އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު ނަޞީބުވެރިއަކީ މައިންބަފައިންނަށް ކަމަކަށް ބޭނުންވާކަން އެނގޭ ފުރަތަމަ ދަރިފުޅު! އެއީ ސުވަރުގެ ވަނުމަށް ލިބޭ ފުރުޞަތެއް!: މުފްތީ މެންކް

އެންމެ ބޮޑު ނަޞީބުވެރިއަކީ މައިންބަފައިންނަށް ކަމަކަށް ބޭނުންވާކަން އެނގޭ ފުރަތަމަ ދަރިފުޅު! އެއީ ސުވަރުގެ ވަނުމަށް ލިބޭ ފުރުޞަތެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 15 ސިކުންތު

ގިނަ ދަރިން ތިބޭ ޢާއިލާތަކުގައި މިހާރަކަށް އައިސް ކުރިމަތިވާ ކަމެއް އެބައޮތެވެ. އެއީ މައިންބަފައިންނަށް ކަމަކަށް ބޭނުންވުމުން އެކަންކޮށްދޭނެ ދަރިއަކު ކަނޑައަޅަން ބަހުސްކޮށް ގުރުވަތުލާ ހިސާބަށް ކަންކަން ގެންދިއުމެވެ. އެއިރުން އެއެނގެނީ މައިންބަފައިންނަށް ޚިދުމަތްކުރަން ޝައުޤުވެރިކަން ނެތްކަމެވެ.

މީސްތަކުންނޭވެ! މައިންބަފައިން ކަމަކަށް ބޭނުންވެގެން ތިބިކަން ފުރަތަމަ އެނގޭ ދަރިފުޅަށް އެލިބެނީ ވަރަށް ބޮޑު ނަޞީބެކެވެ. ސުވަރުގެ ވަނުމުގެ ފުރުޞަތެވެ. ވީމާ މަސައްކަތްކުރަންވީ މައިންބަފައިންގެ ބޭނުން ފުއްދައިދޭދަރިއަކީ ތިމާކަމުގައިވުމަށެވެ. އެހެން ދަރިއަކާއި ބައްސަންވާނީވެސް އެކަމަކީ ތިމާއަށް ފުއްދައިނުދެވޭވަރުގެ ކަމެއް ނަމައެވެ.

ސުވަރުގެ ލިބުން އެދި ގިނަ ބައަކު ވަރަށް ބުރަ މަސައްކަތް ކުރެއެވެ. ނަމަވެސް އެންމެ ފަސޭހަ އެއްކަންތައް މަތިން ބައަކު ވަނީ ހަނދާންނައްތައިލައިފައެވެ. ނުވަތަ ހަނދާން ނެތިފައެވެ. ވީމާ ރަނގަޅަށް ކަނުލައި އަޑުއަހާށެވެ!

މައިންބަފައިންނަށް ޚިދުމަތް ކުރަން ލިބުމަކީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަޞީބެވެ. އެހެނީ މައިންބަފައިންނަށް ހެޔޮކޮށް ހިތައި ޚިދުމަތް ކުރުމަކީ ސުވަރުގެ ލިބުމަށް ފަހިކޮށްދެއްވަވާފައި އޮތް އެއް މަގެވެ. ވީމާ އެ މަތިވެރި ނިޢްމަތް ނަގާނުލައި އެކަމުގެ ފައިދާ ލިބިގަތުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

މި ޙަދީޘްފުޅަކީ އެންމެންވެސް ދަންނަ ޙަދީޘްފުޅެކެވެ. ނަމަވެސް އެނގި ތިބެމެ އަމަލުކުރުމުގައި އިހްމާލުވަނީ އެވެ. އެއީ މައިން ބަފައިން ނުވަތަ އެއިގެ ތެރެއިން އެކެއްގެ ނަމަވެސް މުސްކުޅި އުމުރު އެމީހަކަށް ލިބި ޚިދުމަތްކޮށްގެން ސުވަރުގެ ނުހޯދުނު މީހާއަށް ލަޢްނަތް ލެއްވެވުމަށް ޖިބްރީލްގެ ފާނު ދުޢާ ކުރެއްވުމުން ރަސޫލް (ޞޢވ) އާމީން ވިދާޅުވި ކަމުގެ ޙަދީޘްފުޅެވެ.

މީސްތަކުންނޭވެ! ކުޑައިރު އެމީހެއްގެ މައިން ބަފައިން މަރުވެއްޖެ ނަމަ އެމީހުންނަށް ޚިދުމަތްކުރުމުގެ ފުރުޞަތު ނުލިބި ގެއްލުނީއެވެ. ނަމަވެސް އެމީހުން ދުނިޔޭގައި ތިބެ އެ ފުރުޞަތު ލިބިއްޖެ ނަމަ އެއީ ކޮނަ ފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟ އެމީހުންނަށް ޚިދުމަތްކޮށްގެން ސުވަރުގެ ހޯދުމުގެ ފުރުޞަތު އެމީހަކަށް ލިބުމުންނެވެ. ވީމާ މައިންބަފައިންނަށް ޚިދުމަތް ކުރުމަކީ ބުރައެއް ކަމަށް ނުދެކި އެއީ ތިމާއަށް ދެއްވެވި ވަރަށް މަތިވެރި ނިޢްމަތެއް ކަމުގައި ދެކެ، އެކަމުގެ ފައިދާ ލިބިގަންނާށެވެ!

ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް އެންގުވުމަށްފަހު ވިދިގެން މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށާއި ކިޔަމަންތެރިކަން އަދާކުރަން އަންގަވާފައިވާ ސަބަބާއިމެދު ވިސްނައިލާށެވެ. ފުރަތަމަ ކަމެއްގެ ގޮތުން ﷲ ތަޢާލާ އަށް ކިޔަމަންތެރިވާން ޖެހެނީ ތިބާ އުފެއްދެވީ ﷲ ތަޢާލާ ކަމުގައިވީތީއެވެ. ވިދިގެން މައިން ބަފައިންނަށް ހެޔޮކޮށް ހިތައި ކިޔަމަންތެރިވާން ވަޙީ ކުރެއްވެވީ ތިބާ ދުނިޔެއަށް އައުމަށް ﷲ ތަޢާލާ މެދުވެރި ކުރެއްވެވީ މައިންބަފައިން ކަމުގައިވާތީއެވެ.

އެހެންކަމުން މައިން ބަފައިންނަށް ވެސް ވަނީ ޒިންމާތަކެއް ޙަވާލުކުރައްވަވައިފައެވެ. އަދި ދަރިންނަށް ވެސް ވަނީ ޒިންމާތަކެއް ޙަވާލުކުރައްވަވައިފައެވެ. އެމީހަކާއި ޙަވާލު ކުރެއްވެވި ޒިންމާ އަދާކުރުމަކީ އެމީހެއްގެ ކަމެކެވެ. މަސްއޫލިއްޔަތު އަދާ ނުކުރި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެކަން ނުކުރި މީހެކެވެ.

ކީރިތި ޤުރްއާނުގެ އެއްވެސް އާޔަތެއްގައި މައިން ބަފައިން ކުރާ ހައި އަމުރަކަށް ކިޔަމަންވާކަށް ނެތެވެ. އެހެނީ އެމީހުންނަކީ ވެސް އިންސާނުން ކަމުގައި ވުމުން ޙައްޤު ނޫން އަމުރެއް ކޮށްފާނެތީއެވެ. ﷲ ތަޢާލާގެ އަމުރުފުޅަކާއި ޚިލާފަށް އަމުރެއް ކޮށްފާނެ ކަމަށްޓަކައެވެ. ނަމަވެސް ކޮންމެ އާޔަތެއްގައިވެސް އަމުރުފުޅު ކުރައްވަވާފައިވަނީ މައިންބަފައިންނަށް އިޙްތިރާމް ކުރުމަށެވެ. އެމީހުންނަށް އަދާކުރަން ޖެހޭ ޙައްޤުތައް އަދާކުރުމަށެވެ.

މައިން ބަފައިންނަކީ ނުވަތަ އެއިގެ ތެރެއިން އެކަކީ އެހައި ރަނގަޅު މީހަކަށް ނުވެދާނެއެވެ. ހެޔޮލަފާ މީހަކަށްވެސް ނުވެދާނެއެވެ. އެހެން ވެއްޖެ ނަމަ އެމީހުންނަށް ވިސްނައިދޭށެވެ. ޤަބޫލުކުރި ނަމަވެސް ނުކުރި ނަމަވެސް އެއިން އެކަކަށްވެސް އަނިޔާވެރި ނުވާށެވެ! ދަރިންނާއި ﷲ ތަޢާލާ ޙަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާށެވެ! އިން ޝާ ﷲ! އެކަމުގެ ސަބަބުން ތިބާއަށް ސުވަރުގެ ދެއްވަވާނެތެވެ!

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް