އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޞާލިޙަށް: އައިޖީއެމްއެޗްގަ މިހާތަނަށް ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންކޮށް ކިތައް މީހުންގެ ކިޑްނީ ބަދަލުކޮށްފިތޯ؟

ރައީސް ޞާލިޙަށް: އައިޖީއެމްއެޗްގަ މިހާތަނަށް ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންކޮށް ކިތައް މީހުންގެ ކިޑްނީ ބަދަލުކޮށްފިތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

އައިޖީއެމްއެޗްގަ މިހާތަނަށް ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންކޮށް ކިޑްނީ ބަދަލުކޮށްފިތޯއެވެ؟ މިސުވާލުކޮށްލަން މިޖެހެނީ 2020 ވަަނ އަހަރު އެކަން ފަށަން މަސައްކަތްކުރާ ކަމަށް އިއުލާނުކުރައްވާފައި އަދިވެސް ބަލިމީހުން އިންޑިއާއަށް ފޮނުއްވާތީ ރާއްޖޭގައި އެކަމުގެ އޮޕަރޭޝަންކުރަނީ ކޮން ބައެއްގެތޯ އޮޅުންފިލުވާލަން ބޭނުންވާތީއެވެ. 

ކިޑްނީ ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އައިޖީއެމްއެޗްގަ ފެށުމަށްދަނީ މަސައްކަތް ކުރަމުން: ރައީސް

3 ފެބްރުއަރީ 2020 

ކިޑްނީ ބަދަލު ކުރުމުގެ ޚިދުމަތް، މިއަހަރުގެ ތެރޭގައި އައި.ޖީ.އެމް.އެޗްގައި ފެށުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރަކީ ޢާންމު ޞިއްޙަތުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅައި ގައިން ގަޔަށް ނާރާ ބަލިތަކުން ޢާންމު ރައްޔިތުން ސަލާމަތްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. 

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެ އެކަން ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެފައިވާއިރު، ރައީސްގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، ޚާއްޞަ ބަލިބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި މުހިންމު މަޝްރޫޢުތަކެއް ރޭވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި މިއަހަރު އަލަށް ފަށަން ނިންމާފައިވާ ޚިދުމަތްތަކަށް އެމަނިކުފާނުވަނީ އަލިއަޅުއްވާލައްވާފައެވެ.

ދިވެހިންގެ ތެރޭގައި ކަންބޮޑުވާވަރަށް ގިނަވެފައިވާ ކިޑްނީގެ ބަލިތަކާއި ގުޅިގެން ރާއްޖެއިން އެކަމަށް ބޭނުންވާ އެންމެ މުހިންމު ފަރުވާ ކަމުގައިވާ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ފެށުމަށް ކުރެވޭ މަސައްކަތްތަކާއި، ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ދަށުން މިއަހަރު ހާސިލުކުރެވޭނެކަންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. 

"އައި.ޖީ.އެމް.އެޗްގައި ކިޑްނީ ބަދަލު ކުރުމުގެ ޚިދުމަތް، މިއަހަރުގެ ތެރޭގައި ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން. އަދި އައި.ޖީ.އެމް.އެޗްގައި ސައިކެޓްރީ ވޯޑެއް މުޅިން އަލަށް ޤާއިމުކޮށް، މިއަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ. ދެން ފެށޭނެ މުހިއްމު އެއް ކަމަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި މިއަހަރު އަޅަން ފަށާ، ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ބޭސްފަރުވާއަށް މާލެ އަންނަން، ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމަށް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް މިދިޔަ 2019 ވަނަ އަހަރު ފަށާފައިވާކަމަށެވެ. 

މީގެ އިތުރުން ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ވިއުގައެއް ޤާއިމްކޮށް، އެ ޚިދުމަތްތައް ފުރިހަމައަށް ހިންގަން ފެށުމަކީ މިއަހަރު ކުރެވޭނެ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ނަފްސާނީ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މިދިޔަ އަހަރުގެ މާރޗް މަހު، އައި.ޖީ.އެމް.އެޗްގައި ޤާއިމުކުރި ސެންޓަރ ފޯރ މެންޓަލް ހެލްތުން މިދިޔަ އަހަރުގެ ނިޔަލަށް، 6160 މީހަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް