އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު
ޒަކާތު ޕޯޓަލް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ މި ޕޯޓަލް އަކީ ޒަކާތުގެ ކަންކަން ހަރުދަނާކޮށް އާންމުންނަށް ވީހާވެސް ފަސޭހަގޮތެއްގައި ޒަކާތާގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ޕޯޓަލްއެއް ކަމަށަމަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޕޯޓަލް ތައްޔާރު ކުރުމުގެ ބީލަމުގައި ބައިވެރި ވެވޭނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އިއުލާން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޒަކާތު ޕޯޓަލް ތައްޔާރުކޮށްދޭނެ ފަރާތެއްހޯދުން
ޒަކާތުގެ ކަންކަން ހަރުދަނާކޮށް ޢާންމުންނަށް ވީހާވެސް ފަސޭހަގޮތެއްގައި ޒަކާތާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ޕޯޓަލް އެއް ތައްޔާރުކުރަން ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރައްވާ، މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ، 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 09:00 ގައި މި މިނިސްޓްރީގައެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު/ކޮންމަސައްކަތެއްކަން އެނގޭގޮތަށް
- ހުށަހަޅާ ފަރާތުގެ ނަން (އަމިއްލަ ފަރުދަކު ނަމަ ނަން، އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު)
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 އޮކްޓޫބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286،3020261، 3020212 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
06 އޮކްޓޫބަރު 2021
Advertisement
6 އޮކްޓޯބަރ 2021