އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންކަން ގޯހުން މިދަނީ މިނިސްޓްރީ ވާގިނެތުނީމަ!: ބައެއް ޢިލްމުވެރިން ވިދާޅުވަނީ ހަމަނުޖެހުން ހިންގުމުގެ ޒިންމާ އުފުލަންޖެހޭނީ އިސްލާމިކް މިނިސްޓްރީން ކަމަށް!

ކަންކަން ގޯހުން މިދަނީ މިނިސްޓްރީ ވާގިނެތުނީމަ!: ބައެއް ޢިލްމުވެރިން ވިދާޅުވަނީ ހަމަނުޖެހުން ހިންގުމުގެ ޒިންމާ އުފުލަންޖެހޭނީ އިސްލާމިކް މިނިސްޓްރީން ކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ކަންކަން ގޯހުން މިދަނީ އިސްލާމިކް މިނިސްޓްރީ ވާގިނެތުނީމައި ކަމަށާއި ޔޯގާއާއި ގުޅިގެން ހިންގި ހަމަނުޖެހުން ހިންގުމުގެ ޒިންމާ އުފުލަންޖެހޭނީ ވެސް އިސްލާމިކް މިނިސްޓްރީން ކަމަށެވެ. 

"ބައްލަވާ! މިދައްކަނީ އާންމު މީހަކު ކަމަކާ އުޅުނު ވާހަކައެއް ނޫން! ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފައުޅުކޮށް ސިޓީއެއް ފޮނުވީމާ އެންމެ ކުޑަމިނުން ޖަވާބެއްވެސް ނުދިން. ހަނުހިމޭނުން ތިބީ! ވިދާޅުވަންވީ ނޫންތޯ އެސިޓީގައިވާ މައްސަލައަކީ ބަލައިގަނެވޭ މައްސަލައެއް ނޫނޭ! ޔޯގާއަކީ މުސްލިމުންގެ ތެރޭގަ ފަތުރަން ހަމަ ރަނގަޅު ހަރަކާތެކޭ!" 

"ދެން މިފެންނަނީ އިސްލާމް ދީނަށް ފުރައްސާރަކުރުމާ ދީނުގެ ޙުކުމްތައް އޮޅުވާލައިގެން އިސްލާމް ދީނުގެ ޤަދަރުކުޑަކޮށްލައި އަދި ކަނޑައެލިގެން ދޮގުމައުލޫމާތު ފަތުރާތަން. ވެދާނެ ކޮންމެވެސް ޖަމާއަތަކުން ކަމަށް ނޫނީ ސަރުކާރުގެ މުއައްސަސާއަކުން ކަމަށްވެސް. އެއިން ކަމަކާ ގުޅިގެންވެސް މިނިސްޓްރީން އަލާ ފިޔަވަޅެއް ނުއެނގޭ! ހިންދޫ ކަލާނގެއެއްގެ ބޮޑު ނަންބޯޑެއް މި ލޮބުވެތިފަސްގަނޑުގަ ޖެހީމަވެސް މިނިސްޓްރީން ބަހެއް ބުނި އަޑެއް ނުއިވުނު. ކޮބައިތޯ އެމިނިސްޓްރީގެ ބެލެނިވެރިކަމުގައި އޮންނަ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް ޢަމަލުކުރުން.!" 

"އަޅުގަނޑުމެން މިވާހަކަތައް ޢިލްމުވެރިންގެ ގްރޫޕްތަކުގައި ލިޔެގެން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން އެތައް މަސައްކަތެއް ކޮށްފިން. ނުކުތް އެއްވެސް ނަތީޖާއެއް އަދި ނުފެނޭ! ދެން އަނެއްކަމަކީ އަދާލަތު ޕާޓީން އެބަބުނޭ އެޕާޓީން އެދޭ ކަންކަން ރައީސް ޞާލިޙް ކޮށްދެއްވާ ކަމަށް! ދަންނަވައިގެން މިނުބައި ޝިރުކުތައް ފެތުރުން ނުހުއްޓުވަނީ ކީއްވެތޯ؟ އަދާލަތު ޕާޓީގެ ރަސްމީ ބަހެއްގެ އަޑު ނުއިވުނު ނަމަވެސް ޑރ. އިޔާޟްގެ ބަސްފުޅުން ޔޯގާއަކީ ޝިރުކުގެ ޢަމަލެއްކަން އެއޮތީ އެނގެން. ދެން މިކަންކަމުގެ ޒިންމާ އަދާލަތު ޕާޓީން ނުނަގާ ކިހިނެއްތޯ ކަންކަން އިޞްލާޙްކުރާނީ."

 

މިއީ ބައެއް ޢިލްމުވެރިން މިއަދުނޫހާއި ޙިއްޞާކުރައްވާފައިވާ ބަސްފުޅުތަކެވެ. އިސްލާމިކް މިނިސްޓްރީގެ އެއްވެސް ވެރިއަކު މިއަދުނޫހުގެ ކޯލުތަކަށް ޖަވާބުނުދެއްވާތީ ކޮމެންޓެއް ހޯދޭނެގޮތް ވަނީ ނުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް