އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރްންޓް ބިލް ބޮޑުވާތީ ރައްޔިތުން ކަންބޮޑުނުވަނީއެއް ނޫން! އަޑުއަހާނެ ކަންފަތެއް ނެތުމުން އަންނަ އަހަރަށް މަޑުކޮށްލައިގެން ތިބީ!

ކަރްންޓް ބިލް ބޮޑުވާތީ ރައްޔިތުން ކަންބޮޑުނުވަނީއެއް ނޫން! އަޑުއަހާނެ ކަންފަތެއް ނެތުމުން އަންނަ އަހަރަށް މަޑުކޮށްލައިގެން ތިބީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

"މިއީ "ސޭވް އެނަޖީ" ކެމްޕެއިން އެ ކުންފުނިން ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ.

ސްޓެލްކޯގެ އެނާޖީ ސޭވިން ކެމްޕޭނުގެ މަގްސަދަކީ ރައްޔިތުން ކަރަންޓު ބޭނުން ކުރުމަށް އަހުލުވެރިކުރުމަށާއި ކަރަންޓް އިގްތިސޯދު ކުރުމަށް އަހުލުވެރިކުރުމަށް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.އެނާޖީ ސޭވިން ކެމްޕެއިން ފެށުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އަހަރު ފެށޭކޮޅުގައ ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ރައްޔިތުންކުރާ ކަމަށެވެ. ކަރަންޓު ބިލު ބޮޑުވާ ސަބަބުތައް ރައްޔިތުންނަށް އޮޅުން ފިލުވައިދިމުނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކުރެވުނު މަސައްކަތުން މިހާރު އެ ޝަކުވާތައް މަދު ކުރެވިއްޖެ ކަމަށެވެ."

ރައްޔިތުންގެ ގިނަ ބައަކު ބުނަނީ މިފަދަ ވާހަކަތަކަކީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް ކަންކަން ވަރަށް ބޮޑަށް އޮޅިފައިވާތީ ދައްކާ ވާހަކަތަކެއް ކަމަށެވެ. ކަރަންޓް ބިލް ބޮޑުވުމާއިމެދު ސްޓެލްކޯއިން ދައްކާ ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލުނުކުރާކަމަށެވެ. 

"އަހަރުގެ 12 މަހުވެސް ކަރްންޓް ބޭނުންކުރެވެނީ އެއްވަރަކަށް. އޭސީވެސް ބޭނުންކުރަނީ އެއްވަރަކަށް ފްރިޖްވެސް ބޭނުންކުރަނީ އެއްވަރަކަށް. އިސްތިރިވެސް ކުރަނީ އެއްވަރަކަށް. ސްނޯފައިބާތީ އޭސީ ނުޖައްސާ، އަސްކެނި ދަށުގަ މަސް އެލުވީމާ ގަނޑުވާތީ ފްރިޖް ޖައްސަން ނުޖެހޭ ހިސާބަށް ރާއްޖޭގަ ކަންދާކަމެއް ނޭނގެ!" ކިޔުންތެރިން ބުނެފައިވެއެވެ. 

ފެނުގެ ޚަރަދުކުޑަކުރާނެ ގޮތް ވެސް އެމްޑަބްލިޔޫއެސްސީން ކިޔައިދިނެވެ. އެއީ ފުޅީގަ ބަންދުކުރި ފެން ނުބޮއި އިސްކުރުފެން ބުއިމެވެ. އެއިރުން ބޭސްކުރަން ކުރަންޖެހޭ ޚަރަދު އެއީ އާސަންދަ އާއި ގުޅިފައިވާ ކަމަކަސވާތީ އެކުންފުނިން ކަންބޮޑެއް ނުވެއެވެ. 

"ދަންނަވާލަން އޮތީ ސަރުކާރުގެ ވައުދު ފުއްދައިފިއޭ. ބިލު ކުޑަވެއްޖެއޭ. އެއީ ބިލް ނުވެސް ފޮނުވާ މިހާރަކު. މެސެޖެއް އަންނަނީ. ފައިސާ ދެއްކީމާ ދެނީ އޮލިމްޕަސް ޓިކްޓްބުރިއެއް ވަރުގެ ކަރުދާސްކޮޅެއް. އެހެންވީމާ ބިލުގެ ސައިޒު މިވަނީ ވަރަށް ބޮޑަށް ކުޑަވެފަ ނޫންތޯ؟ އަޅުގަނޑުމެން ޝަކުވާ ކުރަން ބޭނުން ނުވަނީކީ ނޫން! އަޑުއަހާނެ ކަންފަތެއް ނެތީމާ ކެތްތެރިވަނީ އަންނައަހަރަށް!" ކަމަށް ބުނާ މީހުންވެސް މަދުނޫންކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް