އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސްގެ ދެކަނބަލުން ޙައްޖަށް މާދަމާ ފުރާވަޑައިގަންނަވަނީ! ދުޢާއަކީ ޝިރުކާ މުންކަރާތްތަކުން ރާއްޖެ ސަލާމަތްކުރުމުގެ ހެޔޮވިސްނުމާ ހިތްވަރު މިންވަރުކުރެއްވެވުން!

ރައީސްގެ ދެކަނބަލުން ޙައްޖަށް މާދަމާ ފުރާވަޑައިގަންނަވަނީ! ދުޢާއަކީ ޝިރުކާ މުންކަރާތްތަކުން ރާއްޖެ ސަލާމަތްކުރުމުގެ ހެޔޮވިސްނުމާ ހިތްވަރު މިންވަރުކުރެއްވެވުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަލްމާން ރަސްގެފާނު ދެއްވެވި ދައުވަތަކަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ފުރާވަޑައިގަންނަވާނެއެވެ.

ދުޢާއަކީ ރާއްޖޭގައި ޝިރުކުރުން ފެތުރުމާއި މުންކަރާތްތައް ހިންގުމާއި ރާއްޖެއިން އިސްލާމް ދީން ފުހެލަން "އެސީ" އިސްވެހުރެ ހިންގަމުންގެންދާ އެންމެހައި ކަންކަމުން ރާއްޖެ ސަލާމަތްކުރުމުގެ ހެޔޮ ވިސްނުމާއި ހިތްވަރު މިންވަރުކުރެއްވެވުމެވެ. އަދި ކީރިތި ޤުރްއާނުގައިވާ ފަދައިން މުސްލިމުންނަށް ހެޔޮނޭދޭނެ ފަރާތްތަކާއި ގުޅުން ބަދަހިކުރުމުގެ ނުބައިކަމުން ސަލާމަތްވެވަޑައިގަތުމުގެ ވިސްނުންފުޅުވެސް މިންވަރުކުރެއްވެވުމެވެ. 

ދުޢާއަކީ ރައީސް ޞާލިޙްގެ ދެކަނބަލުންނަށާއި އެންމެހައި ޙައްޖުވެރިންނަށް މަބްރޫރް ޙއްޖެއް މިންވަރުކުރެއްވެވުމެވެ. އާމީން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު