އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤުރުއާނުގައި ސަރީޚަ ނައްސުން ބަޔާންކޮށްފައިވާ ޙުކުމަކާ ދެކޮޅަށް ވަކާލާތު ކުރުމަކީ މުސްލިމަކު ކޮށްގެން ވާނެ ކަމެއްނޫނ: ޝެއިހު އަލީޒައިދު

ކީރިތި ޤުރުއާނުގައި ސަރީޚަ ނައްސުން ބަޔާންކޮށްފައިވާ ޙުކުމަކާ ދެކޮޅަށް ވަކާލާތު ކުރުމަކީ މުސްލިމަކު ކޮށްގެން ވާނެ ކަމެއްނޫނ: ޝެއިހު އަލީޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ކީރިތި ޤުރުއާނުގައި ސަރީޚަ ނައްސުން ބަޔާާންކޮށްފައިވާ ޙުކުމެއްގެ ބާރު ކަނޑުވައިލުމަށް، އެ ޙުކުމަކާ ދެކޮޅަށް ވަކާލާތު ކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޝެއިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚު މިގޮތަށް ވިދާޅުވީ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވުމުންނެވެ. ރައީސް މައުމޫން މިއަދު އެކްސްގައި ވިދާޅުވީ، ޢާންމުންގެ ތާއީދު ހޯދުމަށް މަރުގެ ޙުކުމްގެ ވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި، ދީނީ އިލްމާއި އަދި ފަލަކީ އިލްމުގައިވެސް ކުރިއަރައި ހުންނެވި އަލްއުސްތާޒު ރައީީސް މައުމޫން އަބްދުލްގައްޔޫމު ވަނީ މީގެ ކުރިންވެސް މަރުގެ އަދަބު ދިނުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. 

މި ވާހަކައިގެ ރައްދުގައި ޝެއިޚު ޒައިދު ވިދާޅުވީ، ޤުރުއާނުގައިވާ ޙުކުމެއްގެ ބާރު ކަނޑުވައިލަން ވާހަކަ ދެއްކުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. މަރުގެ ަދަބު ދިނުން ހުއްޓައިލައިފައި އޮތުމުން، އެއްވެސް ކަމެއް ޙައްލު ވިތޯ ވެސް އޭނާ އެއްސެވިއެވެ.

އޭނާ ވިދާޅުވީ، ފުރިހަމަ ވާނީ ﷲގެ ޙުކުމް ކަމަށާއި، މުސްލިމުންގެ އަޤީދާ އަކި ވެސް އެއީ ކަމުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު