އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ ބަލިވެއިނުމުން ދަރިވައްޓާލަ ނުދިނީމަ އަނބިމީހާ ބަންދުކޮށް ގޭގަ އަމިއްލައަށް ވިއްސާފަ ދަރި ގެންގޮސް ޑޮކްޓަރަށް ދިން މީހެއްގެ ވާހަކަ-

އަނބިމީހާ ބަލިވެއިނުމުން ދަރިވައްޓާލަ ނުދިނީމަ އަނބިމީހާ ބަންދުކޮށް ގޭގަ އަމިއްލައަށް ވިއްސާފަ ދަރި ގެންގޮސް ޑޮކްޓަރަށް ދިން މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

އަހަރެންނަކީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެކެވެ. އެމަސައްކަތް އަހަރެން ކުރާތާ 6 ވަނަ އަހަރު ވަރަށް އާދައާ ޚިލާފް ކަމެއް ކުރިމަތިވިއެވެ. އަނބިމީހާ ބަލިވެއިނދެގެން އައި ޒުވާން ދެމަފިރިންނެވެ. އާދައިގެމަތިން ބަލާފައި ދޭންޖެހޭ ނަޞޭޙަތްތައް ދިނުމުން އަޑުއަހަން އިނދެފައި ފިރިމީހާ ބުނީ މިއައީ ނަޞޭޙަތް އަޑު އަހަން ނޫން ކަމަށާއި ދަރިއަކު ބޭނުން ނުވާތީ ދަރިފުޅު ވައްޓާލަން ބޭނުންވެގެން ކަމަށެވެ. ނަމަވެސް އެކަމަށް އަނބިމީހާ ހަމަ އެވަގުތު އިންކާރުކުރިއެވެ.

އެއިރު އަދި ބަނޑަށް 40 ދުވަހެވެ. އެހެންކަމާއިއެކުވެސް ވައްތާލަންޖެހޭ ފަދަ ޞިއްޙީ ސަބަބެއް ނެތި، ޚާއްޞަކޮށް އަނބިމީހާ އިންކާރުކުރަނިކޮށް ދަރިފުޅު ވައްޓާލައި ނުދެވޭނެ ކަމަށް ބުނުމުން ފިރިމީހާ ބުނީ އެހެންވީމާ ވިހޭމަ ދަރިފުޅާ ޙަވާލުވާން ތައްޔާރުވެގެން ޑޮކްޓަރު ހުރުމަށެވެ. އެހެން ބުނެފައި ނުކުމެގެންދިއައީ އެވެ. 

އެއީ ޙަޔާތުގައި އެހައިތަނަށް ދިމާނުވާފަދަ ކަމަކަށްވާތީ ވަރަށް ކަންބޮޑުވިއެވެ. އަދި އަނބިމީހާއަށް ދެރައެއް ދީފާނެ ކަމުގެ ބިރަށް ފުލުހުންނަށްވެސް އެކަން އެންގީމެވެ. ނަމަވެސް ފުލުހުންނަކަށް އެދެމަފިރިންނެއް ނުހޯދުނެވެ. 

އެއިގެފަހުންވެސް ކޮންމެރެއަކުހެން އެ އަންހެން މީހާ އާއިމެދު ވިސްނައިލެވެއެވެ. އޭނާގެ ޙާލަކީ ކޮބައިބާވައެވެ. ފިރިމީހާ ކަންކަން ކުރާނީ ކިހިނަކުންބާވައެވެ! މިފަދަ ޚިޔާލުތަކެއްގައި އުޅެނިކޮށް އެއްރޭ ދަންވަރު ގޭކައިރިން ކުޑަކުއްޖަކު ރޯއަޑު އިވެން ފަށައިފިއެވެ. ފިރިމީހާ އަވަސް އަވަހަށް ބޭރަށް ނުކުމެ ބެލިއިރު ކުޑަކުއްޖަކު ބާއްވާފައި އޮތެވެ. ކައިތީގައި ނޯޓެއް ބާއްވާފައި އޮތެވެ. "ދަރިފުޅު މިއޮތީއެވެ! ކަލޭ ބަލާށެވެ!"  

ފިރިމީހާ ފުލުހުންނަށް ގުޅުމުން އައިސް ސެކިޔުރިޓީ ކެމެރާތަކުގެ ބޭނުންކޮށްގެން އެމީހާ އައި ކާރުގެ ނަންބަރު ހޯދައި އޭނާ ހޯދިއެވެ. އެމީހާވީ ހަމަ އަހަރެން ހީކުރިފަދައިން ދަރިފުޅު ބޭނުންނުވެގެން ވައްޓާލަން ހޮސްޕިޓަލަށް ދިއަ މީހާއަށެވެ. 

އަންހެންމީހާ ފުލުހުންނަށް ކިޔައިދިނެވެ. "އެދުވަހު ހޮސްޕިޓަލުން އައިގޮތަށް އަހަރެން ބެހެއްޓީ ގޭގައި ބަންދުކޮށްފައެވެ. ފޯނެއްވެސް އަތަކަށް ނުދެއެވެ. ވިއްސީވެސް ފިރިމީހާއެވެ. ވިއްސާފައި ކުއްޖާ ގޮވައިގެން ނުކުމެގެންދިއައީއެވެ." 

މައްސަލަ ކޯޓަށް ހުށަހެޅުމުން ދިގުމުއްދަތަކަށް ފިރިމީހާ ޖަލަށްލާން ޙުކުމްކުރަމުން ފަނޑިޔާރު ބުންޏެވެ. "ކަލޭކަހަލަ އަނިޔާވެރިން ވީއްލިފައި ތިބެގެން ނުވާނެއެވެ. ތިބެންޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ." 

އަންހެން މީހާ އާއި ދަރިފުޅަށް އެހީތެރިވެދީ ބެލެހެއްޓީ ޑޮކްތަރުގެ ދެމަފިރިންނެވެ.   

މިވާހަކަ ކިޔާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވުމުން ކަންކަން ފަޅާއަރާނެތީ ސީދާ ވާހަކައިގައި އެބުނާގޮތަށް ކަންކަން ނުކުރެވުނު ނަމަވެސް ދަރިން ބޭނުން ނުވެގެން ކުރާ ނުރަނގަޅު ކަންކަމުގެ މައްސަލަތައް މަދުމަދުން ނަމަވެސް ފެންމަތިވެއެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް ވިސްނަން ވަރަށް މުހިންމު ކަމެކެވެ. ބަލިވެ އިނުމުން އެކަން ކުރަން ޝަރުޠުހަމަވާ ގޮތަސް ކަންކަން މެދުވެރިވެގެން ނޫނީ ދަރިއަކު ވައްޓާލަން ހެޔޮނުވާނެއެވެ.

ނަމަވެސް އިންޑިއާއިން 60 ރުފިޔާއަށް ލިބޭ ދަރިވައްޓަން ބޭނުންކުރާ ބޭސްގުޅައެއް ރާއްޖޭގައި 2000 ރުފިޔާއަށްވެސް ގަންނަން ނުލިބިގެން އުޅޭވާހަކައަކީ ޢާންމު ވާހަކައެކެވެ. ބޭސްކައިގެން ދަރިވެއްޓުމަކީވެސް ހަމަ ދަރިވެއްޓުމެވެ. އެޞޯޝަން ނުވަތަ ޑީއެންސީ ހަދައިގެން ދަރިވެއްޓުމަކީވެސް ހަމަ ދަރިވެއްޓުމެވެ. ކުރެވެނީ ހަމައެއްކަމެކެވެ. 

ވީމާ ﷲ ދެއްވަވާނެ ޢަޛާބަށް ވިސްނައިލަމާތޯއެވެ! އަޅުގަނޑުގެ މިބަސްކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ. 

- ޝިޢުނާ / މިއަުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް