އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާންމު ރައްޔިތުންނަށް ހިލޭ ކުނި އުކޭނެ އިންތިޒާމު ހަމަޖައްސައިފި

އާންމު ރައްޔިތުންނަށް ހިލޭ ކުނި އުކޭނެ އިންތިޒާމު ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

އާންމު ރައްޔިތުންނަށް ހިލޭ ކުނި އުކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ވެމްކޯއިން ބުނީ މިފަދައިން ހަމަޖައްސާފައިވަނީ ރޯދަ މަހާ ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެފައިވާތީ އާންމުންގެ ކަންބޮޑުވުންތައް ހުރުމުން އެކަމަށް ހައްލު ގެނައުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މާޗު 10 ގެ 18:00 އިން މާޗު 13 ގެ 00:00 އާ ހަމައަށް އާންމު ފަރާތްތަކަށް ހިލޭ ކުނި އުކޭނެ ކަމަށާއި މި މުއްދަތުގައި މި ފަރާތްތަކުން ގެންނަ ވެހިކަލް ތަކުގެ އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ނުނަގާނެ ކަމަށް ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ އާންމު ފަރާތްތަކަށް ހިލޭ އުކޭނެ ކުނީގެ ތެރޭގައި ކާބޯތަކެއްޗާއި، ފަނާވާޒާތުގެ ކުނި އަދި އިމާރާތްކުރުމާއި އިމާރާތް ތަޅާލުމުގައި އުފެދޭ ކުނި ނުހިމެނޭނެކަމަށެވެ.

އާންމު ފަރާތްތަކަށް މިފަދައިން ލުއި ދީފައިވީ ނަމަވެސް ވެމްކޯއިން ބުނީ ވިޔަފާރިތަކުން އުކާލަން ގެންނަ ކުނި ތަކުން ކުރިއެކޭވެސް އެއްގޮތަށް ކުނީގެ ބަރުދަނަށް ބަލާ ކިލޯއަކަށް 75 ލާރީގެ މަގުން ފީ ދައްކަން ޖެހޭނެކަމަށެވެ. އަދި ސަރުކާރު މުއައްސަސާ ތަކުންނާއި ވިޔަފާރި އުސޫލުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިހާރެކޭ އެއްފަދައިން ކިލޯއަކަށް 2.66ރ ދައްކަން ޖެހޭނެއެވެ. މި ވެހިކަލތަކުން އެންޓްރީ ފީގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150ރ ދައްކަން ޖެހޭނެކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން މި ހިދުމަތް ދޭން ނިންމާފައިވާއިރު، މާލޭގެ މަގުތައް މަތީ ކުނި ތައް މި ފަހަކަށް އައިސް މިވަނީ އިންތިހާއަށް އިތުރުވެ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު