އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ކައިވެންޏަށްފަހު ފިރިމިހާގެ ލޯބިން ދަރިފުޅު މަޙްރޫމްވާންފެށީމާ މަންމަ ހަދައިދިން މުޖައްރިބްވި ފަންޑިތަ-

ޙަޤީޤީ ޙާދިސާ: ކައިވެންޏަށްފަހު ފިރިމިހާގެ ލޯބިން ދަރިފުޅު މަޙްރޫމްވާންފެށީމާ މަންމަ ހަދައިދިން މުޖައްރިބްވި ފަންޑިތަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 42 ސިކުންތު

އަޅުގަނޑުމެންވެސް ކައިވެނިކުރީ ވަރަށް ލޯބިން ދުވަސްތަކެއްވަންދެން އެކުގައި އުޅުމަށްފަހުގައެވެ. ކައިވެނިކޮށްގެން އުޅުނީ ހަމަ ވަރަށް ލޯބިންނެވެ. ކަންކަން ބަދަލުވާންފެށީ ކައިވެންޏަށް 2 އަހަރުވެ. ދަރިއަކުވެސް ލިބުނުފަހުންނެވެ. 

ކުއްލިއަކަށް ފިރިމީހާ ބަދަލުވާން ފަށައިފިއެވެ. އަޅުގަނޑާއި އަޅާނުލަން ފަށައިފިއެވެ. ލޯބިން ކޮށްދެމުން އެއްވެސް ކަމެއްކޮށްނުދޭން ފަށައިފިއެވެ. ނަމަވެސް މަސައްކަތް ނިމިގެން އައުމަސްފަހު ބޭރަކަށް ނުދެއެވެ. އުޅެނީ ގޭގައެވެ. ވީމާ އޭނާގެ މައްޗަށް ނުބައި ގޮތަކަށް ޝައްކުކުރުމުގެ ފުރުޞަތެއްވެސް ނެތެވެ. 

ކޮންމެއަކަސް ލޯބީގެ ވާހަކަ ދައްކަން ފަށާއިރަށް ބުނަނީ ދަރިއަކު ލިބުމުން ހުރިހާ ސަމާލުކަމެއް ދޭން ޖެހޭނީ ދަރިފުޅަށް ކަމަށެވެ. އަހަރެމެންގެ ލޯބީގެ ބާބު އެހިސާބުން ނިންމާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އަޅުގަނޑަކަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. އަޅުގަނދޑަކީ ފިރިމީހާގެ ކިބައިން ލޯތްބާއި އަޅާލުން ވަރަށް ބޮޑަށް ބޭނުންވާ އަންހެނަކަށްވާތީއެވެ. 

ކުރިން އަޅުގަނޑުގެ ފިރިމީހާ ކޮންމެ ހަފްތާއަކު އަޅުގަނޑަށް 2 ފިނިފެންމާ ގެނެސްދޭނެއެވެ. އެކަންވެސް އޭނާ ވަނީ ހުއްޓާލާފައެވެ. އެކަމާ ވާހަކަދެއްކުމުންވެސް ބުނަނީ އެއީވެސް ކުރެވޭ އިސްރާފެއް ކަމަށާއި ދަރިން ލިބުނީމާ މާގަތުން ފަދަ ކަންކަމަށް އިސްރާފްކުރަން ނުވާނެ ކަމަށެވެ. 

އެހެންވެ އެކަމުގައި މަންމަ އާއި މަޝްވަރާކޮށްލުމުން ބުނީ ހަފްތާއަކު އެންމެ ރެއަކު ނަމަވެސް ރީތިވެލައިގެން ގެއިން ބޭރަށް ދިއުމަށެވެ. ކުޑަ އިރުކޮޅަކު ބޭރުގައި އުޅެލާފައި އެނބުރި ގެއަށް ވަނުމަށެވެ. ދިއަތަނަކާއިމެދު ސުވާލުކުރިނަމަވެސް އަނގައިން ނުބުނުމަށެވެ. ޖަވާބު ނުދިނުމަށެވެ. އަދި ބޭރަށް ނުކުމެލާވަގުތު އެއްވެސް ފިރިހެނަކާ ވާހަކަވެސް ދައްކައިގެން ނުވާނެ ކަމަށާއި ފިރިހެނަކާއިއެކު ހުއްޓިހުރެގެންވެސް ނުވާނެ ކަމަށެވެ. 

މަންމަ ބުނި ގޮތަށް ރީތިވެލައިގެން ބޭރަށްދާން އުޅުނު ފުރަތަމަ ރޭ އެކަން އެނގިގެން ދާތަނަކާއިބެހޭ ގޮތުން ސުވާލުކުރީމާ ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ބުނުން ނޫން ބަހެއް ނުބުނަމެވެ. ގޮސްފައި ބައިގަޑިއެއްހާއިރު ތެރޭގައި އެނބުރި އަތުވެއްޖައީމެވެ. އައުމުން ދިއަތަނަކާބެހޭގޮތުން ސުވާލުކުރީމާވެސް ޖަވާބެއް ނުދެމެވެ. 

އަނެއް ރޭ މަންމަ ފޯނުކޮށްފައި ބުނީ ކޮންމެވެސް މީހަކު އަޅުގަނޑަށް ފޮނުވި ފިނިފެންމާ ބޮނޑިއެއް އެގޭގައި އެބައޮތް ކަމަށެވެ. ގެނެސްދިނީ ފިހާރައަކުން ކަމަށާއި ފޮނުވި މީހަކު ނުއެނގޭކަމަށް ޑެލިވަރީކުރި މިހާ ބުނި ކަމަށެވެ. 

އެއިރު ފިރިމީހާ އަޑުއަހަން ގާތުގައި އިނެވެ. ނަމަވެސް އިތުރު ސުވާލެއް ނުކުރެއެވެ. އިރުކޮޅަކު އިނދެލާފައި ނުކުމެގެން ގޮސް އުޅެލާފައި އައީ މައުބޮނޑިއެއް ހިފައިގެންނެވެ. ހެވިފައި ހުރެގެން އަޅުގަނޑު އަތަށް ދީފައި އަނގައިންވެސް ނުބުނެ ގޮސްވަނީ ކޮޓަރިއަށެވެ. މަންމައަށް ގުޅާލުމުން ބުނީ އެގެއަށް ގޮސް ބެލްޖެހި ކަމަށާއި ފިރިމީހާކަން އެނގުމުން ދޮރު ނުހުޅުވާ ކަމަށެވެ. 

އިރުކޮޅަކުން ފެންވަރައި ރީތިވެލައިގެން އައިސް ގާތުގައި އިށީނދެފައި ބުންނެވެ. "ރޭގައި ދިއަތަންވެސް ވިސްނިއްޖެއެވެ. މިރޭ މަންމަ ކުރި ކޯލުގެ ޙަޤީޤަތްވެސް އެނގިއްޖެއެވެ. މަންމަ މާދަންރޭ ކާން ގެންނާށެވެ! މަންމައަށް ވަރަށް ބޮޑު ހަދިޔާއެއް ދޭން އެބަ ޖެހެއެވެ." 

އިތުރު ސުވާލެއް ނުކުރަމެވެ. ފިރިމީހާ ބުނި ފަދައިން އަނެއްރޭ މަންމަ ގެނައިމެވެ. ކައިނިމިގެން ފިރިމީހާ މަންމައަށް ވަރަށް އަގުބޮޑު ސެންޓުފުޅިއެއް ދީފައި ބުންޏެވެ. "މަންމަ ތިއަ ކޮށްދިނީ ވަރަށް ހެޔޮ ކަމެކެވެ. މަންމަގެ ފަންޑިތަ ވަރަށް ކާމިޔާބެވެ! އަޅުގަނޑަށް ހުރިހާ ކަމެއް ވިސްނިއްޖެއެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގަ ހުރިހާ ކަންކަން ރަނގަޅުކުރާނަމެވެ. ފަޒޫ ބޭނުންވާ ގޮތަށް އުފަލުގައި ފަޒޫ ގެންގުޅޭނަމެވެ. އިން ޝާ ﷲ" 

އެއިގެ ފަހުން 11 އަހަރުވީއެވެ. ފިރިމީހާގެ ލޯތްބާއި އަޅައިލުންވެސް ލިބެއެވެ. ބޭރަށްވެސް ގެންދެއެވެ. ކޮންމެ ހަފްތާއަކު ލިބޭ މައުބޮނޑިވެސް ލިބެއެވެ. ލޯބިވުން ހުރީ ހަމަ ކައިވެނި ނުކޮށް ލޯބިވެގެން އުލުނު ދުވަސްތަކާއިއ އެއްގޮތަށެވެ. 

މިއީ އަޅުގަނޑުގެ ހަޔާތުގެ ކާމިޔާބީގެ ސިއްރެވެ. މިދެންނެވީ އަޅުގަނޑުގެ ޙަޔާތުގެ ކާމިޔާބީގެ ސިއްރަކީ މަންމަ ހެދި "ފަންޑިތަ"އެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި އެފަންޑިތަ ޙިއްޞާކޮށް މިލީ ދަރިން ލިބުނަސް މުސްކުޅިވިޔަސް އަންހެނުންނަކީ ލޯބިބޭނުންވާ ބައެއްކަން ބަޔާންކުރުމަށެވެ. އަނބިމީހާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އެންމެ ކުރިއާއި އެއްގޮތަށް، ބަދަލެއް ނުގެނެސް ލޯބިން ގެންގުޅުންކަމަށް ބުނުމެވެ. 

- ފަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް