އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައުޓްސޯސްކޮށްގެން ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ހިންގުން ހަރުދަނާ ނުކުރެވިއްޖެނަމަ ޖަލުން ޝައިޚުން ހުސްވާ ދުވަހެއް އަންނާނެބާ!

އައުޓްސޯސްކޮށްގެން ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ހިންގުން ހަރުދަނާ ނުކުރެވިއްޖެނަމަ ޖަލުން ޝައިޚުން ހުސްވާ ދުވަހެއް އަންނާނެބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އިސްލާމިކް މިނިސްޓްރީ ހިންގުން ފޭލަވަމުން ގޮސް ހިނގައިދިއަ ޔޯގާގެ ބޮޑު މައްސަލައަށްބަލާއިރުގައިވެސް ހުރިހާ ކަމެއް ގޯހުން ގޯހަށް ދިއައީ އިސްލާމިކް މިނިސްޓްރީގެ ސަބަބުންކަން ޔޫތް މިނިސްޓްރީން ނެރުނު ބަޔާނުންވެސް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

މީގެ އިތުރުން ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޟް މިހާރުވެސް އެގެންދަވަނީ ޔޯގާ ދުވަހު ހިނގާދިއަ ހުރިހާ ކަންކަން ހިނގައި ދިއައީ ސަރުކާރުން ކަންކަން ސަރުކާރުން ކުރި ގޮތުގެ ސަބަބުންކަން ބަޔާންކުރައްވަމުންނެވެ. 

އިސްލާމިކް މިނިސްޓްރީން އަދާކުރަންޖެހޭ ދައުރު މިހާރު އެމިނިސްޓްރީ ހިންގަން ތިބި ބައަކަށް އަދާނުކުރެވޭނަމަ، އެކަމަށް ޙައްލު ހޯދުމުގެ ކުޅަދާނަކަން ޢަދާލަތު ޕާޓީއަށް ނެތްނަމަ މިނިސްޓްރީ ހިންގުން އައުޓްސޯސް ކުރަން ފެންނަ ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

އިސްލާމިކް މިނިސްޓްރީ ހިންގާނެ މިނިސްޓަރެއް އަދާލަތު ޕާޓީއަށް ނުލިބިގެން އުޅޭ ސަބަބަކީ ސަރުކާރު ރުހޭގޮތަށް ދީނުގެ ކަންކަން ނިންމާނެ ޢިލްމުވެރިން ނުލިބުން ކަމަށްވެދާނެއެވެ.

"ޔޯގާގެ ކަންތަކުގައި ހެދުނު ގޯސްތައް ދިފާޢުކުރައްވަން ނޫޅުއްވާ ޙައްޤަށް ރުޖޫޢަވެވަޑައިގަންނަވާ. "ކޮންމެ އާދަމުގެ ދަރިޔަކީވެސް ކުށްކުރެވިދާނެ މީހެއް. ނަމަވެސް ކުށްކުރާމީހުންގެ ތެރެއިން އެންމެހެޔޮމީހަކީ ތައުބާވާމީހާ“ ކަމުގައި ރަސޫލާ ﷺ ބަޔާންކުރައްވާފައިވޭ.

ތިމާގެ ކުށް ފޮރުވަން އެހެންމީހުން ޤުރްބާންކޮށް އަނިޔާވެރިވެ، ފާފައިގެ މައްޗަށް ފާފަކުރަން ނުވިސްނަވާ. ބާޠިލް ދިފާޢުކުރުމުގެ ގޮތުން ކުރާ ކޮންމެ ކަމެއްވެސްވާނީ ބާޠިލް" ޑޜ. އިޔާޟް 

" ދިވެހިރާއްޖޭގައި ހިނގާ އެންމެހައި މުންކަރާތްތައް މަނާކުރުމުގެ އެންމެ އިސްފަރާތަކީ އިސްލާމިކް މިނިސްޓްރީ. ކަމަށްވީހިނދު, ޔޯގާ އޭ ކިޔައިގެން ބޭއްވި ބޮޑު މުންކަރާތް ހުއްޓުވަން މަސައްކަތްކޮށްފައިނުވާކަމީ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރާކަމުގެ ހެއްކެއް. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!" ޑރ. އިޔާޟް

"ވެރިން ރުއްސަން ދުނިޔޭގެ ފިގުހު އެކަޑަމީތަކާއި އިސްލާމީ އެތައް މުއައްސަސާއަކާއި ޢިލްމުވެރިންގެ ބަހުގައި ކޮޅުފައިން ޖެހޭކަށް ނެތް! ޔޯގާއަކީ މަނާކަމެއް! ވެރިން ރުހުނަސް ނުރުހުނަސް ހިންދޫންގެ އަޅުކަމެއް ހުއްދަވާނެ ގޮތެއް ނެތް! ލާދީނީ މީހުންގެ ރުހުން ދުވަހަކު ނުލިބުނަސް ވަރިހަމަ!": ޝައިޚް ޢަލީ ޒައިދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް