އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އޭޝިއާ ޕެސިފިކް އިންޓަރގަވަމެންޓަލް މީޓިން އޮން ދަ ފޯތް ރިވިއު އެންޑް އެޕްރައިސަލް އޮފް ދަ މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިން" ގައި ޖެނޑަރ މިނިސްޓަރ ބައިވެރިވެވަޑައިގެންފި

"އޭޝިއާ ޕެސިފިކް އިންޓަރގަވަމެންޓަލް މީޓިން އޮން ދަ ފޯތް ރިވިއު އެންޑް އެޕްރައިސަލް އޮފް ދަ މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިން" ގައި ޖެނޑަރ މިނިސްޓަރ ބައިވެރިވެވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 28 ސިކުންތު

ތައިލޭންޑްގެ ވެރިރަށް ބެންގްކޮކްގައި ޖޫން 29ން 1 ޖުލައި 2022ށް ކުރިއަށްދިޔަ " އޭޝިއާ ޕެސިފިކް އިންޓަރގަވަމެންޓަލް މީޓިން އޮން ދަ ފޯތް ރިވިއު އެންޑް އެޕްރައިސަލް އޮފް ދަ މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިން"ގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ 2002 ރިވިއުކުރުމުގެ އިތުރުން، މި އެކްޝަން ޕްލޭން ކުރިއަށް ގެންދިއުމަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައިފައިވެއެވެ. އަދި އުމުރުން ދުވަސް މީހުންގެ އާބާދީ އަށް އަންނަ ބަދަލުތަކާއި، ދިމާވާ މައްސަލަތަކުގެ އިތުރުން އޭޝިއާ އަދި ޕެސިފިކް ޤައުމު ތަކުގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މި 3 ދުވަހުގެ ބިނާކުރަނިވި މަޝްވަރާތަކާއި ޕެނަލް ޑިސްކަޝަންތަކުން ފިލާވަޅު ލިބިގަނެ މި ޕްލޭން ތަންފީޒުކުރުމުގެ މަރުޙަލާގައި ދިމާވާ ކުރިއެރުންތަކާއި ގޮންޖެހުންތައް ދިރާސާކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންނަށް ލިބިގެންދާނެކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ޙާއްސަ ކަމެއް ދީގެން ޤައުމީ ތަރައްޤީގެ ސްޓްރެޓެޖީތަކާއި ޕްލޭންތަކާއި، މިއެކްޝަން ޕްލޭންގެ ދަށުން ކުރެވޭ މަސައްކަތްތަކަށް ބަޖެޓް އެކަށައެޅުން ވަރަށް މުހިއްމު ކަމުގައިއެވެ. މި ކަންކަން ޙާޞިލުކުރުމުގައި ސްޓޭކް ހޯލްޑަރުންގެ މެދުގައި ވިލަރެސްކުރެވޭ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށެވެ. މީގެ އިތުރުން، ދޮށީ ޢުމުރުގެ މީހުންގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ އެކްޝަން ޕްލޭންގެ ނެޝަނަލް މޮނިޓަރިންގ މެކޭނިޒަމްތައް ޤާއިމުކޮށް ހަރުދަނާކުރުމަކީ، އެ ޕްލޭންގައި ޙާޞިލުކޮށްފައިވާ ކާމިޔާބީތަކާއި ގޮންޖެހުންތައް ދެނެގަނެ ކުރިއަށް ދާނެ މަގު ކަނޑައެޅުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.

ޢާންމު ޞިއްޙަތާއި، ބޭސްފަރުވާގެ ކުރިއެރުމާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުންތަކުގެ ސަބަބުން، ހެޔޮ އަސަރު ވަރަށް ބޮޑަށް ކޮށްފިކަމަށެވެ. އެހެންނަމަވެސް، އިޖްތިމާޢީ ރައްކާތެރިކަމުގެ ދިގު މުއްދަތުގައި ފަރުވާ ދިނުމުގައި، މެދުކެނޑުމެއްނެތި މަސައްކަތްތަކެއް ކުރެވެންޖެހޭކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ޕެންޑެމިކްފަދަ އައު މައްސަލަތަކުގެ ސަބަބުން ޢުމުރުން ދުވަސްވީ މީހުންނާއި އެމީހުންގެ ޢާއިލާތަކަށް ކުރާނެ އަސަރުތަކާމެދުވެސް އަޅުގަނޑުމެން ވިސްނަންޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައިއެވެ.

ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައި، އާބާދީ މުސްކުޅިވާން ފެށުން ފަދަ ކަންކަމަށް ޖުމްލަ ގޮތެއްގައި ރިޢާޔަތްކޮށް، ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަހަމަކަމަށް ވާސިލުވުމަށް އެންމެ ނާޒުކު ހާލަތުގައިވާ ފަރާތް ތަކަށް ހާއްސަ ސަމާލު ކަމެއް ދީގެން، ޙިދުމަތް ދިނުމުގައި އެހެނިހެން ގްރޫޕްތަކުގެ ބޭނުންތަކަށް ނޭދެވޭ އަސަރުކުރާނެފަދަ ގޮތަކަށް، ވަށާޖެހޭ ވިސްނުމެއް  މި ސަރުކާރުން ގެންގުޅުއްވާކަން ފާހަގަ ކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރު ވިދާޅުވީ ތަޖުރިބާ ހިއްސާކޮށް، އެހެން ޤައުމުތަކުގެ ބެސްޓް ޕްރެކްޓިސްތައް ދަސްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މި ޕްލެޓްފޯމްގެ ސަބަބުން، މިހާރު ހުރި ޢިލްމު ތައް އިތުރަށް ރަނގަޅުކޮށް، މި މުހިންމު މައްސަލައާ ބެހޭގޮތުން އަޅުގަނޑުމެންގެ ޤައުމީ އަދި ބައިނަލްއަޤްވާމީ އެޖެންޑާތައް ކުރިއެރުވުމަށް މަގު ފަހިވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. 2030 ވަނަ އަހަރު އަންނަންވާއިރަށް މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮން އެކްޝަން އޮން އޭޖިން އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް އަށް ޢަމަލުކުރުން އަވަސްކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ މިނިސްޓްރީ އޮފް ވިމެން ފެމިލީ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް ދާތުކް ޑރ.މާޒިއާ ބިންތި ޗޭ ޔުސޫފް އާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ޢުމުރުން ދުވަސްވީ މީހުންގެ އާބާދީއާ ގުޅުންހުރި މައްސަލަތަކާ މެދު މަޝްވަރާކޮށް، ދެ ޤައުމުގެ ޢުމުރުން ދުވަސްވީ މީހުންގެ އާބާދީއާ ގުޅުންހުރި މައްސަލަތަކަށް ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފައިއެވެ.

މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވަނީ ސިންގަޕޫރުގެ ޓްސާއޯ ފައުންޑޭޝަންގެ ފައުންޑިން ޑިރެކްޓަރު އަދި ޗެއާވުމަން ޑރ މޭރީ އޭން ޓްސާއޯއާ ބައްދަލުކުރައްވާފައިއެވެ. ޢުމުރުން ދުވަސްވުމުގެ މައްސަލަތަކާ ބެހޭގޮތުން ދެޤައުމުން ޝައުޤުވެރިވާ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި އޭޝިއާ ގެ ޤައުމުތަކުގެ ކަމާއި ގުޅުންހުރި ދާއިރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައިއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު