އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށްބުނެ 1000 ވަޢުދުވިޔަސް އެކަން ޤަބޫލުކުރެވެން އަހުރެންނަށް ނެތް ސަބަބު!

ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށްބުނެ 1000 ވަޢުދުވިޔަސް އެކަން ޤަބޫލުކުރެވެން އަހުރެންނަށް ނެތް ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

ލޯތްބާއި އަދި ލޯބިވުމާއިމެދު އިތުބާރު ކުޑަވެ މައްސަލަތައް ގިނަވަމުން މިދަނީ ގިނަ ބައަކަށް ކަްނަކން ކުރެވޭ ގޮތުންނެވެ. ލޯތްބަކީ ތިމާގެ އަމިއްލަ އެދުންތައް ޙާޞިލްވުންކަމަށް ދެކެވޭތީއެވެ. ތިމާއަށް އަނެކާ ކޮށްދޭ ކަންތައްތަކުގެ އަގު ވަޒަން ނުކުރާ މީހުން ގިނަވާތީއެވެ.

ތިރީގައިވާ ހާދިސާ ވިދާޅުވެލައްވާށެވެ! ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އަހަރެން ނިޞްބަތްވަނީ ރ އަތޮޅު ރަށަކަށެވެ. ކައިވެނިކުރީ އުމުރުން 28 އަހަރުގައެވެ. ކައިވެނިކުރި ފިރިހެން ކުއްޖާއަކީ އެހެން މީހުންގެ ކުށް ހޯދައި އިޞްލާޙްކުރުމުގެ މަސްއޫލިއްޔަތު އަދާ މުއައްސަސާއެއްގެ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ޒުވާނެކެވެ. 

ލޯބިވާކަމަށް ބުނެ ދެއްކި ވާހަކަތަކަށް އިތުބާރުކުރެވުނު އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީއެވެ. ނަމަވެސް ޙަޤީޤަތް އެނގުނުއިރު އޭނާވެގެންދިއައީ އަނިޔާވެރިކަމުގައި އަރާހުރި މީހަކަށެވެ. މަކަރުވެރިކަމުގައި ވެސް އެންމެ ކުރީސަފުގައި ހުރި މީހަކަށެވެ. 

އަހަރެންގެ ބައްޕައަކީ ތަނަވަސް ބައްޕައެކެވެ. ނިޔާވިއިރު ބައްޕަގެ އަތުގައިހުރި ފައިސާއިން ގިނަ  އަދަދެއްގެ ފައިސާ އަހަރެންނަށް ލިބުނެވެ. އެފައިސާތަކުން އޭނާ ފުރަތަމަ ކުރިކަމަކީ ދެމީހުން ދިރިއުޅޭނެ ރަނގަޅު ފެންވަރުގެ ތަނެއް އޭނާގެ ގޭގައި ހެދުމެވެ. 

އޭނާ ވަޒީފާ އަދާކުރަނީ މާލޭގައެވެ. ކައިވެނިކޮށްގެން އުޅުނު 3 އަހަރު ދުވަހު ވެސް ޗުއްޓީގައި އަންނައިރު ކޮންމެވެސް އެކުވެރިއަކު ގެންނާނެއެވެ. އަހަރެންނާއިއެކުގައި ހޭދަކުރާ ވަގުތަށްވުރެ ގިނަ ވަގުތު ހޭދަކުރާނީ އެމީހަކާއިއެކުގައެވެ. 

ދެން އޮތީ އެންމެ ލަދުވެތި ވާހަކައެވެ. ދެމަފިރިކަމުގެ ގުޅުންވެސް ހިންގަން ބޭނުންވަނީ ފައިގެ އިނގިލިތަކުންނެވެ. ނުވަތަ މަސްނޫޢީތަކެތި ބޭނުންކޮށްގެންނެވެ. މިކަންކަމަކީ އަހަރެން ކިތަންމެ ނިކަމެތި ނަމަވެސް ޤަބޫލުކުރެވޭ ކަންކަމަކަށް ނުވިއެވެ. 

ބައްޕަގެ ކިބައިން ވާރުތަވި ފައިސާތައް އޭނާގެ ބޭނުންތަކަށް ޚަރަދުކޮށް ހުސްވުމާއިއެކު މިހާރު މިވަނީ ވަރިކޮށްލައިފައެވެ. އަޅުގަނޑުގެ ބައްޕަގެ ފައިސާއިން އެޅިގެވެސް އޭނާއަށެވެ. އަޅުގަނޑު މިވަނީ ބާކީކޮށް އެކަނިވެރިކޮށްލައިފައެވެ. ފަޤީރުކޮށް ނިކަމެތިވެސްކޮށްލައިފައެވެ. 

އަހަރެންގެ ކުށަކީ އޭނާ ދެއްކި ދޮގު ވާހަކަތަކަށް އޭނާއަށް އިތުބާރުކޮށް ލިބުނުހައި ފައިސާ އޭނާގެ އަތްމައްޗަށް ދޫކޮށްލެވުނުކަމެވެ. ތެދުވެރި ލޯތްބެއް ލިބިދާނެ ކަމަށް އުންމީދުކުރެވުނު ކަމެވެ. ﷲ ގަންދީ ހުވާކޮށްގެން ތިބޭ މީހުން ހުވައަށް ޙުރުމަތްތެރިކޮށް ހިތާނެ ކަމަށް ޤަބޫލުކުރެވުނު ކަމެވެ. 

އެމީހަކު ކުރިކަމެއް އެމީހަކަށެވެ. މަކަރުވެރިން އެކަމުގެ ރަހަ މިދުނިޔޭގައިވެސް އަދި ޤިޔާމަތްދުވަހުވެސް ދެކޭނެއެވެ. އަހަރެންގެ އިލްތިމާސަކީ އަޅާ ޔުނިފޯމަށާއި ކޮށްގެން ތިބޭ ހުވައަށް ހަމަ އެއްވެސް އަންހެނަކު އިތުބާރު ނުކުރުމެވެ. އަމިއްލަ ތަނަވަސްކަން ފިރިމީހާ ޢާއި ހަވާލުނުކުރުމެވެ. ކޮންމެފަދަ ލަނޑެއް ވެސް ދީފާނެ ކަމަށް އަބަދުވެސް ވިސްނައިގެން ތިބުމެވެ. 

އަހަރެންނަށް މިޖެހުނު ޙާލު އެހެން އެއްވެސް އަންހެނަކަށް ޖެހޭކަށް އަހަރެން ނޭދެމެވެ. އެހެންވެ ކިޔުންތެރިންނާއި ހިއްޞާކޮށްލީއެވެ.

 

- ޝަލޫ- މިއަދުނޫހުގެ ކިޔުންތެރިއެއް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް