އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ސޯޅަ އަހަރުގެ އަންހެން ދަރިފުޅު ބަލިވެއިން ކަމުގެ ލިޔުން ފެނުމުން މަންމަ ހޭނެތުނު- ނަމަވެސް ލިބުނީ ބޮޑު ފައިދާއެއް!

ޙަޤީޤީ ޙާދިސާ: ސޯޅަ އަހަރުގެ އަންހެން ދަރިފުޅު ބަލިވެއިން ކަމުގެ ލިޔުން ފެނުމުން މަންމަ ހޭނެތުނު- ނަމަވެސް ލިބުނީ ބޮޑު ފައިދާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

އަޅުގަނޑުމެންގެ މަންމައަކީ ވަރަށް ހުޝިޔާރު، ވަރަށް ހީވާގި، ވަރަށް ހެޔޮ، އަދި ދަރިންގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މަންމައެވެ. ބައްޕައެއްގެ އެހީތެރިކަމާއި ނުލާ 3 އަންހެން ދަރިން ބަލައި ބޮޑުކުރި މަންމައެވެ. ފަރުޟު 5 ނަމާދު ޤަވާއިދުން އަޅުގަނޑުމެންލައްވާ ކުރުވާ މަންމައެކެވެ. މަންމަގެ އެފަދަ ހުރިހާ ކަންކަމަށް ހަމަ އޭ+ މަތިމައްޗަށްވެސް ޙައްޤުވާނެއެވެ. 

ނަމަވެސް މަންމަގެ ވަރަށް ބޮޑު ބަލިފައެއް އޮވެއެވެ. އެއީ ރޭގަނޑު ބޭރުގައި އުޅުމެވެ. އަޅުގަނޑުމެން އެއްވެސް ކުއްޖަކު ތަނަކަށް ދާންޖެހިއްޖެނަމަ ދެވޭނީ މަންމަ އާއިއެކުގައެވެ. ނަމަވެސް މަންމަ ގެއަށް އަންނާނީ ކޮންމެ ރެއަކުވެސް 11، 12 ޖަހާއިރުއެވެ. އުޅުނުތަންވެސް ބުނާނެއެވެ. 

އަބަދުވެސް މިކަން އޮންނަނީ މިހެންނެވެ. ކޮންމެއަކަސް އެއްރޭ ހުވަފެނުގައި އަޅުގަނޑަށް ފެނުނީ ބޮޑު ހުސްބިމެކެވެ. މަންމަގެ ހެދުމުގެ ފަސްބައިގައި ރޯވެ އަނދަނީއެވެ. މަންމައަށް އެ އަލިފާން ނިއްވައެއް ނުލެވެއެވެ. އަޅުގަނޑަށް ހުރެވެނީ މާދުރުގައެވެ. މަންމައާ ގާތެއް ނުވެވެއެވެ. 

އެވަގުތު އެތަނުން ހެޔޮލަފާ ޒާތަށް ހުރި މުސްކުޅި ފިރިހެނަކު ފެނުނެވެ. މަންމަގެ ހެދުމުގައި ރޯވެފައިހުރި އަލިފާން ނިއްވާލަދޭތޯ އާދޭސްކުރީމެވެ. އެމީހާ ބުނީ "ތިއަ އަލިފާނުން މަންމަ ސަލާމަތްކުރަން ބޭނުންނަމަ ގޭގައި ހިފަހައްޓުވާށެވެ! ހިލިހިލާ ޖަހައިގެން ނަމަވެސް އެކަން ކުރާށެވެ!" އެހިސާބުން އަޅުގަނޑަށް ހޭލެވިއްޖެއެވެ. 

އެންމެ ދޮށީ އަޅުގަނޑެވެ. ވީމާ މަންމަ ގޭގައި ހިފަހައްޓަން ކުރާނެ ކަމަކާއިމެދު ވަރަށް ބޮޑަށް ވިސްނާފައި ގޮތެއް ރާވައިލީމެވެ. ނެޓުން ސާޗްކޮށްގެން ބަލިވެ އިންނަ ކަމުގެ ލިޔުމެއް ހޯދީމެވެ. އެލިޔުން އައިޖީއެމްއެޗްގެ ލިޔުމަކަށްވެސް ބަދަލުކުރީމެވެ. ލިޔުން އެއީ އަޅުގަނޑަށް ދީފައި އޮތް ލިޔުމަކަށް ވެސް ބަދަލުކުރީމެވެ. 

އެރޭ މަންމަ ގެއިން ބޭރުގައި އުޅެނިކޮށް އެލިޔުން ވައިބަރކޮށްލީމެވެ. 5 މިނިޓްވެސް ނުވަނީސް ގެއަށް އަތުވެއްޖެއެވެ. ގެއަށްވަނީވެސް ރޮމުން ރޮމުންނެވެ. ގެއަށް ވަންތަނުން އިރުކޮޅަށް ހޭވެސް ނެތުނެވެ. ހޭއަރައި ކުޑަކޮށް ހަމަޖެހިލީމާ ރޭ ފެނުނު ހުވަފެން ކިޔައިދިނީމެވެ. އަދި އެލިޔުމަކީ ފޭކް ލިޔުމެއް ކަމަށްވެސް ބުނީމެވެ. ނަމަވެސް މަންމަ ގޭގައި މަޑުނުކުރާނަމަ ބޭރަށް ނުކުމެ މަގުމަތިން ނަމަވެސް ދަރިއަކު ހޯދާނެ ކަމަށްވެސް ބުނީމެވެ. 

އެއިގެ 3 ރޭ ފަހުން މަންމަ ކިޔައިދިނެވެ. "ދަރިފުޅަށް ތިއަ ފެނުނު ހުވަފެނުގައި ވަރަށް ބޮޑު ޙަޤީޤަތެއްވެއެވެ. ސަލްމާއްތަ މެންގެ ގެއަށް އަންނަންފެށި ފިރިހެނަކު މަންމަ ފަހަތުން އަޅައިގަނެގެން އުޅޭތީ މަންމަ މިހުންނަނީ ވަރަށް ބިރުންނެވެ. އެއީ ތަނަވަސް މީހެއްވީމާ ސަލްމާތައަކަށް އެއްޗެއް ބުނާކަށްވެސް ނުކުރެއެވެ." 

އަޅުގަނޑު ބުނީމެވެ. "ދެން މަންމަ އެކަނި ނުދާށެވެ! މަންމަ ފޫހިފިލުވަން ބޭނުމިއްޔާ މަންމަ ގޮވައިގެން ކޮންމެ ރެއަކު މާލެވަށާ 3 ބުރުވެސް އަހަރެމެން 3 ބެއިން ޖަހައިފާނެއެވެ. އެކަން އަހަރެމެންނަކަށް ބުރައަކަށް ނުވާނެއެވެ." 

އެހިސާބުން މަންމަ އެކަނި ރޭގަނޑު ގެއިން ބޭރަށް ދިއުން ހުއްޓިއްޖެއެވެ. އަޅުގަނޑޫމެން 3 ބެއިން އެކަނި ގޭގައި ތިބެންޖެހުން ވެސް ނިމުމަކަށް އައީއެވެ. މާޝާ ﷲ 

- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް