އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ލޯބިވާކަމަށްބުނެ ކައިވެނިކޮށްފަ ބަލިވެއިނުމުން ވަރިކޮށް އެއްލާލި ދެމައިންގެ ހިތްދަތި އިޙްޞާޞްތައް-

ޙަޤީޤީ ޙާދިސާ: ލޯބިވާކަމަށްބުނެ ކައިވެނިކޮށްފަ ބަލިވެއިނުމުން ވަރިކޮށް އެއްލާލި ދެމައިންގެ ހިތްދަތި އިޙްޞާޞްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

"އަޅުގަނޑަކީވެސް އުމުރުން 18 އަހަރު ފުރުނުތަނާ ކައިވެނިކުރި އަންހެން ކުއްޖަކީމެވެ. ކައިވެނިކުރިތަނުން ބަލިވެ އިނދެއްޖެއެވެ. ބަލިވެއިންކަން އެނގުމާއިއެކު އަޅުގަނޑު ދޫކޮށްލާފައި ފިރިމީހާ ހިނގައްޖެއެވެ. 

މިއީ އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ބަލިވެއިނުމުން އަޅުގަނޑުގެ ބައްޕަ ވެސް ކަންތައް ކުރި ގޮތެވެ. އެހެންވެ އަޅުގަނޑަށް ބޮޑުވާންޖެހުނީ ބައްޕަ ލޮލަށް ނުފެނުނުތަނުގައި މަންމަގެ ލޯބިވެސް ނުލިބިއެވެ. އެކަމުގެ ސަބަބު އެނގޭތީ އެއްވެސް ޝަކުވާއެއް ނުކުރަމެވެ 

ނަމަވެސް އަޅުގަނޑަށް ކެތްނުކުރެވުނު ކަމެއް ކުރިމަތިވިއެވެ. އެއީ އަޅުގަނޑަށް ސިއްރުކޮށްގެން ހުރެ އަޅުގަނޑު ބޯ ޖޫސްތަށްޓަށް ބޭސްގުޅައެއް ލައިގެން ދަރިފުޅު ވައްތާލަން މަސައްކަތްކުރުމެވެ. އެކަން ފަޅާއެރުމުން މަންމަ ބުނީ މަންމަ އެކަންކުރީ އަޅުގަނޑަށް ރަނގަޅަކަށް ކަމަށާއި މަންމައަށް ކަންކަން ދިމާވިގޮތަށް އަޅުގަނޑަށް ކަންކަން ދިމާވާން ނޭދޭތީކަމަށެވެ. މަންމައަށް ދަރިއަކު ލިބުމުން މަންމަގެ ޒުވާން އުމުރުގައި އުފާތަކުން މަޙްރޫމްވެ ކަސްތޮޅު އެޅުނުފަދައިން ކަންކަން އަޅުގަނޑަށް ދިމާވާން ނޭދޭތީ ކަމަށެވެ. 

އެހެންބުނެ މަންމަ ކުށްވެރިކުރީ އަޅުގަނޑު ވިހަންޖެހުނު ކަމެވެ. އަޅުގަނޑު ބަލަންޖެހުނު ކަމެވެ. އަޅުގަނޑު ދުނިޔެއަށް އުފަންވިކަމެވެ. ބުނީ ހުރިހާވެސް ކުށްވެރިއަކީ އަޅުގަނޑު ކަމަށެވެ.   

މަންމަ އެދެއްކި ވާހަކައިގައި ޙަޤީޤަތެއްވެސް އޮވެދާނެއެވެ. ނަމަވެސް މިއަދުނޫހުގެ ކިޔުންތެރިންނާއި ސުވާލެއްކޮށްލަން ބޭނުންވެއެވެ. އެސުވާލަކީ މަންމައަށް އަޅުގަނޑު ވިހަންޖެހުނީ އަޅުގަނޑު ކޮންކުށެއްކޮށްގެންތޯއެވެ؟ މަންމަގެ ޒުވާން އުމުރުގައި އުފާތަކުން މަޙްރޫމްވާންޖެހުމުގައި އަޅުގަނޑުކުރީ ކޮން ކުށެއްތޯއެވެ؟ ހަމަގައިމުވެސް މަންމަގެ ރަޙިމުގައި އަށަގަންނަން އަޅުގަނޑު އަމިއްލައަށް އެއްވެސް ކަމެއް ނުކުރަމެވެ. 

މިސުވާލަށްފަހު ވާހަކަ އަލުން ކުރިއަށް ގެންދާނަމެވެ. މާބަނޑުއިރުވެސް އަޅުގަނޑު ވަޒީފާއަދާކުރީމެވެ. އެއްވެސް ޚަރަދެއްކުރަން މަންމައަކަށް ނުޖައްސުވަމެވެ. ވިހައި ގަދަވިތަނުން ދެވަނަ ކައިވެނިވެސް ކޮށްފީމެވެ. އިރާދަފުޅުން އޭނާވީ ވަރަށް ހެޔޮލަފާ ފިރިއަކަށެވެ. 

ހަމަގައިމުވެސް އަޅުގަނޑަށް ލިބުނު ދަރިފުޅު ކުށްވެރިއެއް ނުކުރާނަމެވެ. ދަރިއަކު ލިބުނީތީ އަޅުގަނޑުގެ ފުރަތަމަ ފިރިމީހާވެސް ކުށްވެރިއެއް ނުކުރާނަމެވެ. އެއީ ދަރިފުޅު ލިބުނީ އަޅުގަނޑުވެސް އެކަމަށް ބޭނުންވެގެން ކަމަށްވާތީއެވެ. އެހެނަސް ފިރިމީހާ ކުށްވެރިކުރަންޖެހޭ ސަބަބެއް އެބައޮތެވެ. އެއީ އޭނާވެސް ބޭނުންވެގެން ދަރިއަކަށް ބަލިވެއިނުމުން ދެމައިން އެއްލާލާފައި ދިއައީތީއެވެ؟ ޙާލުވެސް ބަލައިނުލީތީއެވެ. އެއްވެސް ޚަރަދެއްވެސް ނުކުރީތީއެވެ. އެއީ ދުވަހަކުވެސް ކަނޑައިލެވޭނެ ދައުވާއެއް ނޫނެވެ. 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް