އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެންސަރު ޖައްސުވައި އަވަހަށް މަރާލައި އަނބިމީހާގެ ތަނަވަސްކަމުގެ މައްޗަށް ވެރިވެގަންނަން އަނބިމީހާއަށް "ލޯބިން" ކައްކައިދިން ފިރިއެއްގެ ވާހަކަ-

ކެންސަރު ޖައްސުވައި އަވަހަށް މަރާލައި އަނބިމީހާގެ ތަނަވަސްކަމުގެ މައްޗަށް ވެރިވެގަންނަން އަނބިމީހާއަށް "ލޯބިން" ކައްކައިދިން ފިރިއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 41 ސިކުންތު

މިކިޔައިދެނީ ވަރަށް އަސަރުގަދަ ވާހަކައެކެވެ. މިއީ އަނބިމީހާގެ ތަނަވަސްކަމުގެ ދަހިވެތިކަމުގަ އަނބިމީހާއަށް ކެންސަރު ޖައްސުވަން މަސައްކަތްކުރި ފިރިއެއްގެ ކިބައިން ހަމަކިރިޔާ ސަލާމަތްވި އަންހެނެއްގެ ވާހަކަ އެވެ. މިއީ ހަމަ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު މައްސަލައެކެވެ. ފުރަތަމަ ވާހަކަ ވިދާޅުވާށެވެ. 

އަޅުގަނޑުގެ އުމުރުން 28 އަހަރުގަ ބައްދަލުވި ފިރިހެނަކު ދެކެ ވަރަށް ބޮޑަށް ލޯބިވެވި ކައިވެނިވެސް ކުރީމެވެ. އޭނާގެ ކިބައިން ފެންނަ ރަނގަޅު ކަންތައްތައް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި އަޅުގަނޑަށް ކައްކައިދިނުންވެސް ހިމެނެއެވެ. އެގޮތުން ދެމަފިރިން އެކުގައި ގޭގައި ތިބޭ ވަގުތެއް ނަމަ ކައްކައިދެނީ ފިރިމީހާއެވެ. 

އިސާހިތަކު އަޅުގަނޑު ވަރަށް ބޮޑަށް ފަލަވާން ފަށައިފިއެވެ. ކުރިން އަޅުގަނޑަކީ ވަރަށް މަދުން ކަމުން އައި އަންހެނެއް ނަމަވެސް ފިރިމީހާ އާއިއެކު އުޅެން ފެށުމުން އައީ އާދައާއި ޚިލާފަށް ފަލަވަމުންނެވެ. އެވާހަކަ ފިރިމީހާގެ ގާތުގައި ބުނާއިރަށް ބުނަނީ ފަލަވީމާ މާރީތި ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް އަންނަނީ އިތުރަށް ރީތިވަމުން ކަމަށެވެ. 

އެހިސާބުން ކާން ބޭނުންވާވަރު އައީ އިންތިހާއަށް އިތުރުވަމުންނެވެ. ފިރިމީހާއަށް އަޅުގަނޑު ފަލަވީމާ ރީތިކަމަށްބުނާތީ އަޅުގަނޑު ހުރީ އުފަލުންނެވެ. އެހެން ހުއްޓައި އަޅުގަނޑު އާދައާ ޚިލާފަށް ވަރުބަލިވާންފެށުމުން ޑޮކްޓަރަށް ދެއްކުމުން ވަރަށް ބައިވަރު ޓެސްޓްތައް ހެދިއެވެ. 

ނަތީޖާ ނުލިބި އުޅެނިކޮށް ފެނުނީ ފުލުހުން އައިސް ގެއަށް ވަންތަނެވެ. ފުލުހުން ބޭނުންވީ ބަދިގެއާއި ފްރިޖްތައް ޗެކްކުރާށެވެ. އެއިރުވެސް ކައްކަން ފިރިމީހާ ބަދިގޭގައި އުޅެއެވެ. ފުލުހުންނަކީ ޢާންމުގޮތެއްގައި ބަދިގެ އާއި ފްރިޖްތައް ޗެކްކުރާ ބައަކަސް ނުވާތީ ހައިރަންވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ. 

އެތައް އިރެއްވަންދެން ފުލުހުން ބަދިގެއާއި ފްރިޖް ޗެކްކުރުމަށްފަހު ފްރިޖުގަ ހުރި ފުޅިއެއް ނަގާފައި އެއީ ކޮން އެއްޗެއްތޯ ކާކު ބަހައްޓާފައި ހުރިއެއްތޯ އާއި އެ ބޭނުންކުރަނީ ކާކުތޯ ސުވާލުކުރިއެވެ. އަދި އެއިގައި އަތްލާފައިވަނީ ކާކުކަން ދެނެގަތުމަށް ފިންގަރޕްރިންޓް ވެސް ނެގިއެވެ. 

އަޅުގަނޑާ ސުވާލުކުރުމުން އަޅުގަނޑު ބުނީ އެއެއްޗަކީ އަޅުގަނޑުގެ ސަމާލުކަމަށްވެސް އައިސްފައިވާ އެއްޗެއް ނޫންކަމަށެވެ. ދެން ފެނުނީ ފިރިމީހާގެ އަތުގައި ބިޑި އެޅުވައި އެފުޅިވެސް އޭނާގެ އަތަށްދީގެން ގޮވައިގެން ދިއަތަނެވެ. 

ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްވެގެން ވަގުތުން ޑޮކްޓަރަށް ގުޅީމެވެ. ޑޮކްޓަރު ބުނީ އަނެއް ދުވަހު ހެނދުނު އޭނާ އާއި ބައްދަލުކުރުމަށެވެ. އެހެންވެ އަނެއް ދުވަހު ހެނދުނު ގޮސް ޑޮކްޓަރާއި ބައްދަލުކުރުމުން ކުރިން ކުރި އަޅުގަނޑުގެ ޓެސްޓްތަކުގެ ރިޕޯޓާއި ފުލުހުން ގެންދިއަ ފުޅީގައި ހުރި އެއްޗެތީގެ ރިޕޯޓް ދައްކައި ކިޔައިދިނެވެ. 

އެރިޕޯޓްގައިވާ ގޮތުން ފުލުހުން ގެންދިއަ ފުޅީގައި ހުރިއެއްޗަކީ ކައްކާއިރު އެއިގެ ކުޑަމިންވަރެއް އަޅައިގެން ކައްކާފައި ކާންދިނުމުން ދުވަސްކޮޅެއް ފަހުން ކެންސަރުޖެހުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. އަދި އެއީ ގެންގުޅުމާއި ބޭނުންކުރުން ހުރިހާ ޤައުމުތަކެއްގައިވެސް މުޅިން މަނާކޮށްފައިވާ އެއްޗެކެވެ. ފުލުހުންނަށް ރިޕޯޓްކުރީ އަޅުގަނޑުގެ ލޭގައި އެއިގެ އަސަރު ހުރިކަން ޓެސްޓްތަކުން ދެއްކުމުންނެވެ. 

ﷲ ގެ ރަޙްމަތްފުޅުން ކެންސަރު ނުޖެހެނީސް އަޅުގަނޑުގެ ޓެސްޓްތަކުން އެކަން ފެނުނީއެވެ. އެކަންކަމުން އަރައިގަންނަން މެޑިކަލް އިންޝުއަރަންސްގެ އިތުރުން ދެލައްކަ ޑޮލަރު އަމިއްލައަށް ޚަރަދުކުރަންޖެހުނެވެ. 

ދެން އޮތީ މިވާހަކައިގެ އެންމެ މުހިންމުބައެވެ. އޭނާ އަޅުގަނޑު ދެކެ ލޯބިވާކަމަށް ހެދިގެން ކައިވެނިކޮށް އަޅުގަނޑަށް ކައްކައިދީ ކަންކަން މިކުރީ އަޅުގަނޑަށް ކެންސަރު ޖައްސުވައި އަވަހަށް ދުނިޔެއިން ނެތިކޮށްލުވައި އަޅުގަނޑުގެ ތަނަވަސްކަމަށް ވެރިވެގަތުމުގެ ދަހިވެތިކަމުގައެވެ. މިކަންކަން އެގޮތަސް ކުރަން މަގުފަހިކޮށްދީ އެހީތެރިވީ އޭނާގެ ލޯބިވެރިޔާއެވެ. އެކަންކަން ސާބިތުވީ ފުލުހުންގެ ތަޙްޤީޤުންނެވެ. 

އެހައިތަނަށް ފިރިމީހާ އާއިމެދު އެއްވެސް ޝައްކެއް ނުކުރެވުނު ނަމަވެސް ފަހުން ފިރިމީހާގެ ޢަމަލުތައް ޔަޤީންކުރެވުނެވެ. އެއީ އަޅުގަނޑަށް ކައްކައިދޭ އެއްވެސް އެއްޗެއް އޭނާ ނުކާތީއެވެ. ކޮންމެ ފަހަރަކުވެސް އޭނާއަށް ތައްޔާރުކުރަމުން އައީ ވަކިއެއްޗެއް ކަމަށްވުމުންނެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައި އެބުނާ ގޮތާއި ވަރަށް އެއްގޮތް ގޮތަކަށް އަޅުގަނޑުގެ ދެ އެކުވެރިއަކު މިދިއަ އަހަރު ވަނީ ނިޔާވެފައެވެ. އެއްވެސް ޙާލެއްގައި އެދެކުވެރިން މަރައިލީ ކަމަށް ބުނެ ތުހުމަތު އަޅުވަނީއެއް ނޫނެވެ. ނަމަވެސް މަރުވި ގތާއި އެދެމީހުންގެ ދިރިއުޅުމުގައި ކަންކަން ދިމާވި ގޮތާއި މިވާހަކައާއި ވަރަށް ބޮޑަށް ގުޅުން އެބަހުއްޓެވެ. 

ބޭނުންވަނީ ރާއްޖެއަކީ މިހައި ފުރިހަމައަށް ބަލިތައް އަދި ތަޙްލީލްކުރެވޭ ޤައުމަކަށް ނުވުމުން މިއީވެސް ވިސްނައިލުން މުހިންމު ކަމެއްކަން ފާހަގަކުރުމެވެ. ބައިވެރިޔާގެ ކިބައިން ފެންނަ މިފަދަ އާދައާ ޚިލާފް ހެޔޮ ކަމަށް ހޭލުންތެރިވާންޖެހޭކަން ފާހަގަކުރުމެވެ. 

ލޯބިން ކައްކައިދޭ ފިރިން މިހާރުދަނީ ގިނަވަމުންނެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ކައްކައިދޭ އެއްޗަކުން އޭނާވެސް ކާކަން ޔަޤީންކުރަން މިވަނީ ޖެހިފައެވެ. ފރިމީހާ ކުރިނަމަވެސް އަނބިމީހާ ކުރިނަމަވެސް މިފަދަ ކަންކަން ކުރަން ހެޔޮނުވާނެއެވެ. ތަނަވަސްކަމަށް ދަހިވެތިވެގެން ނުކުރާނެ ނުބައި ކަމެއް ނުއޮންނާނެ ކަމަށް، ކުރަން ޖެހިލުންވާ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށް ބުނާ ޒަމާން މިވަނީ ބައްދަލުކޮށްފައެވެ. 

- ނަޞީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް