އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދަރިއަކު ނުލިބިގެން ފަންޑިތަހެދުމުން ލިބުނު ދަރިފުޅުގެ ޑީއެންއޭ ބައްޕައަކާ ދިމައެއް ނުވި!

ޙަޤީޤީ ޙާދިސާ: ދަރިއަކު ނުލިބިގެން ފަންޑިތަހެދުމުން ލިބުނު ދަރިފުޅުގެ ޑީއެންއޭ ބައްޕައަކާ ދިމައެއް ނުވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 14 ސިކުންތު

އަޅުގަނޑުމެން ދެމަފިރިންނަކީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. ހަމައެކަނި މައްސަލައަކަށްވެފައި އޮތީ ދަރިއަކު ނުލިބޭ ކަމެވެ. ދަރިއަކު ލިބޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ދިއައީ ކުރަމުންނެވެ. 

އެހެން އުޅޭތާ 7 އަހަރު ބައްދަލުވި މީހަކު ބުނެގެން ފަންޑިތަހަދާ މީހެއްގެ ގާތަށް ދިއައިމެވެ. އޭނާ އެކުރާކަމެއް ކުރަންފެށިތަނާ ރަސްމީ ދަތުރެއްގައި ފުރަންޖެހިގެން އަޅުގަނޑު ފުރީއެވެ. 

އެފަންޑިތައެއް ހެދިތަނުން ބަލިވެ އިނދެއްޖެއެވެ. ދުވަސްފުރައި ވިހައިފިއެވެ. ވަރަށް އުފާވިއެވެ. ނަމަވެސް ކުއްޖާ ފެނުނު ވަގުތުވެސް ހިތަށް ގޮތްތަކެއްވިއެވެ. އުނދަގޫތަކެއްވިއެވެ. ޙަޤީޤަތަށްބުނާނަމަ ހިތުގައި ނުބައިޒާތުގެ ޝައްކުތަކެއް އުފެދުނެވެ. ކީއްވެގެންކަން ބުނާކަށް ނުއެނގެއެވެ. 

އެޝައްކުތައް ދިއައީ ބޮޑުވެ އިތުރުވަމުންނެވެ. އެދުވަސްވަރު ރާއްޖެއިން ޑީއެންއޭ ޓެސްޓްތަކެއް ނުހެދެއެވެ. އެހެންވެ ބޭސްފަރުވާއަކަށް ބެންކޮކަށް ދިއަ ދަތުރެއްގައި އަނބިމީހާއަށް ސިއްރުން ޓެސްޓްހެދިއިރު ދަރިފުޅުގެ ޑިއެންއޭއަކާ އަޅުގަނޑުގެ ޑިއެންއޭ އަކާއި ދިމައެއް ނުވިއެވެ. 

އަނބިމީހާ ގާތު ވަރަށް ލޯބިން ސުވާލުކޮށް ކަންކަން އޮޅުންފިލުވަން މަސައްކަތްކުރީމެވެ. އަނބިމީހާ ބުނީ އެކުރި ކަމެއް ކުރުމުގެ ތެރޭގައި 3 ރޭ އޭނާ ކަނުބަން ކަމަށެވެ. "ފުރަތަމަ ބުނީ ހަރުވާޅާ ޖަނގިޔާ ބާލައި ގައިމަތީގާ ފޮތިގަނޑެއް އަޅައިގެން އޮންނަން. އެކަންކުރާވަގުތު އޭނާ އެތަނުން ބޭރަށް ނުކުމޭ. ފަހުން ވަންނަނީ ވަދެ ކިޔަވަން ފަށާތަނުން ޖިންނި އަންނަނީ. ޖިންނި އައިސް އެކަންކުރަނީ. އެގޮތަށް 3 ރޭ ކަންތައް ކުރި. ޖިންނި ފެނިއްޖިއްޔާ ކެތްނުކުރެވިދާނެތީ ދެލޯމަތީގަ ފޮތިގަނޑެއް އަޅައި އެއިގެމަތިން ފޮތިގަނޑެއް އައްސައި ކަނުބަނދެފަ ކިޔަވަން ފަށަނީވެސް. އެމީހާ ބުނީ އެއީ އަހަރެންނަށް ސިހުރުހަދައި ކާންދީފައި ހުރި ސިހުރުގެ އެއްޗެއް ޖިންނި އައިސް ރަޙިމުން ނެރެން ކުރާކަމެއްކަމަށް. އެންމެ މިނިޓެއްހައި އިރަށްވުރެވެސް ކުޑައިރުކޮޅަކު އެކަމެއް ކުރަނީ. އަނެއްކާ އެކަންކުރާ ވަގުތުވެސް ކިޔަވާ ޒާތުގެ އަޑުވެސް އިވޭ. އެހެންވެ ނުބައި ގޮތަކަށް ޝައްކުނުކުރެވުނީވެސް. އެހެންވެ އެވާހަކަތައް ކިޔައިނުދެވި އޮތީވެސް. ނަމަވެސް ކިޔައިނުދެވި އޮތީތީ އެކަމަށް މާފަށް އެދެން." 

އަނބިމީހާގެ ވާހަކަތަކުން ކަންކަންވީގޮތް އޮޅުންފިލިއެވެ. އަދި އަނބިމީހާ ބުނީ މާލެ އައިސް އަޅުގަނޑު ދަންނަ ވަރަށް "ކެރޭ" މީހަކަށް އެވާހަކަތައް ކިޔައިދިނީމެވެ. އޭނާ ސިހުރެއް ހައްދަން ކަމަށް ހެދިގެން އެމީހާ ގާތަށް ގޮސް އެކުރިކަމެއްކުރުމުން ދަރިން ނުލިބިގެން އަންނަ މީހުންނާއި އޭނާ ޖިމާޢުވާކަމަށް އެއްބަސްވިއެވެ. އަދި އަނބިމީހާ ކިޔައިދިން ވާހަކަތަކާއި އޭނާގެ ޙާލަތާ ދިމާވާކަންވެސް އެނގުނެވެ. 

މާލެ އާދެވުމާއިއެކު ދީނީ ޢިލްމުވެރިންގެ ލަފާވެސް ހޯދީމެވެ. އެމީހުން ބުނި ގޮތަށް ކަންކަންވެސް ކުރީމެވެ. އަޅުގަނޑު އެމައްސަލަވެސް ހުށަހެޅީމެވެ. ނަމަވެސް މައްސަލަ ބެލޭނެ ގޮތެއް ނުވިއެވެ. އޭނާ ތަޙްޤީޤުގައި ދޮގުހެދީއެވެ. އޭނާ ބުނީ އަޅުގަނޑުގެ އެކުވެރިޔާވެސް އެހަދަނީ ދޮގުކަމަށެވެ. ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާކަމަށެވެ. ބޭރަށް ފޮނުވައިގެން ޑީއެންއޭ ޓެސްޓްކޮށްދިނުމަށް އެދުމުން އެކަމެއްވެސް ނުކުރިއެވެ. ނަމަވެސް އޭނާގެ އަނބިމީހާގެ ބަހުން ކުރިއަށް ދެވޭނެ ކޮޅުތައް ފެނުނެވެ. ނަމަވެސް ތަޙްޤީޤްކުރި މީހުންނަށް އޭނާ ސިހުރެއް ހަދައިފާނެކަމުގެ ބިރަށް މައްސަލަ ކުރިއަށް ނުގެންދިއައީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ މީގެ އަހަރުތަކެއް ކުރީގެ ވާހަކައެކެވެ. މިވާހަކަ މިކިޔައިދިނީ މިފަދަ ތަހުޒީބީ ޒަމާނުގައި މިހާރުވެސް މިބާވަތުގެ ސިހުރުހަދާ މީހުންގެ ބަސް ޤަބޫލުކުރާ މީހުން އުޅޭކަން ފާހަގަ ކުރެވޭތީއެވެ. އަނބިމީހާ އެކަނި އެފަދަ މީހަކާ ޙަވާލުކުރަން ހެޔޮނުވާނެއެވެ. އެއްވެސް ކަމެއް ކުރާނީ ކާކުކަން ނުވަތަ ނުކުރާނީ ކާކުކަން ނުއެނގޭނެތީއެވެ. 

އޭނާ ފުރުޞަތުގެ ބޭނުން އެ ހިފީ އަޅުގަނޑު ފުރިކަން އެނގުމުންނެވެ. އަޅުގަނޑުމެންގެ ހޭލުންތެރިކަން އެއިރު ނެތުމުން އެކަނި އަނބިމީހާދާންފެށުމުންނެވެ. 

ކަންދިމާވިގޮތުން އެދަރިފުޅަށް 5 އަހަރުގައި ޑެންގޫ ޖެހިފައި ނިޔާވީއެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް 15 އަހަރުވީފަހުން 2 ދަރިންވެސް ލިބުނެވެ. އެމީހަކުކުރި ނުބައިކަމެއް އެމީހަކަށެވެ. އަޅުގަނޑުމެންގެ ބޭނުން ވަގުތު ޖެހުމުން ޙާޞިލްވިއެވެ. އިރާދަކުރެއްވީތީ ދެމަފިރިންގެ ދިރިއުޅުމަކީ ފެށުނީންސުރެވެސް ވަރަށް އުފާވެރި ދިރިއުޅުމެކެވެ. 

- ފާރޫޤް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް