިވަނީ ކުރިން ރަޖިސްޓްރީކޮށްފައިވާ ގެތަކުގެ ތެރެއިން ފީ ނުދައްކާ ގެތަކަށް ހިދުމަތް ދޭނީ ފާއިތުވެދިޔަ ތިން މަސް ފިޔަވައި އެހެން ހުރިހާ މަހެއްގެ ފީ ދައްކައި ހަލާސް ކުރުމުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު