އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާދަމާއިން ފެށިގެން ކުނި ނެރެން ޖެހޭ ގަޑިއަކީ ރޭގަނޑު އަށްގަޑި ތިރީހުން ނުވަގަޑި ތިރީހަށް!

މާދަމާއިން ފެށިގެން ކުނި ނެރެން ޖެހޭ ގަޑިއަކީ ރޭގަނޑު އަށްގަޑި ތިރީހުން ނުވަގަޑި ތިރީހަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއުއާ ގުޅިގެން މާލޭގެ ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑި މާދަމާ އިން ފެށިގެން ވެމްކޯއިން އަވަސްކޮށްފިއެވެ.

މިކަމާގުޅިގެން ވެމްކޯއިން ބުނެފައިވަނީ މާދަމާ އިން ފެށިގެން މާލޭގެ ގޭބިސީތަކުން ކުނި ނެރޭނީ ރޭގަނޑު 8:30 - 9:30 އާ ދެމެދު ކަމަށާއި މިގޮތަށް ބަދަލު ގެނައީ ވެމްކޯގެ މުވައްޒަފުންނަށްވެސް ކާފިއުއަށް އަމަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި މުވައްޒަފުންނާއި ކަސްޓަމަރުންނާ ކޮންޓެކްޓްވުން ކުޑަ ކުރުމަށް ކަމަށެވެ. 

ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކުން ކުނި ނެރެން ޖެހޭނީ ކުރިންވެސް ނެރެމުން އައި ގަޑިތަކުގައި ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު