އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯމް މިނިސްޓަރަށް!: އަމިއްލަފުޅަށް އިސްނަންގަވައިގެން މުންކަރާތްތައް ނުހުޓުވާއިރު މީހުން ދެންނެވީމާވެސް ނުހުއްޓުވަނީ ކީއްވެގެންތޯ؟

ހޯމް މިނިސްޓަރަށް!: އަމިއްލަފުޅަށް އިސްނަންގަވައިގެން މުންކަރާތްތައް ނުހުޓުވާއިރު މީހުން ދެންނެވީމާވެސް ނުހުއްޓުވަނީ ކީއްވެގެންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ހޯމް މިނިސްޓަރ ޝައިޚް އިމްރާނަށް! 

2011 ވަނަ އަހަރ7ު މަނިކުފާނު އެންމެ ބޮޑަށް ކަންބޮޑުވުން ފައުޅު ކުރެއްވި މުންކަރާތައް އެއިރު ސިއްރުން ހިންގި ނަމަވެސް މިހާރު އެހިންގަނީ އިޝްތިހާރުކޮށްގެންނެވެ. އެއިގެ ތެރެއަށް ފައިސާއަށް އެއްޖިންސުން ގުޅުންހިންގުން ވަނީ އިތުރުވެފައެވެ. އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ރާއްޖެއިން އސްލާމްދީން ފުހެލަން ފައުޅުގައި ކުރާ މަސައްކަތްތައް މިހާރަށްވުރެ ފުޅައުކޮށް ކުރެވެމުންދާ ދުވަސްވަރެއް ތާރީޚުން ފެންނާކަށް ނެތެވެ. 

މިކަންކަން ހުއްޓުވުމުގެ ހުރިހާ ބާރެއް އޮތީ މަނިކުފާނަށެވެ. ފުލުހުންގެ ބެލެނިވެރިކަން މަނިކުފާނަށެވެ. އިސްލާމިކް މިނިސްޓްރީވެސް މަނިކުފާނަށެވެ. އެހެންކަމަށްވާއިރު އިސްލާމް ދީނަށް ކުރިމަތިކުރާ ގޮންޖެހުންތަކާއި ފައުޅުގައި ހިންގަމުން ގެންދާ މުންކަރާތްތައް އަމިއްލަފުޅަށް އިސްނަންގަވައިގެން ނުހުޓުވާއިރު މީހުން ދެންނެވީމާވެސް ނުހުއްޓުވަނީ ކީއްވެގެންތޯ؟ އެވެ. 

އިސްލާމް ދީނުގައި އޮތީ ހަމައެކަނި އިލްތިމާސްކުރުމާއި ކަންކަމަށް ގޮވައިލުންތޯއެވެ؟ އަދި އެއީ ބޮޑެތި މުންކަރާތްތައް ކަމަށް ވިދާޅުވެ ވަގުތުން ހުއްޓުވަން މަސައްކަތްކުރެއްވި ފާފަތައް މިހާރު އަޅުކަމަށް ނޫނީ ޖާއިޒް ކަންކަމަށް ބަދަލުވީތޯއެވެ؟ ކޮންމެ ޕްރެސް އެއްގައި ތިއަ ވިދާޅުވާފަދައިން "ބޮޑެތި ގޮންޖެހުންތައް އެބަހުރި" ކަމަށް ވިދާޅުވެގެން ޤިޔާމަތް ދުވަހު ސަލާމަތްވެވޭނެތޯއެވެ؟ 

މިސުވާލުތައް ކުރަން މިޖެހުނީ މަނިކުފާނާއި ޙަވާލާދީ ތިރިގައިވާ ލިޔުން ވީވިޔުސްއިން ފެނުމުންނެވެ. މިކަންކަމަށް ކަންބޮޑުވެ މިސުވާލުތައް މަނިކުފާނާއި ކުރަން މަސައްކަތްކުރާތާ އެތައް ދުވަހެއްވެގެންދިއައިރުވެސް ސުވާލުކުރުމުގެ ފުރުޞަތު މަނިކުފާނު މިއަދުނޫހަށް ނުދެއްވާތީ ސުވާލުކުރެވޭނެ އެހެން ގޮތެއް ނެތުމުންނެވެ. މަނިކުފާނުގެ ފައިންޕުޅު ފެންނާނެ ގޮތެއް ނެތިގެން ލިޔެފައި ފޮނުވާ ސުވާލުތަކަށްވެސް ޖަވާބު ނުދެއްވާތީއެވެ!

"އަމިއްލައަށް އިސްނަގައިގެން ކަންކުރާ މީހަކަށް ވާންޖެހޭ: ހޯމް މިނިސްޓަރ އިމްރާން އަބްދުالله

އަމިއްލައަށް އިސްނަގައިގެން ކަންކުރާ މީހަކަށް ވުމަށް ޒުވާނުންނަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާން މިކަމަށް އިލްތިމާސްކުރެއްވީ ހޯމް މިނިސްޓްރީގެ ޔޫތް ލީޑާރސް ނެޓްވޯކުން ށ.އަތޮޅުގައި ބޭއްވި ޔޫތް ލީޑާރސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ށ.އަތޮޅުގެ 13 ރަށަކުން ބައިވެރިވި ސަތޭކައަށްވުރެ ގިނަ ޒުވާނުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ ކުރިއަށް ދިއުމުގައި އެންމެ މުހިއްމުކަމަކީ އެހެން މީހަކު ކުރޭތޯ ބަލަން ނުހުރެ, އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރުންކަމަށެވެ.

ކަންކަން ކުރި މީހުންނަށް ޝުކުރު އަދާކޮށް, އެމީހުންނަށް ހެޔޮ ދުއާކުރުމަށްފަހު ނުކޮށް ދޫކޮށްލެވިފައި ހުރި ކަންކަން ކުރުމަށް އިސްނެގުމަކީ ލީޑަރުންގެ ސިފައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މިނިސްޓަރ ވިދާޅުވީ އެހެން މީހަކު ކަނޑައެޅިގެން ނުބައިކޮށް, ގޯސްކޮށް ކަމެއް ކުރާނަމަ ވެވުނު ގޮތަކުން އޭނަ ދުރުކޮށް, އެކަން ތިމާ އަމިއްލައަށް ކުރަންވާނެ ކަމަށެވެ. އެއީވެސް ލީޑަރުންގެ ސިފައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް