އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތަނަވަސް ބައްޕައެއްގެ އަންހެންދަރިފުޅު ފަޤީރަކަށް ހެދިގެން ފަޤީރަކާ ކައިވެނިކުރުމުން ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ތަނަވަސް ބައްޕައެއްގެ އަންހެންދަރިފުޅު ފަޤީރަކަށް ހެދިގެން ފަޤީރަކާ ކައިވެނިކުރުމުން ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

އަހަރެންނަކީ ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ވަރަށް ގިނަ ފިރިހެނުން އަހަރެންގެ ކައިވެންޏަށް އެދިގެން އައުދެއެވެ. ތަނަވަސް މީހުން އެމީހުންގެ ދަރިންނާއި ކައިވެނިކުރުވަންވެގެން ބައްޕަމެންނާއި މަޝްވަރާކުރެއެވެ. ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް އަހަރެން ޤަބޫލެއް ނުކުރަމެވެ. 

އަހަރެން ވިސްނަމުން ދިއައީ އަހަރެންގެ ބައްޕައަކީ ތަނަވަސް މީހެއްކަން ނުއެނގި އަހަރެންދެކެ ލޯބިވާނެ މީހަކު ހޯދައިގެން ކައިވެނިކުރުމަށެވެ. އެކަމަށް ވިސްނަމުން ދިއަ ދުވަސްވަރު ވަރަށް ފަޤީރު އެކުވެރިން ކޮޅެއް ހޯދީމެވެ. އަދި އެމީހުންނަށްވެސް އަހުރެންގެ ޙަޤީޤަތް ސިއްރުކުރީމެވެ. އަހުރެން އެމީހުންނާއިއެކު އުޅެމުން ދިއައީ އެމީހުންނާއި އެއް ފެންވަރުގެ އަނހެނަކަށް ހެދިގެންނެވެ. އެކުދިންނާއިއެކު ކޮފީއަކަސް ދިއަ ނަމަވެސް ގެންދަނީ ކުދި ނޫޓެވެ. ބޮޑެތި ނުވެސް ގެންގުޅެމެވެ. އަތުގައި ކޭޝްކާޑު ހުންކަމެއްވެސް ނުއަންގަމެވެ.

ކޮންމެއަކަސް އެގޮތަށް އުޅެނިކޮށް ބައްދަލުވި ޒުވާނަކަށް އަޅުގަނޑު ކަމު ހިނގައްޖެއެވެ. އަޅުގަނޑަށް ލޯބި ހުށަހަޅައި ކައިވެނިކުރަންވެސް އެދިއްޖެއެވެ. އެޒުވާނާއަކީ މިބުނި އެކުވެރިންގެ ތެރެއިން ކުއްޖެއްގެ ބޭބެއެވެ. ފަޤީރު ނަމަވެސް ކިޔަވައިގެންހުރި ޒުވާނެކެވެ. ތަޤްވާވެރި އަޚްލާޤް ރަނގަޅު ޒުވާނެކެވެ. 

އަހަރެންގެ ބައްޕަމެން ކުޑަކޮށް ފޫކެހިއެވެ. ފަހަތު ފައަށް ބުރަވިއެވެ. ނަމަވެސް އަހަރެންގެ ނިންމުމަށް ތާއީދުކޮށް ކައިވެންޏަށް ރުހުން ދިނުމުން ކައިވެނިކުރީއެވެ. އަޅުގަނޑުގެ ޙަޤީޤަތް އޭނާއަށް އެނގޭނީ ވެސް ކައިވެނީގެ ރަސްމިއްޔާތުގައެވެ. ބައްޕަމެން ފެނުމުންނެވެ. 

ކޮންމެއަކަސް ކައިވެންޏަށް 3 އަަހރުފުރުނުއިރު ބައްޕަވަނީ އަމިއްލައަށް މަސައްކަތްތަކާއި ދުރުހެލިވެފައެވެ. ހުރިހާ މަސްއޫިއްޔަތުތަކެއް ފިރިމީހާ އާއި ޙަވާލުކޮށްފައެވެ. ބައޕަކުރާ ކަމަކީ ހަމައެކަނި އޮޑިޓް ރިޕޯޓްތައް ބެލުމެވެ. ފިރިމީހާއަށް ނަޞޭޙަތްދީ ކަންކަން ކުރަންވާ ގޮތް ކިޔައިދީ އިރުޝާދުދިނުމެވެ. 

ކައިވެންޏަށް މިހާރު 12 އަހަރު ފުރިއްޖެއެވެ. ދެމަފިރިންގެ މެދުގައި ދެބަސްވާންޖެހޭ ޙާލަތެއް ދިމައެއް ނުވެއެވެ. މައިން ބަފައިން އަހަރެމެން ދެކެ ހިތްހަމަ ނުޖެހި ރުޅިއަންނަން ޖެހޭފަދަ ކަމެއްވެސް ކުރިމަތިވެފައެއް ނުވެއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަކޮޅު ޙިއްޞާ ކޮށްމިލީ ފައިދާއެއްކޮށްފާނެ ކަމަށެވެ. ޢިބްރަތަކަސް ފުދޭނެ ކަމަށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކައިވެނިކުރަންވީ ކޮންމެހެން ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. ތަނަވަސްކަން ދައްކައިގެނެއްވެސް ނޫނެވެ. ފަޤީރު ޙާލުގައި ހުއްތައި ލޯބިވާ މީހަކާއެވެ. ނޫންނަމަ އެ ލޯބިވަނީ އެމީހަކު ދެކެއެއް ނޫނެވެ. ތަނަވަސްކަން ދެކެއެވެ.

 

- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް