އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތަށް ޚިދުމަތްކުރުމުގެ ޝަރަފް ދިނުމުގަ ބެލީ ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި އަދި ޒިންމާދާރުކަމާއެކު ކުރި މަސައްކަތަށް: ރައީސް ޞާލިޙް

ދައުލަތަށް ޚިދުމަތްކުރުމުގެ ޝަރަފް ދިނުމުގަ ބެލީ ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި އަދި ޒިންމާދާރުކަމާއެކު ކުރި މަސައްކަތަށް: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު

ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރުމަކީ، ވަޒަންކުރެވޭ ވަރަށްވުރެ މާ އަގުބޮޑު ކަމެއް ކަމަށާއި މި ޝަރަފް އެރުވުމުގައި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވީ ކޮން މަގާމެއްގައިތޯ ނުބައްލަވާ ކަމަށާއި ބެއްލެވީ ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި އަދި ޒިންމާދާރުކަމާއެކު ކުރެއްވި މަސައްކަތަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ މި ޖަލްސާގައި، އެންމެ މުހިންމު އެއްކަމަކަށް ހަމަޖެހިފައި މިވަނީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުން. ދެންމެ އެފަދަ 30 ބޭފުޅަކަށް އަޅުގަނޑު އެ ޝަރަފު އަރުވައިފިން. 

އަދި މި ޖަލްސާގައި، އިތުރު 87 ބޭފުޅަކަށް އެ ޝަރަފު އެރުވޭނެ. އެހެންކަމުން، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރަން. އެހެން ނަމަވެސް، މިއީ މިފަދަ 30 އަކުން، ނުވަތަ 80 އަކުން ނިމެން އޮތް ލިސްޓެއް ނޫން. އެއަށްވުރެ ގިނަ ޚިދުމަތްތެރިންގެ ޚިދުމަތުން މާޒީގައި މި ރާއްޖެވަނީ ޒީނަތްކޮށްފައި.

ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރުމަކީ، ވަޒަންކުރެވޭ ވަރަށްވުރެ މާ އަގުބޮޑު ކަމެއް. މި ޝަރަފް އެރުވުމުގައި، އެ ބޭފުޅަކު ވަޒީފާ އަދާކުރީ، ކޮން މަގާމެއްގައިތޯ ނުބަލަން. ބެލީ ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި އަދި ޒިންމާދާރުކަމާއެކު ކުރި މަސައްކަތަށް.

ދެންމެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ފަސް ބޭފުޅަކު ހިމެނިވަޑައިގަންނަވާ. އެ ބޭފުޅުންނަކީ، އަލްފާޟިލާ ފާއިޒާ ޢަބްދުލްޤާދިރު، އަލްފާޟިލް އިބްރާހީމް ޒަކީ، ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކު، ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު، އަދި އަލްފާޟިލް އިބްރާހީމް ޙަލީމް.

މި ފަސް ބޭފުޅުންގެ އިތުރުން، ކުރީގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ރައީސްކަމުގެ ދައުރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާފައިވާ 9 ބޭފުޅުން އެބަ ތިއްބެވި. މި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު ދަންނަވަން.

މީގެތެރެއިން، އަލްފާޟިލް އިބްރާހީމް ޒަކީއާއި، އަލްފާޟިލް އިބްރާހީމް ޙަލީމަކީ، ތަފާތު ދެ ބޭފުޅުން. ދެވަނަ ޖުމްހޫރިއްޔާގެ ހުރިހާ ރައީސުންގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރެއްވި ދެ ބޭފުޅުން. މިއަދާ ހަމައަށްވެސް ހަމަ އެ ޚިދުމަތުގައި، ވެރިންގެ އަރިހުގައި އެގޮތުގައި ދެމިތިއްބެވި އިޚްލާސްތެރިކަމުގެ ނަމޫނާ މިސާލެއް. ވެރިންގެ އަރިހުން ޢާންމު ލޯތަކަށް ނުފެންނާނެ އެތައް އިޙްސާސަކާއި، ހިތާމައާއި، އުފާ އަދި ހައްސާސީ އެތައް ކަމެއް ވަރަށް ގާތުން ދެކެވަޑައިގެންނެވި ދެ ބޭފުޅުން.

ޒަމާން ދެއްކި ކޮންމެ ކުލައަކާއި، އައި ކޮންމެ އުސްގަނޑެއްގައި، އެ ބޭފުޅުން ތިއްބެވީ ޖުމްހޫރީ ޚިދުމަތުގައި. މި ޖުމްހޫރިއްޔާ މި ހިސާބަށް ވާޞިލުވުމުގެ އާރުކާޓީންނަކީ، މި ޚިދުމަތްތެރި ޢިއްޒަތްތެރި ބޭފުޅުން. މިފަދަ ޚިދުމަތްތެރި އެތަކެއް ހާސް ބޭފުޅުންގެ ޚިދުމަތް ވަނީ މި ދިވެހި ޖުމްހޫރިއްޔަތާ ގުޅިފައި. ޖުމްހޫރީ ނަވުގެ ރިޔަލުގައި ފައްސިޔަ ވަޔަކީ، އެ ބޭފުޅުންގެ ޚިދުމަތް. ދިވެހި ދައުލަތާއި، ދިވެހި ސަރުކާރާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އަދިވެސް އެއްފަހަރު، ފަށްފަށުން ޝުކުރާއި ތައުރީފު، އެ ބޭފުޅުންނަށް ރައްދުކުރަން.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމަށް، ޤައުމީ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރަން. އެ ކޮމިޓީގެ ޗެއަރޕަރސަނަށާއި، ކޮމިޓީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް