އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭ ދެވަނަ ފިޔަވަހިން އެޗްޑީސީއަށް ބިމެއް ނުވިއްކޭނެ: މާލެ ސިޓީ ކައުންސިލް

ހުޅުމާލޭ ދެވަނަ ފިޔަވަހިން އެޗްޑީސީއަށް ބިމެއް ނުވިއްކޭނެ: މާލެ ސިޓީ ކައުންސިލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ހުޅުމާލޭ ދެވަނަ ފިޔަވަހިން އެޗްޑީސީއަށް ބިމެއް ނުވިއްކޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައިން 60 ގޯތި ވިއްކުމަށް އެޗްޑީސީއިން އިއްޔެ ހުޅުވާލުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ހުޅުމާލޭ ބިމުގެ ވެރިފަރާތާ މެދު ވަކި ގޮތެއް ނުނިމި ކޯޓު މަރުހަލާގައި އޮއްވައި އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ވެސް އެޗްޑީސީއަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި ދެކެން،" ކަމަށެވެ.

އަދި މީގެއިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ބަދަލުގައި، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކުން އާމްދަނީ އިތުރު ކުރުމަށްޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެޗްޑީސީން މިކަމާގުޅިގެން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭންގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ތެރެއިން 60 ގޯތި ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު