އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތަނަވަސްމީހެއްގެ އަނބިމީހާ ވިހާފަ މަރުވުމުން އެއްލާލަން ބޭނުންވި ދަރި ގަނެގެން ރާއްޖެ ގެނެސް ޙައްޤު ހޯދަދިން ކޮއްކޮގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ތަނަވަސްމީހެއްގެ އަނބިމީހާ ވިހާފަ މަރުވުމުން އެއްލާލަން ބޭނުންވި ދަރި ގަނެގެން ރާއްޖެ ގެނެސް ޙައްޤު ހޯދަދިން ކޮއްކޮގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

ޒިދޫގެ އުމުރަކީ އެންމެ 22 އަހަރެވެ. ޒިދޫގެ މައިންބަފައިންގެ ވެސް ގެދޮރު ހުރެއެވެ. ނަމަވެސް ޒިދޫ ދިރިއުޅެނީ އެއްކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އެކަންޏެވެ. އެކުގައި ގެންގުޅެނީ ކުޑަ ފިރިހެން ކުއްޖެކެވެ. މީހުން ގާތު ބުނަނީ އެއީ އޭނާގެންގުޅެ ބޮޑުކުރާ ޔަތީމްކުއްޖެއް ކަމަށެވެ. 

ޒިދޫ ބައްދަލުކުރަން ބޭނުންވަނީ އޭނާގެ ދައްތަ މަރުވިއިރު ކައިވެނިކޮށްގެންހުރި ފިރިމީހާ އާއިއެވެ. ޒިދޫ އޭނާގެ މަސައްކަތް ކާމިޔާބުކުރިއެވެ. ފިރިމީހާ ހޯދައި އަތުއަޅުވާލައިގެން ކައިވެނިވެސް ކުރިއެވެ. ޒިދޫގެ ވިސްނުން ތޫނުކަމުން ޒިދޫއަކީ އޭނާގެ ކުރީގެ އަނބިމީހާގެ ހުރި އެއްބަނޑު އެއްބަފާ ކޮއްކޮކަން އޭނާއަށް އެނގުނަވެސް ނުދެއެވެ. ކައިވެންޏަށް ވަލީ ހޯދުމުގެ ކަންކަން ވެސް ކުރިއަށްގެންދިއައީ އޭނާއަށް ޒިދޫގެ ބައްޕަ އާއި ބައްދަލުނުވާނެގޮތަށެވެ. 

ކޮންމެއަކަސް ޒިދޫގެ މޮޅު ވިސްނުމާއި ޒިދޫގެ ވަރަށް ގާތް އެކުވެރިއެއްގެ އެހީތެރިކަމާއިއެކު ކައިވެނިކުރެވި ފިރިމީހާގެ ގެއަށް ބަދަލުވެއްޖެއެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ބޮޑު ގެއެއްވެސް ހުރި މީހެކެވެ. ފިރިމީހާ ޒިދޫދެކެ އިންތިހާއަށް ލޯބިވެއެވެ. ޒިދޫގެ ޖާދޫގައި ފިރިމީހާ ޖައްސުވައި ރަނގަޅަސް ތާށިކޮށްލުމަށްފަހު ޒިދޫ ފިރިމީހާގެ ކިބައިން އެދުނީ އެންމެ ކަމަކުއެވެ. އެއީ ދިރިއުޅޭގެ އޭނާއަށް ރަޖިސްޓްރީކޮށްދިނުމަށެވެ. "އަހަރެން މިއުޅެނީ މުދަލާ ފައިސާ ބޭނުންވެގެނެއް ނޫން. އެންމެ ރުފިޔާއެއްވެސް ބޭނުމެއް ނޫން. އެކަމަކު އެންމެ ކުޑައިރުންސުރެ އަމިއްލަ ގެއެއްގަ ދިރިއުޅެން ބޭނުންވާތީ މިގެއަށް މިއެދުނީ. މައިންބަފައިންގެ ގެ ހުއްޓާ ވަކިން އެޕާޓްމެންޓެއްގައި މިއުޅުނީވެސް އެހެންވެގެން." 

ޒިދޫގެ ވާހަކަތައް އަޑުއަހާފައި ފިރިމީހާ އެގެ ޒިދޫއަށް ރަޖިސްޓްރީކޮށްދިނެވެ. ކޯޓުން މައްސަލަ ނިމި މުނިސިޕަލިޓީން ގެއާއި ގޯތީގެ ރަޖިސްޓްރީ ލިބުނު ދުވަހުގެ ރޭ ޒިދޫ އޭނާގެ ފިރިމީހާ އާއި ސުވާލުތަކެއް ކުރަން ފެށިއެވެ. 

"ތިބާ ފުރަތަމަ ކައިވެނިކުރި އަނބިމިހާ ކޮބައި"ތޯއެވެ. ޖަވާބުގައި ވިހެއުމުގެ ތެރޭގައި ނިޔާވީ ކަމަށް ބުނުމުން ދެން ސުވާލުކުރީ ލިބުނު ދަރިފުޅު ކޮބައިތޯއެވެ. ޖަވާބުގައި ބުނީ ދަރިފުޅުވެސް ނިޔާވީ ކަމަށެވެ. 

"އާނ! ރަނގަޅަށް އަޑު އަހާތި! ކަލެއަކީ ދަރިން ބޭނުންވާ މީހެއް ނޫން. ފުރަތަމަ އަނބިމީހާ ބަލިވެއިނުމުން އޭނާ އަށް އަޅައިވެސް ނުލާ އެހީތެރިވެސް ނުވުމުން އެހާލު އޭނާއަށް ޖެހުނީ. އަނބިމީހާގެ ޢާއިލާއަށް ފޮރުވައިގެން އަނބިމީހާ ގެންގުޅުނީވެސް. ދެން ތިއަހެދީ އެންމެ ބޮޑު އެއް ދޮގު! ދަރިފުޅު މަރެއް ނުވޭ! ދަރިފުޅު ނައްތާލަން ނުވަތަ ވިއްކާލަން ކަލޭ ބުނީ! ބަލަ ކަލޭ ހީކުރީ އަހަރެމެން އަންހެނުން ނިކަމެތިވީމަ ބޭނުން ގޮތެއް ހަދައިލެވޭނެ ކަމަށްތަ؟ ފުލުހުން ގެންނަންވީތަ ޑީއެންއޭ ޗެކްކޮށްލަން! ނިދާފަ އެއޮތީ ތިއަބުނާ މަރުވި ދަރި! ބަލަ މަށޭ އެދަރި ގަތީ! ކަލޭމެން ބައެއް ފިރިހެނުންނަށް ހީވަނީ ތިމާމެންގެ އެކަނި ކަމަށް ބޮލެއް ހުންނާނީ! ބަލަ މިގެ މިހޯދީ މަ ގެއެއް ބޭނުންވެގެނެއް ނޫނޭ! ކަލޭގެ އެދަރިއަށޭ! 

ބަލަ ކަލޭގެ ރަޙުމްކުޑަކަމާ އަނިޔާވެރިކަމުން ދުނިޔެއިން ވަކިވެ ދިއައީ އަހަރެންގެ ދައްތައޭ. އަހަރެންނާ އިތުރު 2 އެކުވެރިން ދިއައީ ކަލެއަށް ފާރަލަމުންނޭ! އިންޑިއާގަ ވެސް ފަޅާ އަރުވާލެވެން. އެކަން ނުކުރީ ހަމަ މިގެ ކޮއްކޮއަށް ހޯދައިދޭން ބޭނުންވާތީ! 

މިހިސާބުން ކަލެއަށް އޮތީ 2 ޗޮއިސް. ފުރަތަމަ ޗޮއިސް އަކީ އަހަރެން ވަރިކޮށްފަ މިގެއިން ނުކުމެގެން ދިއުން. ދެވަނަ ޗޮއިސްއަކީ ފުލުހުންނާ ޙަވާލުވުން. މިހިސާބުން ފެށިގެންވެސް ރީތި ގޮތުގައި ކަންކަން ނިންމުމުގެ ފުރުޞަތުވެސް މިދިނީ!" 

ޒިދޫގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ. ވަރިކޮށްފައި ނުކުމެގެންދިއައީއެވެ. އަދި އޭނާ ބޭޒާރުނުކުރުން ޝަރުޠުކޮށް ދަރިފުޅަށް އައީ އެހީތެރިވަމުންނެވެ. ޒިދޫ ނިންމައިގެން ހުރީ ދަރިފުޅު ކިޔަވައި ނިމުމުން ކޯޓަށް ގޮސް ދަރިފުޅުގެ އަޞްލާއި އެއްގޮތަށް އުފަންދުވަހުގެ ސެޓުފިކެޓް ހައްދުވާށެވެ. ނަމަވެސް އެކަން ނުކުރެވިގެން އުޅެނިކޮށް ކެންސަރުބަލީގައި އޭނާ މަރުވީއެވެ. 

ޒިދޫ ބުނީ އޭނާ މިއަދުނޫހުގެ ކިޔުންތެރިންނަށް ދޭން ބޭނުންވާ މެސެޖަކީ "މަކަރުވެރި ހިޔަޅުތަކާއި އަނިޔާވެރި މިނިކާވަގުތައް ޖަންގަލީގައި ވަރަށް ގިނަވެއްޖެއެވެ. ކިރިޔާވެސް ސަލާމަތްކަން އޮތީ އަހަރެމެން އަންހެނުން އެކަމަށް ހޭލުންތެރިވި ވަރަކުން ކަމަށެވެ. 

ވާހަކަފަށަމުން އާދައާ ޚިލާފްކަމަށް ބުނީ ބައެއް ޙާލަތްތަކުގައި ދުނިޔެއަށް ލަދަށް ނުވަތަ ފަޤީރުވެ ކުދިން ނުބެލިގެން ދަރިން ދޫކޮށްލިނަމަވެސް ތަނަވަސްކަން ހުރެމެ ޚާއްޞަކޮށް އަނބިމީހާ ނިޔާވުމުން ދަރިފުޅު ބޭނުންނުވެ އެއްލާލަން ބޭނުންވި ބައްޕައެއްގެ ވާހަކަ އަޑު އިވިފައި ނުވާތީއެވެ. 

 

--މުއުމިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް