އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަހީދުންގެ ދުވަސް! އެއްވެސް ޤައުމީ ބަޠޮލަކަށް ރާއްޖޭގެ މިއަދުގެ ޙާލަތު އެނގިވަޑައިގެންފިނަމަ އަވަސްވެވަޑައިގަންނަވާނީ ޖިހާދަށް!

ޝަހީދުންގެ ދުވަސް! އެއްވެސް ޤައުމީ ބަޠޮލަކަށް ރާއްޖޭގެ މިއަދުގެ ޙާލަތު އެނގިވަޑައިގެންފިނަމަ އަވަސްވެވަޑައިގަންނަވާނީ ޖިހާދަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ޝައހީދުންގެ ދުވަހުގެ ވާހަކަތައް އެކިދިމާތަކުން އެބަ އަޑު އިވެއެވެ. ކުރާ ޓްވީޓްތައްވެސް ފެނެއެވެ. ފުރަތަމަ ސުވާލަކީ ވެސް ރާއްޖޭގައި ބޭރު ޤައުމުތަކުގެ ސިފައިން ބަނޑަހަ ޖައްސުވައިގެން ތިބެ ޢަލިރަސްގެފާނު ކުރެވި ޖިހާދާއި ދޮންބަންޑާރައިން ކުރެއްވި ޖިހާދުގެ ވާހަކަ ދައްކަން ލަދުވެސް ނުގަންނަނީ ހެއްޔެވެ؟ 

ހޮޅިންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވި ދޮންބަންޑާރައިން ހަތިޔާރާއެކު ނުކުމެވަޑައިގެން ކުރެއްވި ޖިހާދާއި ވޯރާއިންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވަން ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ހަތިޔާރާ ނުލައި ކުރެއްވި "ޖިހާދާ" ދެ ޖިހާދު އެބައަކަށް ނިޞްބަތްވާ ޤައުމުގެ އަސްކަރިއްޔާއިން ރާއްޖޭގައި މިހާރުވަނީ ބަނޑަހަ ޖަހައިފައެވެ. ދުލުން މިނިވްނަކަމޭ ކިޔަމުން ދަރަނިވެރިވެ އަޅުވެތިވަމުން މިދަނީ ހަމަ އެ ޤައުމަށެވެ. 

ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ބޭރު މީހުން ރާއްޖޭގައި ވިޔަފާރިކުރަން ދިން ހުއްދައާއި ޚިލާފަށް ޖަނގިޔާއެއް ވިއްކުމުން މަހޫބާނީ ރާއްޖޭގެ ހިންގި ބޮޑުވިޔަފާރި "ގޯލްޑްހިލް" ބަންދުކޮށް އެދުވަހު ރާއްޖެއިން ފުރުވާލެވުނެވެ. މިއަދު ހަމަ އެ ޤައުމުގެ އެތައް ވިޔަފާރިއެއް ރާއްޖޭގައި ކުރަނީ ކޮން ޤަވާއިފަކުންތޯއެވެ؟ އުނގުވިޔަފާރިކުރަނީ ކޮންތަނަކުން ދިން ހުއްދައަކަށްތޯއެވެ؟ އެއްވެސް ފިޔަވަޅެއް ނުއެޅި އަޅުވެތިވެވެފައި ދައުލަތް މިއޮތީ ކީއްވެގެންތޯއެވެ؟

ޝަހީދުންގެ ދުވަހުގެ ވާހަކަދައްކާއިރު ހަމައެކަނި ޛިކުރާ އައުކުރުމަކުން ނުފުދޭނެއެވެ! ރާއްޖޭގެ މިނިވަންކަން ޙިމާޔަތްކުރަން ޤައުމީ ބަޠޮލުން ކުރެއްވެވި މަތިވެރި ޖިހާދު ކުރަންވެސް އެބަޖެހެއެވެ. ތާރީޚީ ފޮތްތަކުން ފެންނަންހުރި އެއްވެސް ޤައުމީ ބަޠޮލަކަށް ރާއްޖޭގެ މިއަދުގެ ޙާލަތު އެނގިވަޑައިގެންފިނަމަ އަވަސްވެވަޑައިގަންނަވާނީ އަލުން ޖިހާދުކުރައްވަންކަން ޤަބޫލުކުރަން އެބަޖެހެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް