އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ކައިވެނިކޮށްފިނަމަ 4 އަނބިން ހަމަކޮށްފާނެ ކަމަށް ބިރުގަންނަ ކަމަށް ބުނީމާ ލޯބިވެރިޔާ އަޅުގަނޑަށް "ބައިބައި" ކިޔައިފި-

މިއަދު ކައިވެނިކޮށްފިނަމަ 4 އަނބިން ހަމަކޮށްފާނެ ކަމަށް ބިރުގަންނަ ކަމަށް ބުނީމާ ލޯބިވެރިޔާ އަޅުގަނޑަށް "ބައިބައި" ކިޔައިފި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

އަޅުގަނޑުމެން ދެމީހުން ކައިވެނިކުރަން މަޝްވްރާކުރާތާ މިހާރު އަހަރެއްހައި ދުވަސްވެދާނެއެވެ. ތަފާތު ބަހަނާތައް ދައްކަމުން އައިސް ކުއްލިއަކަށް މިއަދު 4-4 – 2022 ގައި ކައިވެނިކުރަން ބޭނުންވެއްޖެއެވެ. އެދުވަސް މާރީތި ދުވަހަކަށްވީޔޯލައެވެ. 

ދެން އަޅުގަނޑަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. އެކި މީހުންނަށް ކަންކަން މާނަކުރެވޭނީ އެކި ގޮތަށް ކަމަށްވުމުން އަޅުގަނޑަށް 4-4 މާނަކުރެވުނީ މިއަދު ކައިވެނިކޮށްފިނަމަ ފިރިމީހާ 4 އަނބިން ހަމަކުރާނެ ކަމަށެވެ. އަދި ކޮންމެ އަންތބަކަށް 4 ދަރިންވެސް ލިބޭނެ ކަމަށެވެ. 

މިދެ ކަންތައްވެސް ވާނީ ވަރަށް ބޮޑު މައްސަލައަކަށެވެ. ސަޅިބައިސާ ކަނޑަމުން ކިތަންމެ ވަރަކަށް ހިނގި ނަމަވެސް ގިނަ ފިރިހެނުން އެއުޅެނީ އެންމެ އަންބަކު ނުގެންގުޅެވިގެންނެވެ. ދަރިއަކު ލިބޭއިރަށް ޚަރަދު ބޮޑުވެ ޚަރަދުކުޑަކުރަން ވަރިކޮށްލައެވެ. ވަރިކޮށްލާގޮތަށް ޚަބަރެއްވެސް ނުވެއެވެ. 

ވީމާ 4 އަނބިން ހަމަކުރުމާއި 16 ދަރިން ލިބިގެން ބެލެހެއްޓުންވާނީ ކިހައި ބޮޑު މުޞީބާތަކަށްކަން ވިސްނެއެވެ. އެހެން އެކަން އެވަނީ ﷲ ނިޢްމަތް ނުދެއްވަވަތީއެއް ނޫނެވެ. ހެޔޮ ގޮތުގައި 4 އަނބިން ހަމަކޮށް 16 ގެ ބަދަލުގައި 32، 48 ދަރިން ލިބުނަސް ރިޒުޤް ވެސް ދެއްވަވާނެއެވެ. މައްސަލައަކީ އަނބިންނަށާއި ދަރިންނަށް ދޭންޖެހޭ ބައި ނުދީ ފިލާކަމެވެ. 

ކޮންމެއަކަސް އަޅުގަނޑަށް ވިސްނޭ ގޮތް ބަޔާންކޮށް ކައިވެނި، ކުރިއަށް ނުވަތަ ފަހަތަށް ޖައްސައިދޭން ބުނިމާ އަޅުގަނޑަށް ބައިބައި ކިޔާފައި ހިނގައްޖެއެވެ. ދެން ދުވަހަކުވެސް ބައްދަލު ނުކުރާނެ ކަމަށްވެސް ބުނެފައެވެ. ދެން އަޅުގަނޑު މިވިސްނަނީ މިއަދާއި ބެހޭ ގޮތުން އަޅުގަނޑަށް މިގެންގުޅެވޭ ވިސްނުން ރަނގަޅު ނުވިނަމަވެސް އޭނާ ބައިބައިކިޔާފައި ދިއުން އެއީ ލެއްވެވި ރަޙްމަތަކަށް ނޫނީ ނުވާނެއެވެ! އެބާވަތުގެ މީހަކު އޭނާ ކަމެއް ކުރަން ބޭނުންވާ ދުވަހަކު އެކަމެއް ނުކުރެވޭއިރަށް ވަރިވެސް ކޮށްފާނެއެވެ. މިސާލަކަށް ކައިވެނިކުރާތާ 1 އަހަރުތެރޭގައި ދަރިއަކު ހޯދަން ނިންމައި އެކަން ނުވެއްޖެނަމަ އެހިސާބުން ކައިވެނި ނިންމާލާނެތާއެވެ! 

ވީމާ މިއީ ކުރިމަތިވާން އޮތް އެފަދަ މުޞީބާތަކުން ސަލާމަތްވެވުން ކަމުގައި ނޫނީ އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. 

ޒަޢީ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް