އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުހިފެހެއްޓިގެން ގެއިން ބޭރުކޮށްލި އަންހެން ދަރިފުޅު އެންމެ 3 މަސް ތެރޭގަ ހުރިހާ ނަމާދުތަކެއްކޮށް ދުޢާކުރާ ކުއްޖަކަށް ބަދަލުވި ގޮތުގެ ވާހަކަ-

ނުހިފެހެއްޓިގެން ގެއިން ބޭރުކޮށްލި އަންހެން ދަރިފުޅު އެންމެ 3 މަސް ތެރޭގަ ހުރިހާ ނަމާދުތަކެއްކޮށް ދުޢާކުރާ ކުއްޖަކަށް ބަދަލުވި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 5 ސިކުންތު

ބައެއް ބެލެނިވެރިންނަށް ވިސްނިފައި އޮންނަނީ ދަރިން ތަރުބިއްޔަތުކުރެވޭނީ ކުދިންނަށް ކަންކަން ކުރަން މަޖުބޫރުކޮށްގެން ނަމަވެސް ބެލެނިވެރިން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުވައިގެން ކަމަށެވެ. ނަމަވެސް އެއީ އެއްވެސް އުމުރެއްގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހުރިހާ ކަންކަމަށް މަޖުބޫރުކުރުމުގެ ބަދަލުގައި ބައެއް ކަންކަމުގައި ދަރިން ބޭނުންވާ ގޮތަށް ބައެއް ކަންކަމުގައި ދޫދޭންވާނެއެވެ. 

މިބާވަތުގެ ކަމެއް ހިނގައިދިއަ ގޮތުގެ ވާހަކަ ކިޔައިދޭނަމެވެ. ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ! 

އެދެމަފިރިންނަށް ލިބިފައިވަނީ އެންމެ ދަރިއެކެވެ. އެއީ އަންހެން ދަރިއެކެވެ. އެހެންވެ އެދެމަފިރިން އެދަރިފުޅު ތަރުބިއްޔަތުކުރަން މަސައްކަތްކުރީ ވަރަށް ބޮޑަށް ހިފަހައްޓައިގެންނެވެ. ހުރިހާ ކަމަކަށްހެން މަޖުބޫރުކުރުވައިގެންނެވެ. ބޮޑުވެގެން އައިއިރުވެސް އެކުވެރި ކުދިންނާއިއެކު ކުޅެލަންވެސް ގެއިން ބޭރަށް ނުކުތަކަ ނުދެއެވެ. އެކުވެރި އަނހެންކުއްޖަކާއި ވާހަކަދައްކާލަން ބޭރުގައި މަޑުކޮށްލިކަން އެނގުނަސް ރުޅި އާދެއެވެ. 

އެކަމުގެ ނަތީޖާއަކަށްވީ ކުއްޖާ ބޮޑުވަމުން އައިވަރަކަށް މައިންބަފައިން މަތިން ފޫހިވުމެވެ. އެމީހުންނަށް ނަފްރަތުކުރެވުމެވެ. އެމީހުންގެ ކިބައިން ވީއްލެވޭނެ ދުވަހަކަށް އިންތިޒާރުކުރަން ފެށެވުމެވެ. ނަމަވެސް ކުއްޖާ މައިންބަފައިންގެ ކުރިމަތީގައި ބަސް ނުބުނާތީ މައިންބަފައިންނަށް ހީކުރެވިފައި އޮތީ ދަރިފުޅު އެހުންނަނީ އެމީހުން ކުރާހައި އަމުރުތަކަށް ރުހިގެން ކަމަށެވެ. 

ކުއްޖާގެ އުމުރުން 16 އަހަރު ފުރުނުތަނުން މައިންބަފައިންނާއި ދެކޮޅަށް ބަސްބުނަން ފަށައިފިއެވެ. އެކުވެރިކުދިންނާއިއެކު ބޭރުގައި އުޅެން ފަށައިފިއެވެ. މުސްލިމުންގެ ޘަޤާފަތާއި ނުގުޅޭ ކަންކަމުގައި ބައިވެރިވާން ފަށައިފިއެވެ. ކުއްޖާގެ ކޮންޓްރޯލް މައިންބަފައިންނަށް ގެއްލިއްޖެއެވެ. 

18 އަހަރުވެސް ނުވަނީސް ކުރިމަތިލާންޖެހުނީ ލިބުނު އެންމެ ބޮޑު ހިތްދަތިކަމާއިއެވެ. އެންމެ ބޮޑު ލަދުވެތިކަމާއިއެވެ. އެއީ ނަޙަލާލަށް ބަލިވެއިނުމެވެ. އެކަން އެނގުމާއިއެކު ދެމަފިރިންގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. ދާނެ ތަނަކަށްދާން ބުނެ ގެއިންވެސް ނެރެލިއެވެ. 

ދަރިފުޅު ދާނީ ވަކިން ކޮންތަނަކަށް ހެއްޔެވެ؟ ނުބައި ބައެއްގެ އަތްމައްޗަށް ހެއްޔެވެ؟ ކޮންމެއަކަސް އެކަން މެދުވެރިވުމުން ކުއްޖާހުރީ ވަރަށް ދެރަވެފައެވެ. އަގުވެއްޓި ފަޟީޙަތްވީތީ ލަދުވެސް ގެންފައެވެ. ބޯއިފްރެންޑުންނަކީ މަކަރުވެރިބައެއްކަންވެސް ވިސްނިފައެވެ. ކުއްޖާ ގުޅީ އެބާވަތުގެ ކަންކަމުގައި އެންމެ ހެޔޮ ނަޞޭޙަތްދޭ އަދި އެހީތެރިވެދޭނެކަން ޔަޤީންކުރެވޭ އެކުވެރިޔާއަށެވެ. ގުޅުމުން އެގެއަށް ދާން ބުނެފިއެވެ. 

އެކުވެރިޔާގެ މައިންބަފައިންނަކީ ވަރަށް ތަޤްވާވެރި ދެމަފިރިންނެވެ. އެހެންކަމުން މާގިނަ ސުވާލުތަކެއް ނުކުރެއެވެ. ދަރިފުޅާއިއއެކު އެއްކޮޓަރީގައި ބަހައްޓައިދީފިއެވެ. އަދި އޭނާއަށް ރަނގަޅުވާނެ ގޮތް ވިސްނައިދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެއެވެ. ވަކިކަމެއް ވަކިގޮތަކަށް ކުރަން މަޖުބޫރެއް ނުކުރެއެވެ. ނަމަވެސް ފަރުޟު 5 ނަމާދުކުރަން ބުންޏެވެ. އަދި ސުންނަތް ނަމާދުތައްކޮށް ތައުބާވެ ފާފަފުއްސެވުން އެދި ދުޢާކުރަންވެސް ބުންޏެވެ.

އެމީހުންގެ ދަރިފުޅަކީ ބަރާބަރަށް ނަމާދުކުރާ އަދި ސުންނަތް ނަމާދުތައްވެސް ކުރާ ކުއްޖެކެވެ. ނަތީޖާއަކަށްވީ އޭނާއަށްވެސް އެކަމުގެ އާދަހިފުމެވެ. އެކުވެރިޔާފަދަ އަންހެނަކަށް ބަދަލުވުމެވެ.

އޭނާ ގެއިން ބޭރުކޮށްލައިގެން ދެމަފިރިންނަށް ކެތެއް ނުކުރެވުނެވެ. އެންމެފަހުން އޭނމާ ހޯދަން ދެމަފިރިން އެގެއަށް ހިނގައްޖެއެވެ. ދިއުމުން ދެމީހުން ގެންގޮސް ދަރިފުޅު އުޅޭ ކޮޓަރީގެ ދޮރު ހުޅުވިއިރު ދަރިފުޅު އިނީ ނަމާދުކޮށްގެން ދުޢާކުރާށެވެ! ދެމަފިރިންނަށް ލިބުނު އުފާވެރިކަން ބޮޑުކަމުން ދެމަފިރިންނަށް އެކުގައިހެން ރޮވުނެވެ. 

ދެމަފިރިންނަށް ކިޔައިދިނެވެ. "އަހަރެމެން އޭނާއަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރަމެވެ. ރަނގަޅު ގޮތް ވިސްނައިދިނީމެވެ. ރައްޓެހިންނާ ބައްދަލުކުރަންވެސް ހުރަހެއް ނާޅަމެވެ. ފޯނުން ވާހަކަ ދައްކާކަށްވެސް ހުރަހެއް ނާޅަމެވެ. ބޭރަށް ދިއުންވެސް މަނައެއް ނުކުރަމެވެ. ނަމަވެސް ކޮންމެ ކަމެއް ކުރަންވެސް އިންތަކެއް ކަނޑައެޅީމެވެ. ދެން އަހަރެމެންގެ ދަރިފުޅު އޭނާއަށް ދައްކައިދިނީ ނަމޫނާއެވެ."

އެދެމަފިރިން އެގޭގެ ދެމަފިރިންނަށާއި ދަރިފުޅުގެ އެކުވެރިޔާއަށް ވަރަށް ބޮޑަސް ޝުކުރުއަދާކޮށްފައި ދަރިފުޅު ގޮވައިގެން ދިއައީއެވެ. ހުރިހާ މައްސަލަތަކެއް ޙައްލުވީއެވެ. 

މީސްތަކުންނޭވެ! ފަށަމުން ބުނިފަދައިން ހުރިހާ އުމުރެއްގައި ހުރިހާ ކަންކަމަށް ހުރަސްނާޅާށެވެ! ޢުމުރާއި އެއްގޮތަށް ލުއިތައް ދޭށެވެ! އަދި ކަންކަން ވިސްނައިދޭށެވެ! މައިންބަފައިންނަކީ ދަރިންގެ އެންމެ ގާތް އެކުވެރިން ކަމުގައިވެސްވާށެވެ! ދަރިން ތަރުބިއްޔަތު ކުރުމުގެ ތަޅުދަނޑިއަކީ ދަރިންނާއި ގުޅުން ބަދަހިކުރެވުނު ވަރެކެވެ. 

އަނެން ދަރިންގެ ޢިއްފަތެރިކަން ޙިމާޔަތްކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. ނަމަވެސް ދިމާވާ ގޮތަކުން ދެރަގޮތެއް ދިމާވިނަމަވެސް ބާކީކޮށް އެއްލައިނުލާށެވެ! އެއިރުން ލިބޭ ގެއްލުން އަނބުރާ ފޫނުބެއްދިދިއުމަކީ ވަރަށް ގިނައިން ދިމާވަމުން އަންނަ ކަމެކެވެ. ލޯބިވެރިޔާ އާއިއެކުވެސް ޒިނޭކުރުމެއް ނެތެވެ. އެއީ އެންމެ ބޮޑު އެއްފާފައެވެ. އެކަމަކަށް އެއްވެސް ޝައްކެއް ނެތެވެ! 

ނަމަވެސް ޝައިޠޯނާގެ ބަހަށް ހެއްލެވި ލޯބިވެރިޔާ އާއިއެކު ޒިނޭކުރެވުނު ކުއްޖާ އާއިމެދު މައިންބަފައިންނަށް ޢަމަލުކުރެވޭ ގޮތަކުން އެދަރިފުލަކީ ގިނަ މީހުންނާއިއެކު ގިނައިން ޒިނޭކުރާ ކުއްޖަކަށްވެ ދިރިއުޅެން ކުރާ މަސައްކަތަކީ އެއީ ކަމަށް ބަދަލުވެއްޖެނަމަ ނުވެނުދާނެ ގޮތް ހިތްމައްޗަށް ގެންނާށެވެ! މިކިޔައިދިން ވާހަކައިގައި އެފަދަ ދެރަގޮތެއް އެކުއްޖާއަށް ދިމާނުވެ ސަލާމަތް އެވެވުނީ ހަމަ ކިރިޔާއެވެ! 

ވީމާ މިކަންކަމަކީ މައިންބަފައިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް