އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ވެމްކޯގައި ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފި

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ވެމްކޯގައި ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުވުމުގެ ފުރުސަތުތަކަށް ހުޅުވާލައިފިއެވެ. 

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ވެމްކޯގެ ފަރާތުން ތަފާތު ގިނަ ދާއިރާތަކަކުން ޒުވާނުން ތަމްރީނުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި އޮޓޮމޯޓިވް މެއިންޓަނަންސް މެކޭނިކް، ސްޓޯރކީޕަރ، ކޭޝިއަރިންގ އަދި ވެލްޑިންގ ޓެކްނިކްސްގެ ދާއިރާއިން ތަމްރީނުކުރުމަށް ޖުމްލަ 16 ފުރުސަތު ދިނުމަށް  ނިންމާ، މިހާރު ވަނީ މި ފުރުސަތުތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު 08 މާރޗް 2022ގެ ނިޔަލަށް ހުޅުވާލައިފައިއެވެ. ވެމްކޯގެ ފަރާތުން ތަމްރީނުވާ ބައިވެރިންނަށް އެލަވަންސްއެއްގެ ގޮތުގައި މަހަކު 5000 ރުފިޔާ ދިނުމަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށައަޅުއްވާނީ https://forms.gle/vkM2NHGbgjcx8pwF6 މި ލިންކު މެދުވެރިކޮށެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ 1456 އަށް ގުޅުއްވައިގެން ނުވަތަ [email protected]  އަށް އީމެއިލް ކޮށްގެން މަޢުލޫމާތު ސާފު ކުރެވޭނެއެވެ. 

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބިވަޑައިގަންނަވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ