އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާ ކައިވެނިކޮށްގެންހުރެވެސް އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާއަށް ބަލިވެއިންނަން ލަދު ނުގަންނަ އެކުވެރިން- ކޮންކަހަލަ އެކުވެރިންނެއް؟

ތިމާ ކައިވެނިކޮށްގެންހުރެވެސް އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާއަށް ބަލިވެއިންނަން ލަދު ނުގަންނަ އެކުވެރިން- ކޮންކަހަލަ އެކުވެރިންނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

ޝީލާ އާއި އަނާއަކީ ސްކޫލުގައިވެސް ޔުނިގައިވެސް ވަރަށް އެކުގައި އުޅުނު ދެ އެކުވެރިންނެވެ. ދެމީހުން ކައިވެނިކުރީވެސް ދާދިއެކުއެކުގައެވެ. ކައިވެންޏަށް ދެވަނަ އަހަރު އަނާއަށް ދަރިއަކު ލިބިއްޖެއެވެ. އެކަންވީ ޝީލާއަށް ލިބުނު ޙައިރާންކަމަކަށެވެ. ސަބަބަކީ އޭނާގެ ފިރިމީހާއަކީ ފަނިމަރުވެފައިވާ މީހެއްކަމަށް ޓެސްޓްތަކުން ދެއްކުމުން އެކަމާއި ދެރަވެ އެކަން ޙިއްބާކޮށްފައި އޮތުމުންނެވެ. ކޮނަމެއަކަސް ދަރިން ދެއްވެވެވުމާއި ނުދެއްވެވުން ވަނީ ވަކި ފަރާތަކަށް ޚާއްޞަވެގެންކަން ޝީލާއަށް ޤަބޫލުކުރެވޭތީ އިތުރަށް ސުވާލެއް ނުކުރެއެވެ. 

ޝީލާ ދެރަވަނީ ޝީލާގެ ފިރިމީހާ ދަރިއަކު ހޯދަން ބޭނުން ނުވާތީއެވެ! ޝީލާ ދަރިއަކަށް ބޭނުންވެއެވެ. ނަމަވެސް ފިރިމީހާ ބުނަނީ އަދި އޭނާ އެކަމަށް ތައްޔާރުނުވާ ކަމަށެވެ. 

އަނާއަށް ލިބުނު ދަރިފުޅަށް 3 އަހަރުގައި އެކްސިޑެންޓެއްވެފައި އޭނާ ނިޔާވެއްޖެއެވެ. އަނާ ނިޔާވުމުން އަނާގެ ފިރިމީހާ އޭނާގެ ދަރިފުޅު ބަލައިދިނުމަށް ޝީލާގެ ކިބައިން އެދުނެވެ. ޝީލާ އުފަލާއިއެކު އެކަން ޤަބޫލުކުރިއެވެ. 

ކުއްޖާގެ އުމުރުން 7 އަހަރުގައި ޖެހުނު ބައްޔަކާއި ގުޅިގެން ވަރަށް ގިނަ ޓެސްޓްތަކެއް ހަދަން ޖެހުނެވެ. ދަރިފުޅާއި ބައްޕަގެ ޑީއެންއޭ ދިމާނުވާކަން އެނގުމުން ޝީލާއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އަނާއަކީ އެފަދަ ކަމެއް ކޮށްފާނެ އަންހެނެއް ހެއްޔެވެ؟ އެކަން ޝީލާއަކަށް ޤަބޫލެއް ނުކުރެވުނެވެ. 

ކޮންމެއަކަސް އެކި ގޮތްގޮތަށް ވިސްނަމުން ގޮސް ކުރި ޓެސްޓްތަކުން އެނގުނީ ކުއްޖާގެ ބައްޕައަކީ ޝީލާގެ ފިރިމީހާކަމެވެ. ދެން ކުރާނީ ކީއްހެއްޔެވެ؟ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަނާގެ ފިރިމީހާ ދަރިފުޅުދެކެ ލޯބިން މޮޔަވަނީއެވެ. އެކަން އަންގައިފިނަމަ އޭނާ ދުނިޔެއިން މޮޔަވެސް ވެދާނެތީ ބިރުގަނެއެވެ. 

ކޮންމެއަކަސް ފިރިމީހާގެ ކުށަށް އިއުތިރާފްވުމުން ޝީލާއަށް އިތުރަށް ފިރިމީހާ ބަލައެއް ނުގަނެވުނެވެ. ވަރިވީއެވެ. ނަމަވެސް އެކުވެރިޔާ، އަނާ ވިހެއި ދަރިއަކަށްވެފައި އަނާ ދުނިޔޭގައި ނެތުމުން ދަރިފުޅު ބަލައިދިނެވެ. އަދި އެކަމުގެ ތެރެއިން އުފެދުނު ގުޅުމުގައި އަނާގެ ފިރިމީހާ އާއި ކައިވެނިވެސް ކުރިއެވެ. އެދެމީހުން ޙަޔާތް ވޭތިކުރީ ވަރަށް އުފަލުގައެވެ. ޝީލާ އެބޮޑު ސިއްރު ހަމަ ބޮޑު ސިއްރުގެ ގޮތުގައި ބޭއްވީއެވެ.

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއީ ދުނިޔޭގެ ކޮންމެވެސް ޤައުމެއްގައި ހިނގާފައިވާ ކަމެއް ނަމަވެސް ޚުދު އަޅުގަނޑުމެންގެ ތެރެގައި ވެސް މިފަދަ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. ރާއްޖޭގައިވެސް މިފަދަ ކަންކަން މެދުވެރިވަމުން ދަނީ މަދަކުން ނޫނެވެ. މާމާތް އަބުރުވެރި ބައަކަށް ހެދިގެން ތިބެ ކަންކަން ސިއްރުކުރަނީއެވެ. 

މިހައި ޔަޤީންކަމާއިއެކު ބުނަން މިކެރެނީ އަޅުގަނޑުގެ ކޮއްކޮގެ ފުރަތަމަ ކައިވެނިވެސް ރޫޅާލަން ޖެހުނީ ހަމަ މިފަދަ މައްސަލައެއްގައެވެ. ކޮއްކޮގެ އެްމެ ގާތް އެކުވެރިޔާ ކޮއްކޮގެ ފިރިމީހާއަށް ބަލިވެ އިނުމުންނެވެ. އެއީވެސް ހަމަ ކައިވެނިކޮށްގެން ހުރި އަންހެނެކެވެ! 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދުނިޔެމަތީގައި ސިއްރުކުރެވިދާނެއެވެ. ނަމަވެސް މިއީ ދުވަހެއް ނޫނެވެ. ދުވަސް އޮތީ ކުރިއަށެވެ. މިވަރުން ފުއްދައިލާނަމެވެ! 

- ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް