އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 1 ސިކުންތު
އަޅުގަނޑުމެން ދެމީހުންނަކީ މެދު ރާއްޖެތެރެއަށް ނިސްބަތްވާ ދެމީހުނެވެ. އަޅުގަޑުމެން ދެމީހުން ކައިވެނި ކުރިއިރު އުމުރަކީ 17އަހަރެވެ. އެއިރު އަޅުގަނޑު އުޅުނީ ވަޒީފާއެއްގައެވެ. ފިރިމީހާ އުޅުނީ ރިޒޯޓް ވަޒީފާއެއްގައެވެ. ފިރިމީހާ ރިޒޯޓްގައި ހުއްޓަސް އަޅުގަނޑު އުޅުނީ ރަށުގަ ފިރިމީހާގެ ގޭގައެވެ.
ކައިވެނި ކުރިތާ މާގިނަދުވަހެއް ނުވަނީސް އަޅުގަނޑު ބަލިވާން ފެށިއެވެ ކައިވެނިގެ ކުރިން އެއްވެސްބައްޔެއް (ހުން ފަރިއްސެއް ބޮލުގަރިއްސާ ލުމެއްވެސް ދިމާނުވެއެވެ.) ނަމަވެސް ބައްޔެއް ގޮތެއްނޭގެއެވެ. މަންމަމެންގެ އެހީގައި ޑޮކްޓަރަށް ދެއްކުމަށް މާލެއަށްވެސް ކިތަންމެ ފަހަރަކު ދެވުނެވެ.
މިގޮތައް އުޅެމުން ކާވެންޏަށް ތިން މަސްވަރު ވީފަހުން އަޅުގަޑުގެ މަންމަ ގާތަށް ބަދަލްވީމެވެ. އަބަދު ބަލިވެ އުޅޭތީއެވެ. ގާތްގަޑަކަށް މަންމަގާތުގަ ދެމަސް ވަރު ހޭދަވި ފަހުން ބައްޔެއްގޮތް އެގުނެވެ. އޭރު ފިރިމީހާ ރިޒޯޓް ހުރެފަ އައިސް އަޅުގަނޑު ވަރިކުރިއެވެ އެ އީ އަޅުގަނޑު އެދިގެންނެވެ. އެދުނީ ބަލިވީމަ އަޅާނުލާތިއެވެ. އެހީތެރިކަމެއްވެސް ނުލިބޭތީއެވެ.
އަޅުގަޑަށްޖެހުނީ ޓީބީއޭ ކިޔާބައްޔެކެވެ. އެއިރު ކާވެންޏަށް ގާތްގަޑަކަށް ފަސްމަސްވަރު ވެދާނެއެވެ ގައިންގަޔައް އަރާބައްޔަކަށް ވުމުން ވަޒީފާއިން މުސާރަނެއްގޮތައް ބަލިފަސޭހަ ވަންދެން ގޭގަހުރީމެވެ. އޭގެ ތިން އަހަރު ފަހުން ބަލިން މުޅިންފަސޭހަވުމުން ރޫފަވެސްހެއުވިއެވެ.
ދެވަނަފަހަރަށް އެއްކަލަ އިދެވަރިކުރި މީހާ އަޅައިގަތެވެ. ހަނދާއި ތަރިތައް ހިބައިންދޭކަހަލައެވެ. އޭނަގެ މަޅީގައި އަޅުގަނޑު ދެވަނަ ފަހަރަށް ޖެއްސުވިއެވެ އެއިރު އަޅުގަޑުގެ އުމުރަކީ ގާތްގަޑަކށް 21 އަހަރެވެ.
އުމުރުން 21 އަހަރުގައި ދެވަނަ ފަހަރަށް އޭނައާ ކައިވެނި ކުރީމެވެ. އޭނަ ދެކެލޯބިވާތީއެވެ އޭރު ދިރިއުޅުމުގެ މާބޮޑުއެއްޗެއް ނޭގެއެވެ. ކާވެންޏަށް އަހަރެއްވީއިރު ލޯބި ލޯބި ފިރިހެން ދަރއަކު ލިބުނެވެ އަލަތު ދަރިފުޅު ލިބޭތީ ދަރިފުޅުގެ ބައްޕަވީ އެއްވެސް ތައްޔާރީއެއްނެތެވެ. ރިޒޯޓް ހުރެފަ އައީ ހުސްދެއަތާއެވެ. ނަމަވެސް މަންމައާއި ބައްޕަގެ އެހީގާ އުޅެމުން ދިޔައީމެވެ ފިރިމީހާ ހުސްދެއަތާ އައުމުން ދެން ރިޒޯޓަށް ނުގޮސް ރަށުގަ ހުރެ ވަޒީފާއަކަށް ދިއުމަށް އެދުނީމެވެ
ނަސީބުކަންދިމާކުރީ ވަރައްރަގަޅަށެވެ އެއިރު އިއުލާން ކޮށްފަ އޮތް ވަޒީފާއެއް އޮތެވެ. އެއްވެސްމީހަކު އެވަޒީފާއަށްކުރިމައްޗއްނުލައެވެ. މުސާރަކުޑަކަމުންނެވެ -/780 އެވެ. އަޅުގަޑުގެ އެދުމަށް އެކަން އެގޮތައް ކުރިއެވެ ދޮށީ ދަރިފުޅަށް އަހަރު ވީއިރު ދެވަނަ ދަރިފުޅަށް ބަލިބެ އިނެވެ. ނަމަވެސް އެއިރު ކޮންމެވެސް ވަރަކަށް އަޅާލާ ހަދައެވެ ފުރަތަމަ ދަރިފުޅު ލިބުނުތާ ދުވަސްކޮޅެއްފަހުން ގޯއްޗެއްވެސް ލިބުނެވެ ގޯތީގަ ކޮޓަރިއެއް އެޅުމުގެ މަސައްކަތް ވަރަށް ފޯރިގަ ދެމީހުންކުރަމުން ދިޔައިމެވެ . ދެވަނަ ދަރިފުޅަށް 6މަސްވީއިރު އެ ކޮޓަރިއަށް ބަދަލްވެވުނެވެ.
ގެއަށް ބަދަލްވިތާ މާގިނަދުވަހެއް ނުވެ އަޅުގަނޑު ވަޒީފާއިން ވަކިވުމަށް ފިރިމީހާ އެދުނެވެ. ވަޒީފާއިން ވަކިވުމުން ނޫނީ އޭނައަތުން ލިބޭނެ އެއްޗެއް ނޯންނާނެ ކަމަށްބުންޏެވެ. އެހެންވެ ފިރިމީހާގެ އެދުމަށް ވަޒީފާއިންވެސް ވަކިވީމެވެ. ވަޒީފާއިން ވަކިވުމުން އަތްމަތި އިތުރަށް ދަތިވިއެވެ.
ވަޒީފާއިން ވަކިވުމުން މަންމައާއިބައްޕަ ހިންހަމަނުޖެހުނެވެ. ނަމަވެސް މަންމަމެންގެއިން އާދައިގެ ފައިންއަބުރައިގެން ފަހާ ފަހާފޮށްޓެއް ގެނެސް އެމަސައްކަތް ފުޅާކުރިމެވެ. ރަށުފެންވަރުގެ އެންމެބޮޑު ފަހާތަނަކަށް ހެދީމެވެ. ހަމަ އެކަނިމާއެކަނި ކުރި މަސައްކަތުންނެވެ. ފެހުމުގައި ކަސްޓަމަރުންގެ ސަޕޯޓް ވަރަށްލިބެއެވެ
އެއިގެ ދުވަސްކޮޅެއް ފަހުން ފިރިމީހާއަށް ލިބުން ކޮންޓްރެކްޓް މަސައްކަތެއްގެ ސަބަބުން ފިރިމީހާ ވަރަށް އަތްމަތި ތަނަވަސް މީހަކަށްވިއެވެ. ނަތީޖާއަކަށްވީ ފާހިޝް އަމަލާއި ދޮގާމަކަރު އޮޅުވާލުމާއި ރިބާކެއުމާއި ހައްދުފަހަނައަޅާ ދިއުމެވެ. ހަލާލް އަބިމީހާ ގޭތެރޭ ބައިންދާފައި އެހެން އަންހެނުންގެފަރާތުން ޖިންސީއެދުން ފުއްދުމަށްފަހު ދަންދެބައިވުމުން ގެއަށް ނިދަން އާދެއެވެ. އަންނަގޮތަށް ފުރަތަމަ ފާހާނަޔައްވަދެ ފެންވަރާލުމަށްފަހު ނޫނީ އެދުގަ އޮށޯވެ ނުނިދައެވެ . އަނބިމީހާ އިންނަނީ ގޭގެ ނޯކަރަކަށްހަދާފައެވެ.
އެއިރުވެސް ދެމީހުން ނިދަނީ އެއް އެނދުގައެވެ. 6 އަހަރުވީއިރުވެސް އަޅުގަނޑާއިއެކު އެންމެ ރެއަކުވެސް ރޭ ނުކުރެއެވެ. އަދި ކޮންމެ ރެއަކުވެސް އަންނަނީ ބޭރުތެރެއިން އޭނާގެ ބޭނުން ފިއްދައިގެންކަންވެސް އެނގެއެވެ. އަޅުގަނޑު އޮންނަނީ އޭނާއަށް ބޭނުންވެގެންކަންވެސް އޭނާއަށް ރަނގަޅަށް އެނގޭނެއެވެ. ހިތަށް ކުރާނެ އަސަރު އިޙްޞާޞް ކޮށްލައްވާށެވެ.
ދެމަފިރިންގެ މަސައްކަތުން 5 ކޮޓަރިއަކާއި ފިހާރައަކާއި ފަހާތަނެއް ލާފައި މިހާރުގެ ފެންވަރަށް ގެއެއް އެޅީމެވެ. އޭނާ ސިމެންތި ގަށަނީއެވެ. އަޅުގަނޑު ގައު އަޅަނީއެވެ.
27 އަހަރު ފަހުން އަޅުގަނޑު ވަރިކުރީ ކުނިއެއްކުރި ތަން ކަމުނުދާތީ ކަމަށް ބުނެއެވެ. ވަރިކޮށްފައި އެންގީ ދެމީހުންވެގެން އެޅިނަމަވެސް ގޭގައި ހުރެވޭނީ ކުލި ދައްކައިގެން ކަމަށެވެ. އަޅުގަނޑަށް ޖެހުނީ ގެއިން ނުކުންނާށެވެ. މިހާރު މިއުޅެނީ ރާނާލި ގޮތަށް ހުރި ފަޅު ގެއެއްގައި އެކަންޏެވެ.
ބޮޑުވެ ވަޒީފާގައި 3 ދަރިން އެބަތިއްބެވެ. އެކުދިންނަށްވެސް އަންގާފައި އޮތީ މަންމަ ގާތަށް ހިނގައްޖެނަމަ ގެއިން ނެރެލާނެ ކަމަށެވެ. އެހެންވެ އެކުދިންނަށްވެސް މަންމައާއިހަމައަކަށް ނާދެވެއެވެ. ހިތްދަތިވާނެވަރު ހިތަށް ގެންނަވާށެވެ!
މިހާރުވެސް މިގެންދަނީ ފެހުމުގެ މަސައްކަތްކުރަމުންނެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އަދި އަމިއްލަ ފައިމައްޗަށް ތެދުވާނަމެވެ. ﷲ ދެއްވަވާނެ ނިޢްމަތާއި ލައްވަވާނެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލަމެވެ.
- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
25 ފެބްރުއަރީ 2022