އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާ އެކުގަ ރޭނުކުރުމުން ހަށިގަނޑުގަ އެޅި ވޭންތަކަށް 4 އަހަރުވަންދެން ކެތްތެރިވުންވީ އެއިޑްސްބަލިން ސަލާމަތްވެވުނު ސަބަބަށް!

ޙަޤީޤީ ޙާދިސާ: ފިރިމީހާ އެކުގަ ރޭނުކުރުމުން ހަށިގަނޑުގަ އެޅި ވޭންތަކަށް 4 އަހަރުވަންދެން ކެތްތެރިވުންވީ އެއިޑްސްބަލިން ސަލާމަތްވެވުނު ސަބަބަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

އަޅުގަނޑަކީ އަޅައިލާނެ އެއްވެސް އިތުރު މީހަކު ހުރި އަންހެނެއް ނޫނެވެ. މައިންބަފައިން ވަނީ ވަރަށް ކުޑައިރު ނިޔާވެފައެވެ. ހުރިހަމައެކަނި ދަރިއަކީ އަޅުގަނޑެވެ. ގެންގުޅެ ބޮޑުކުރީ އަވަށްޓެރިއެކެވެ. އެހެންކަމުން ކައިވެނިކުރެވުމުން ހުރިހާ ސަމާލުކަމެއް ދިނީ ފިރިމީހާއަށެވެ. އޭނާގެ ރުހުން ހޯދުމަށްޓަކައި އަޅަކަށްވީމެވެ. 

ކައިވެންޏަށް ދަރިއަކު ލިބި އަހަރުވެސް ނުފުރެނީސް ފިރިމީހާ އެހެން އަނހެނަކާއި ލޯބީގެ ގޮތުން ގުޅިއްޖެއެވެ. އެކަމުގެ ހިތްދަތިކަން އުފުލަންޖެހިއްޖެއެވެ. ނަމަވެސް ދެކޮޅުހަދާފައި ވަރިވެގެން ދާނެ އެއްވެސް ތަނެއް ނެތުމުން ކެތްތެރިވެގެން އިނީއެވެ. ރޯލަރޯލައެވެ. 

ފިރިމީހާ އޭނާ އާއި ގުޅުނު ފަހުން އަޅުގަނޑާއިއެކު ރެއެއް ނުކުރެއެވެ. ގިނަ ރޭރޭ ގެއަކަށް ނާދެއެވެ. އަންނަރެއަކުވެސް ފުރަގަހަށް އެނބުރިއޮވެ ނިދަނީއެވެ. އަނގައިންވެސް ނުބުނެއެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. އޭނާ އަޅުގަނޑުމެން ދެމައިންގެ ޚަރަދުތައް ބަލަހައްޓައެވެ. އެއީވެސް ވަރަށް ވަރަށް ބޮޑު ރަހްމަތެއްކަމަށް ކަމަށް ޤަބޫލުކޮށް ޝުކުރުވެރިވީމެވެ. 

އެކުގައި ރޭނުކުރާތީ ވޭން އަޅައެވެ. ހުރިހާ ގޮތަކުންވެސް ލިބެމުން ދިއައީ ވޭނާއި އަނިޔާއެވެ. ގިސްލާ ރޮވިގެން މޫނު ދޮންނަންޖެހެނީ ކިތައްފަހަރުކަން ބުނާކަށް ނުއެނގެއެވެ. ކޮންމެއަކަސް އެހިތްދަތިޙާލުގައި ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކޮށްކޮށް އިންނަތާ 4 އަހަރުވީފަހުން އެއްދުވަހަކު ހެނދުނު ސައިބޮއިގެން ފިރިމީހާ ތެދުވިތަނާ އަންނަނީ ފޯނުކޯލެކެވެ. ފޯނުކޯލުގައި އިންދާ ގޮނޑިމައްޗަށް ވެއްޓިއްޖެއެވެ.

އެމްބިޔުލާންސަށް ގުޅައިގެން ގެނެސް ހޮސްޕިޓަލަށް ގެންދިއުމުން ބަލާފައި ޑޮކްޓަރުބުނީ ފިރިމީހާ ނިޔާވެފައިވާ ކަމަށާއި ނިޔާވީ ކުއްލި ޝޮކެއް ހިތަށް ލިބިގެން ކަމަށެވެ. ކޮންމެއަކަސް ޙަޤީޤަތް އެނގުނީ 3 ދުވަސްފަހުންނެވެ. އޭނާގެ ލޯބިވެރިޔާ މަރުވީއެވެ. އޭނާއަކީ އެއިޑްސް ޖެހިގެން މަރުވި އަންހެނެކެވެ. ވީމާ ޤަބޫލުކުރެވުނީ އޭނާއަށްވެސް އެއިޑްސް ޖެހިފައިވެދާނެކަމަށް ޤަބޫލުކުރެވުމުން ޝޮކެއް ލިބުނީ ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ. 

ފިރިމީހާ ނިޔާވުމުން ވަރަށް ދެރަވިއެވެ. އެހައި ކުޑައިރު ދަރިފުޅަށް ބައްޕަ ގެއްލުމުންނެވެ. އަދި އަޅުގަނޑު އުންމީދުކޮށްގެން ހުރީވެސް ފިރިމީހާ އާއި ވަކިވުމަކަށް ނޫނެވެ. އިޞްލާޙްވެ އަޅުގަނޑާއިއެކު ދިރިއުޅޭނޭ ދުވަހަކަށެވެ. ނަމަވެސް އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެންމެ ބޮޑަސް ފައިދާކުރާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

އަޅުގަނޑަކީވެސް ތަންދޮރުފިލާވަރަށް ކިޔެވިފައި އިން އަންހެނަކުކަމުން ފިރިމީހާގެ ވިޔަފާރި އަމިއްލައަށް ހިންގަން ފެށީމެވެ. ނަމަވެސް އެއީ ދަރިފުޅުގެ މިލްކެއް ކަމަށް ޤަބޫލުކޮށްގެން ތެދުވެރިކަމާއިއެކުގައެވެ. 2 އަހަރު ފަހުން ކައިވެންޏެއްކޮށް މިހާރުވެސް ދިރިއުލެމުން މިގެންދަނީ އެކައިވެނިމަތީގައެވެ. އުފާވެރިކަމާއިއެކުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ބޮޑު އިމްތިޙާނެއް ކުރިމަތިކުރެއްވެވި ނަމަވެސް ކެތްތެރިވެއްޖެނަމަ އެކަމަކީ ފައިދާ ކުރާ ކަމަކަށްވާނެއެވެ. ފިރިމީހާގެ ކިބައިން އެހާބޮޑަށް ހިތްދަތިކަން ލިބުނުއިރުވެސް، އެކުގައި ރޭނުކުރާތީ އެހައިބޮޑަށް އަނިޔާލިބެމުން އައިއިރުވެސް ކެތްތެރިވިކަމުގެ ނަތީޖާ ނިކަން ދެކިބަލާށެވެ! އެކުގައި ރޭކުރެވުނުނަމަ އަޅުގަނޑުވެސް ވެގެންދާނީ އެއިޑްސްބަލީގެ ޝިކާރައަކަށް ނޫންތޯއެވެ؟ ދަރިފުޅު ވެގެން ދިއައީހީ އަޅުގަނޑު ފަދައިން އެއްވެސް މީހެއްގެ ލޯބި ނުލިބި ބޮޑުވާނެ ކުއްޖަކަށް ނޫންތޯއެވެ؟ 

ފެންނަހާ އަންހެނަކާ ހިތާވެ ރޭކުރަމުން ގެންދާ ފިރިންނަށް އަޅުގަނޑުގެ މިވާހަކައިގައި ފިލާވަޅެއްވޭ ނޫންތޯއެވެ؟ އަދި ކެތްތެރިވާ އަނބިންނަށް މާބޮޑު ފިލާވަޅެއްވޭ ނޫންތޯއެވެ؟ ޢިބްރަތް ޙާޞިލުކުރައްވާށެވެ.

 

- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް