އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަމަހު ވެމްކޯގެ ޚިދުމަތްތައް ދޭ ގަޑިތައް ހާމަކޮށްފި

ރޯދަމަހު ވެމްކޯގެ ޚިދުމަތްތައް ދޭ ގަޑިތައް ހާމަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ކުރިއަށް އޮތް ރޯދަމަހު ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތްތައް ދޭ ގަޑިތައް އެކުންފުނިން ހާމަކޮށްފިއެވެ.

ވެމްކޯ އިން ބުނެފައިވަނީ ރަމަޟާންމަހު މާލެ ސަރަޙައްދުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 14:00 އަަށް ކަމަށާއި އަދި ކޯލް ސެންޓަރުތަކުގެ ޚިދުމަތް ހެނދުނު 9:00 އިން ފެށިގެން 14:00 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން 00:00 އަށް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ލިބެން ހުންނާނެކަމަށެވެ.

މާލެ ރީޖަންގެ ހައުސް ހޯލްޑް ކަލެކްޝަން ނުވަތަ ގޭބިސީތަކުން ކުނި އުކާލުމުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 20:30 އިން ފެށިގެން 02:30 އަށެވެ.

ރޯދަމަހު މާލެ ސަރަޙައްދުގައި ކޮމާޝަލް ކަލެކްޝަން ކުރިއަށްދާނީ ހެނދުނު 09:00 އިން 15:00 އަށް އަދި 22:00 އިން 01:00 އަށެވެ. އަދި ހުކުރު ދުވަހު 14:00 އިން 17:00 އަށް އަދި 22:00 އިން 02:00 އަށެވެ. ކެޕް ސަރވިސް ކުރިއަށްދާނީ ހެނދުނު 9:00 އިން 15:00 އަށް އަދި 22:00 އިން 00:00 އަށެވެ. ހުކުރު ދުވަހު 14:00 އިން 17:00 އަށް އަދި 22:00 އިން 01:00 އަށް ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު