އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ ނިކަމެތިކޮށްލަން "ދެން އިންނާނެ މީހަކު ނުވާނެ" ކަމަށްބުނެ ވަރިކޮށް އަނބިން އެއްލައިލާ ފިރިންނަށް ޖެހޭ ހާލު މާނިކަމެތި-

އަނބިމީހާ ނިކަމެތިކޮށްލަން "ދެން އިންނާނެ މީހަކު ނުވާނެ" ކަމަށްބުނެ ވަރިކޮށް އަނބިން އެއްލައިލާ ފިރިންނަށް ޖެހޭ ހާލު މާނިކަމެތި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 8 ސިކުންތު

އަހަރެން ދަރިއަކަށް ބަލިވެއިނީ ކައިވެންޏަށް 3 ވަނަ އަހަރުއެވެ. ބަލިވެއިންކަން އެނގުމުން އެވާހަކަ ފިރިމީހާގެ ގާތުގައި ނުބުނެ މަޑުކުރީ އޭނާގެ ޢަމަލުތައް އެއިރު ހުރި ގޮތުން އެހައި އަވަހަށް ބުނެފިނަމަ ދަރިފުޅު ވައްޓާލަންވެސް ބުނެފާނެ ކަމަށް ބިރުންނެވެ. އެއީ އެހެން އަންހެނަކާއި ލޯބީގެ ގުޅުން ބާއްވާކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވޭތީއެވެ. 

އެއްދުވަހެއްގެ މެންދުރުވަގުތެވެ. މީހަކު ބެލްޖެހުމުން ދޮރހުޅުވިއިރު ހުރީ އަންހެނެކެވެ. އޭނާ ބުނީ އޭނާއަކީ އަހަރެންގެ ފިރިމީހާގެ ލޯބިވެރިޔާކަމަށެވެ. އަދި ފިރިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި ވަރަށް އަވަހަށް ކައިވެނިވެސް ކުރާނެ ކަމަށެވެ. އޭނާގެ ވާހަކަ ނިމުމުން އެކަމުގައި ކުރިއަށްދާން ބުނީމެވެ. އަދި އަޅުގަނޑުގެ އެއްވެސް ހުރަހެއް ނުއޮންނާނެ ކަމަށްވެސް ބުނީމެވެ. 

އެކަމަކަށް އަޅުގަނޑު ނުވެސް ވިސްނަމެވެ. އެހެން ހުއްޓައި އެއްދުވަހަކު ފިރިމީހާ މެސެޖުކޮށްފައި ބުނީ އެކްސިޑެންޓެއްވެފައި އޭނާގެ ދެފައި ބިނދިފައިވާކަމަށެވެ. އަދި އޮޕަރޭޝަންކުރިނަމަވެސް ދެން ހިނގައިވެސް ނުއުޅެވޭނެ ކަމަށް ޑޮކްތަރުން ބުނާކަމަށެވެ. 

ފޯނުކޯލް ލިބުމާއިއެކު ހޮސްޕިޓަލަސް ދިއައިމެވެ. ވީފޭކް ކޯލަކަށެވެ. އޭނާއަށް އެއްވެސް ކަމެއް ނުވެއެވެ. އެކްސިޑެންޓެއްވެސް ނުވެއެވެ. ބުނީ އަޅުގަނޑު އިމްތިޙާންކޮށްލީކަމަށެވެ. އަދި އަޅުގަނޑު ވަރަށް އަވަހަށް ވަރިކުރާނެކަމަށެވެ. ޖަވާބުގައި މިހާރުވެސް ވަރިކުރަންވީ ކަމަށް ބުނުމުން ބުނީ ވަރިކޮށްފިނަމަ އަޅުގަނޑާއި ހައިވެނިކުރާނެ މީހަކުވެސް ނުވާނެ ކަމަށެވެ. 

އަޅުގަނޑު ބުނީމެވެ. "އެއީ ކަލެއާއި ބެހޭކަމެއް ނޫނެވެ. އަހަރެންގެ ދަރިފުޅު ލައްވައި ކަލޭ ކަހަލަ އަނިޔާވެރިއަކަށް ބައްޕަ ކިޔުއްވާކަށް ބޭނުމެއްވެސް ނޫނެވެ. ޑްރާމާ ކުޅެ ނިމިގެން ގެއަށް އައުމުން ގެ ޙަވާލުކޮށްފައި ނުކުމެގެންދާނެ ކަމަށްވެސް ބުނެފައި އަޅުގަނޑު ނުކުމެގެން އައީއެވެ. 

ގެއަށް އައީ 4 ދުވަސްފަހުންނެވެ. އައިސް ވަރަށް ދެރަވެފައި ބުނީ ވަރިކުރަން ބޭނުން ނުވާ ކަމަށެވެ. އެއީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ ހަމައެކޯލް ލޯބިވެރިޔާއަށްވެސް ކުރިކަމަށެވެ. ފޯނުކަނޑާލާފައި ކުރީ މެސެޖެއް ކަމަށެވެ. "ނުކުޅެދޭ މީހަކާ އިނދެގެން އުޅޭކަށް ބޭނުމެއް ނޫން. އަނބިމީހާ އާއިއެކު ރީތިކޮށް ދިރިއުޅުން ދެން ރަނގަޅުވާނީ." 

އަޅުގަނޑު ބުނީމެވެ. "ކަލޭކަހަ ބޭވަފާތެރި އަނިޔާވެރިއަކާއެކު އުޅޭކަށް އަހަރެން ވެސް ބޭނުމެއް ނޫނެވެ. ދެން ކަލެއަށް ރަނގަޅުވާނީ ލޯބިވެރިޔާ އާއިއެކުގައި ދިރިއުޅުމެވެ." ބުނެފައި ގެއިން ނުކުމެގެން އަޅުގަނޑު ދިއައީއެވެ.

ވިހައި ގަދަވުމުން ކޯޓަށް ދިއައީމެވެ. ވަރިވީމެވެ. އަދި ދެވަނަ ކައިވެނިވެސް ކުރީމެވެ. އެކައިވެނީގައި މިހާރު 12 އަހަރުވީއެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ދިރިމިއުޅެނީ ހަމަ އުފަލުގައެވެ. 

ފުރަތަމަ ފިރިމީހާ އިތުރު 3 ކައިވެނިކުރިވާހަކަ އަޑުއިވެއެވެ. ނަމަވެސް މިހާރުވެސް ހުރީ އެކަންޏެވެ. އަދި ދާއިމީ ބޮޑު ބައްޔެއްގައިވެސް އުޅޭ ވާހަކަ އަޑުއެހީމެވެ. އޭނާގެ ވާހަކަ މިބުނީ ކޮންމެހެން އޭނާއަށް އުފާވެރި ޒަވާޖީ ޙަޔާތެއް ނުލިބުމުން އަދި ބަލިވެއުޅޭތީ އެކަމާއި އުފާކުރާ ވާހަކަ ބުނާކަށް ނޫނެވެ. ނަމަވެސް ބުނެލަން ބޭނުންވަނީ ވަރިކޮށްފިނަމަ ކައިވެނިކުރާނެ މީހަކު ނުވާނެކަމަށް ބުނެ އަގުވައްޓާލާއިރު އަނެކާއަށް ލައްވަވާނީ ކޮން ރަޙްމަތެއްކަމެއް ނުއެނގޭނެއެވެ. 

ހަމަގައިމުވެސް އަޅުގަނޑުގެ 2 ވަނަ ފިރިމީހާގެ ތަނަވަސްކަން އޭނާއަށްވުރެ ބޮޑެވެ. ހަމަ އެއް އުމުރެކެވެ. ރީތި ހުތުރު އަޅުވައިކިޔާކަށް ނެތީމެވެ. ޔަޤީނުންވެސް އަޅުގަނޑަކަށް ހުތުރެއް ނޫނެވެ. އަދި އަޅުގަނޑަށް މާހެޔޮކަންބޮޑެވެ.

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން ބޭނުންވީ މިބާވަތުގެ ފިރިން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މަދެއް ނޫނެވެ. އަދި މިބާވަތުގެ ނުބައި ބަސްތައް ބުނާ ފިރިންނަށް ގިނަ ފަހަރު އޮންނަނީ މާނިކަމެތި ޙާލު ޖެހިފައެވެ. 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް