އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، ސިޔާދަތު ދޫނުކުރެވޭނެކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ!

މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، ސިޔާދަތު ދޫނުކުރެވޭނެކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ގަދައަޅައި ހިފަހައްޓަންޖެހެނީ، ހަމައެކަނި ޤައުމިއްޔަތުގެ ބަހާތައްކަމަށާއި އެއީ، މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، ސިޔާދަތާއި، ތާރީޚާއި އާދަކާދައާއި، ބަހާއި ސަގާފަތްކަމަށް އަދި  އެއީ ހުރަސްނުކުރެވޭނެ ރޮނގު ކަމަށާއި އެއީ ދޫނުދެވޭނެ ތަން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:

ހިތްނޭދޭ އެތައް ނަމަކާއި ކަމެއްގެ ތެރެއިންވެސް، އަލުން އަނބުރާ މަންޒިލް ހޯދާ ބަޔަކީ، ދިވެހި ލޮބުވެތި ރައްޔިތުން. ފާއިތުވި ތިން އަހަރު، ޖުމްހޫރިއްޔަތުގެ މަގުގައި ސަރުކާރުން ކުރަންޖެހުނު ވަކި ޚާއްޞަ ކަންތައްތަކެއް ހުރި. އެއީ ޑިމޮކްރަސީ އިޢާދަކޮށް ހިފެހެއްޓުމުގެ މަސައްކަތް. ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާއި ޢަދާވާތްތެރިކަން ނޫންކަން، ދައްކަންޖެހޭ. އެއީ ވަކިވެގަތުމާއި، ބައިބައިވެ، މުޖުތަމަޢު ރޫޅިދިޔުން ނޫންކަން، ލޯތަކަށް ފެންނަންޖެހޭ. ޑިމޮކްރަސީއަކީ މައިނޯރިޓީއާ، އެކަހެރިން ދުރުގައި އޮތް ގާމަތީރަށްވެސް، ޝާމިލުވާ ނިޒާމެއްކަން ދުނިޔެ ދަންނަތާ، އެތައް އަހަރެއް. އަޅުގަނޑުމެންނަށް އަލަކަސް، ދުނިޔެއަށް އެ ފިލާވަޅު ދަސްވެ ބާވެއްޖެ.

ހުރިހާ އެންމެންނަކީ، އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ، އެއް ފިކުރެއްގެ ބައެއް ނޫން. ނުރުހޭ އެތައް ކަމަކާއި، އަހަން ބޭނުންނުވާ އެތައް އަޑަކާއި، ދެކެން ބޭނުންނުވާ އެތައް މަންޒަރެއް، އަބަދުވެސް މުޖުތަމަޢުގައި ހިނގާނެ. ޑިމޮކްރަސީއެއް އެކުވެ ޝާމިލުވަނީ، އެ ހުރިހާ ބައިތައް ހިމެނިގެން. ގަދައަޅައި ހިފަހައްޓަންޖެހެނީ، ހަމައެކަނި ޤައުމިއްޔަތުގެ ބަހާތައް. އެއީ، މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، ސިޔާދަތާއި، ތާރީޚާއި އާދަކާދައާއި، ބަހާއި ސަގާފަތް. އެއީ ހުރަސްނުކުރެވޭނެ ރޮނގު. އެއީ ދޫނުދެވޭނެ ތަން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް