އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ އިސްލާމީ ވަޙްދަތަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ލާދީނިއްޔަތާއި، ދީނުގެ ނަމުގައި ހައްދުފަހަނައެޅުން!: ޝައިޚް ޢަލީ ޒައިދު

ރާއްޖޭގެ އިސްލާމީ ވަޙްދަތަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ލާދީނިއްޔަތާއި، ދީނުގެ ނަމުގައި ހައްދުފަހަނައެޅުން!: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ރާއްޖޭގެ އިސްލާމީ ވަޙްދަތަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ލާދީނިއްޔަތާއި، ދީނުގެ ނަމުގައި ހައްދުފަހަނައެޅުން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

"ރާއްޖޭގެ އިސްލާމީ ވަޙްދަތަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ލާދީނިއްޔަތާއި، ދީނުގެ ނަމުގައި ހައްދުފަހަނައެޅުން. ކާބަފައިން އަމާނާތްތެރިކަމާއެކު އަޅުގަނޑުމެންނާއި ހަމައަށް ވަނީ މިދީން ފޯރުކޮށްދެއްވަވާފައި. ދެންއޮތީ އަޅުގަނޑުމެންގެ ޒިންމާ! ޔާ ﷲ! ސާބިތުކަން ދެއްވާށި! އާމީން." – ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދު މިފަދައިން ވިދާޅުވިނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ކަންބޮޑުވެވަޑައިގަތުން ވަރަށް ތަފާތެވެ!

"މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އިސްލާމީ ދިވެހި މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތެވެ." ރައީސް ޞާލިޙް 

ޝައިޚް ޢަލީ ޒައިދު ކުރެއްވި މިޓްވީޓާއި ގުޅިގެން އާމީން ވިދާޅުވުމަށްފަހު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "މޮޅު ވާހަކަ ދެއްކުމަކީ ވަރަށް ގިނަމީހުން ކޮށްއުޅޭ ވަރަށް ފަސޭހަ ކަމެއް." ކަމަށާއި ނަމަވެސް މުހިއްމު ކަމަކީ ބަހާއި ޢަމަލު ސީދާ ކުރުން ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވެވި ދުޢާ: 

"އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަމުގެ މަތިވެރި ޢަޤީދާ އަޅުގަނޑުމެންގެ ހިތްތަކުގައި ސާބިތުކުރައްވައި، މިރާއްޖެއަކީ، ސައްތަ އިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ތާއަބަދަށް ލެހެއްޓެވުމެވެ." 

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން ދުޢާކުރަމުން އެކަމަށް މަސައްކަތްވެސް ކުރަންޖެހޭކަން ފާހަގަކުރެވެއެވެ. ޤައުމުގެ ޙާލަތު ބަދަލުކުރެވޭނީ އެބައަކު އެކަމަށް މަސައްކަތްކުރުމުން ކަމަށް އޮންނާތީއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް