އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނބިމީހާއަށާ އިތުރު އަންހެނަކަށް އަނިޔާވެރިވި މީހަކު ކައިވެނިކޮށްގެން ރޭކުރަން އުޅޭއިރަށް ކޮޓަރިން އިވެނީ އަންހެނަކު ރޯއަޑު! ރެއެއް ނުކުރެވުނު!

ޙަޤީޤީ ޙާދިސާ: އަނބިމީހާއަށާ އިތުރު އަންހެނަކަށް އަނިޔާވެރިވި މީހަކު ކައިވެނިކޮށްގެން ރޭކުރަން އުޅޭއިރަށް ކޮޓަރިން އިވެނީ އަންހެނަކު ރޯއަޑު! ރެއެއް ނުކުރެވުނު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 43 ސިކުންތު

އަޅުގަނޑަށް ކަންކަން ދިމާވިގޮތުން އަލަށްވެސް ކައިވެނިކުރެވުނީ "އަނބިމީހާ މަރުވެފަ" ހުރި އަދި ދަރިއަކުވެސް ލިބިފައިވާ މީހަކާއިއެވެ. އޭނާއަކީ އަޅުގަނޑާއިއެކު އެއް އޮފީހެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާގެ އަނބިމީހާ ނިޔާވުމުން އަޅުގަނޑު ގާތުކުރި އާދޭސް ޤަބޫލުކުރެވުނީއެވެ.

އޭނާ ބުނީ އޭނާގެ ކުރީގެ އަނބިމީހާ ދެކެ ވަރަށް ލޯބިވާ ކަމަށާއި ދެމަފިރިން އެކުގައި އުޅުނީވެސް ވަރަށް ލޯބިން ކަމަށެވެ. އަދި މަރުވީ ވިހެއުމުގެ ތެރޭގައި ކަމަށެވެ.

ކޮންމެއަކަސް ކައިވެނީގެ ފުރަތަމަ ރޭ ނިދަންވެގެން ފެންވަރާލަން ފާޚާނާއަށް ވަންތަނާ އިވުނީ އަންހެނަކު ރޯއަޑެވެ. ބައެއް ފަހަރު ވަރަށް ދުރުން އަޑުއާދެއެވެ. އަނެއްބައި ފަހަރު ފާޚާނާ ތެރެއިންވެސް އަޑުއަންނަހެން ހީވެއެވެ. އެހެންވެ ބިރުން ހުރެ އަވަސްއަވަސްކޮށްލައިގެން ނުކުމެ ފިރިމީހާ ގާތުގައި އެވާހަކަ ބުނީމާ ބުނީ އެފަދަ ކަމެއް ދުވަހަކުވެސް އެގެއިން މެދުވެރިވެފައި ނުވާ ކަމަށެވެ. ކޮންމެއަކަސް ގަނެފައި ހުރި ބިރުބޮޑުކަމުން ފިރިމީހާ އާއިއެކު ރޭކުރުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. 

ދެވަނަ އަދި 3 ވަނަރޭވެސް ކަންތައް މެދުވެރިވީ ހަމައެގޮތަށެވެ. ދެމަފިރިން ނިދަން އެކުގައި ކޮޓަރިއަށް ވަންނަތަނާ އެއަޑު އިވެނީއެވެ. ފިރިމީހާ ބުނަނީ އޭނާއަށް އެއްވެސް އަޑެއް ނުއިވޭ ކަމަށެވެ. 

އަޅުގަނޑު ވަރަށް ބޮޑަށް ވިސްނީމެވެ. އަޅުގަނޑަކީ އެއްވެސް ފާފައެއް ކުރި އަނހެނެއް ނޫނެވެ. އަދި އެންެ ކުޑައިރުންސުރެ ނަމާދުކުރަމެވެ. 20 އަހަރުގަ ދަމުނަމާދުކުރަން ފަށައިފީމެވެ. ޢާންމުކޮށް ފަތިސްނަމާދުކުރަމެވެ. ދެއިރުގެ ޛިކުރުތައް ކިޔަވަމެވެ. ޤުރްއާން ކިޔަވަމެވެ. ވީއިރު ޝައިޠޯނަކު އަޅުގަނޑާއި އަޅައިގަނެގެން އުލެންޖެހޭނެ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

ކޮންމެއަކަސް ޢިލްމުވެރިއަކަށް އެވާހަކަތައް ކިޔައިދިނުމުން ބުނުއްވީ ތިއަކަމެއް ތިއަ ކުރިމަތިވަނީ އެކުގައި ނިދަން ނުވަތަ އެއްދާންކުރަން އުޅޭ ވަގުތުގައިކަމަށްވުމުން ސުވާލު އުފެދޭ ކަމަށެވެ. ބޮޑަށް ބުރަވެވެނީ ފިރިމީހާގެ ކިބައިން އަނިޔާ ލިބިފައިވާ ކޮންމެވެސް އަންހެނެއްގެ ކިބައިން މެދުވެރިވާ ކަމެއް ކަމަށެވެ. "އޭނާގެ ކިބައިން އަނިޔާ ލިބިފައިވާ އަނހެނެއްގެ ދުޢާއިންވެސް އެފަދަ ކަމެއް މެދުވެރިވެދާނެ. އަދި ނިޔާވެފައިވާ އޭނާގެ އަނބިމީހާއަކީ މާތް މީހަކަށްވެފައި އެފަދަ އަންތބަކަށް އަނިޔާވެރިވެފައިވާނަމަވެސް އެފަދަ ގޮތެއް މެދުވެރިވެދާނެ ކަމަށެވެ. ކޮންމެގޮތެއްވިޔަސް ތިއައީ އޭނާގެ ކިބައިން އަނިޔާ ލިބިފައިވާ އަންހެނެއްގެ ނުރުހުން ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ." ކަމަށެވެ. 

ޢިލްމުވެރިޔާ މިމޭރުމުން ބުނީ ފިރިމީހާގެ ކުރިމަތީގައެވެ. އެވަރުންވެސް އޭނާބުނީ އެއްވެސް އަނހެނަކަށް އަނިޔާވެރިވެފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް އަންހެނެއްގެ ހިތުގައި ޖައްސާފައިވެސް ނުވާނެ ކަމަށެވެ. 

އެރޭ ފިރިމީހާ ގާތު ބުނީމެވެ. "ރުޅިއަކުން ނޫނެވެ. އެހެނަސް ތިބާ އާއިއެކު ރޭކުރާނީ އަދި ދުވަސްކޮޅެއް ފަހުންނެވެ. މިދިމާވާ ޖަނކަމުގެ ޙަޤީޤަތް އޮޅުނފިލާތޯ ކުޑަކޮށް މަޑުކޮށްލަން ބޭނުމެވެ. އެރޭ ދަމުނަމާދުކޮށް ދުޢާކުރީ ވަރަށް އަވަހަށެވެ. 2 ޖަހާ އެހާކަންހާއިރުއެވެ. ދިމާވަމުން މިދާ ކަންތަކުގެ ޙަޤީޤަތް އަންގަވައި ދެއްވަވާތޯ ދުޢާކުރީމެވެ. 

ދަމުނަމާދުކޮށްގެން ނިދިތަނާ ހުވަފެނުން ފެނުނީ އަޅުގަނޑު ދަންނަ އަންހެނެކެވެ. ނަމަވެސް އެއީ އެހައި ރަނގަޅަށް އުޅޭ އަންހެނެއް ނޫނެވެ. ހޭލެވުމުން ޛިކުރުތައް ކިޔާފައި ނިދިތަނާ އަނެއްކާވެސް ހަމަ އޭނާ ފެނުނެވެ. އެގޮތަށް 3 ފަހަރު ފެނުނެވެ. 

އަނެއް ދުވަހު އޮފީސް ނިމިގެން ދިއައީ އޭނާގެ ގެއަށެވެ. އަދި އޭނާއާއި ފިރިމީހާ އާއި އެއްވެސް ގުޅުމެއް އެބައޮތްތޯ ސުވާލުކުރުމުން ފެށީ ރޯށެވެ. ކުޑަ ދަރިއަކު ދައްކާފައި ބުނީ އެއީ ފިރިމީހާގެ ދަރިއެއް ކަމަށެވެ. "އޭނާގެ އަންހެނުން ބަލިވެ އިންދާ އައިސް ދެއަންތބަށް ކައިވެނިކުރާނަމޭ ކިޔައިގެން އަަހަރެންގެ ބޭނުންކުރީ. އަހަރެންވެސް ބަލިވެ އިނީ. އެކަން އޭނާގެ އަނބިމީހާއަށް އެނގުމުން އެކަމުގެ ހިތާމައިގާ އޭނާ މަރުވެދިއައީ. އެކަން އެނގުނީ އަނބިމީހާގެ އެކުވެރިއެއްގެ ކިބައިން އޭނާ މަރުވިފަހުން. އަހަރެން ގާތު ބުނީ އަނބިމީހާގެ ޤަބޫލުގައޭ ކައިވެނިކުރަން މިއުޅެނީ. ކޮންމެއަކަސް އަހަރެން ބަލިވެ އިން ފަހަކުން ލޮލަކުން ނުދެކެން. ގުުލިޔަސް ފޯނެއްވެސް ނުނަގާ. އެހެންވެ ފަހަކުން ނުގުޅަން. ނޭނގެ ދުނިޔޭގަ އުޅޭ ކަމެއްވެސް." 

އޭނާ ދެއްކި ވާހަކަ އަޅުގަނޑު ފޯނަށް ރެކޯޑްކުރީމެވެ. އަދި ގެއަށް ގޮސް ފިރިމީހާއަށް އަޑު އިއްވީމައި އެއީ ދަންނަ އަންހެނަކަށްވެސް ނުހެދިއެވެ. ނަމަވެސް އޭނާއަށް ލިބިފައި އޮތް ދަރިފުޅާއި ފިރިމީހާގެ ޑީއެންއޭ ހަދަން ބުނީމާ ހެދީ ދެކޮޅެވެ. "އެރިޕޯޓް އައިސްފާނެ ކޮންމ ގޮތަކަށްވެސް. އެއީ އެވިޑެންސެއްވެސް ނޫން" ކަމަށް ބުންޏެވެ. 

ކޮންމެއަކަސް އެހިވަގުތުތުން ވަގުތަށް އަޅުގަނޑު އެގެއިން ނުކުތީމެވެ. އަދި ކައިވެނި ރޫޅާލައިދޭންވެސް އެދުނީމެވެ. އެފަދަ އަނިޔާވެރިއަކާއިއެކު ރޭނުކުރެވުނު ކަމާއި ޢިއްފަތްތެރިކަން ދޫކޮށް ނުލެވުނު ކަމަށްޓަކައި ﷲ އަށް ހާސްފަށުން ޙަމްދުކުރީމެވެ. 

ކޮންމެއަކަސް މިއީ މީގެ 20 އަހަރު ކުރީގެ ވާހަކައެކެވެ. އަޅުގަނޑަށްފަހު އޭނާ އެތައް ބައިވަރު ކައިވެނިތަކެއް ކޮށްފިއެވެ. މާލޭގައި ގެދޮރުހުރި މީހަކަށްވާތީ ކައިވެނިކުރާނެ ކުދިންވެއެވެ.  ކައިވެނިތަކެއް ކުރެވުނު ނަމަވެސް ދިރިއުޅެވޭނެ ގޮތެއް ނުވެއެވެ. ސަބަބެއް އަޅުގަނޑަކަށް ނޭނގެއެވެ. މިހާރުވެސް އިންނާނެ އަންހެނަކު ލިބޭތޯ އެބަ ދުވެ ނަގައެވެ! 

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ﷲ އަށް ބިރުވެތިކަމެއް، ނިކަމެތި އަންހެނުންނަށް ރަޙުމެއް ކުުނެއް ނެތް މަކަރުވެރި ފިރިހެނުންނަށް ބުނެލަން އޮތީ ތިއަގޮތަށް ކަންކަން ކުރުމުން އޭނާއަށް ޖެހުނު ޙާލު ކޮންމެ މީހަކަށް މިދުނިޔޭގައި  ނުޖެހިދާނެއެވެ. ނަމަވެސް ކަލޭމެންގެ ކޮނޑުގައި ތިއްބަވާ މަލާއިކަތުން ލިޔުއްވަވާ ފަތުގައި ނެތިއެއް ނުދާނެއެވެ. ޖެހޭނީ ކުރިމަތިލައި ބަދަލުދޭށެވެ! 

- ޝަމްސް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް