އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން އެދުމުން ކައިވެންޏަށް ހުރަސް ނާޅާށެވެ! އެއީ ޙަރާމް ކަންކަން ކުރަން ދަރިފުޅަށް ހުޅުވައިދެވޭ ދޮރަކަށްވެ ލިބިދާނެ ގެއްލުން މާބިރުވެރި!: މުފްތީ މެންކް

ދަރިން އެދުމުން ކައިވެންޏަށް ހުރަސް ނާޅާށެވެ! އެއީ ޙަރާމް ކަންކަން ކުރަން ދަރިފުޅަށް ހުޅުވައިދެވޭ ދޮރަކަށްވެ ލިބިދާނެ ގެއްލުން މާބިރުވެރި!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

"ކައިވެންޏަށްފަހު ބައެއް އަނބިން އަދި ފިރިންވެސް އެބަ ބުނެއެވެ. ކަލޭގެ މައްޗަށް އަހަރެންގެ ހިތަކު އެއްވެސް ލޯތްބެއް ނެތެވެ! ކަލެއަކީ އަހަރެން ދުވަހަކުވެސް ކައިވެނިކުރަން ބޭނުންވި މީހެއް ނޫނެވެ. މިއީ އަހަރެންގެ މައިން ބަފައިން ކުރުވި ކައިވެންޏެކެވެ." އެހިސާބުން އުފެދެން ފަށާ މައްސަލަތަކުގައި އެތައް ހާސް ދެމަފިރިންގެ ކައިވެނިތައް ކޮންމެ ދުވަހަކު އެދަނީ ރޫޅެމުންނެވެ. އެތައް މިލިއަން ކުދިން އެދަނީ ނިކަމެތިވެ މަގުމަތިވަމުންނެވެ.

މިފަދައިން ޢަމަލުކުރާ ބެލެނިވެރިން، މައިންބަފައިން ޤިޔާމަތް ދުވަހު ﷲ ތަޢާލާއަށް ދައްކާނީ ކޮން މޫނެއް ކަމެއް އަހަރެންނަކަށް ނުއެނގެއެވެ!

އަންހެން ނަމަވެސް ފިރިހެން ނަމަވެސް އެއްވެސް ދަރިއެއްގެ ކައިވެންޏަށް ހުރަސް ނުއަޅާށެވެ! އެއީ ޙަރާމް ކަންކަން ކުރަން ދަރިންނަށް ހުޅުވައިދެވޭ ދޮރަކަށްވެދާނެކަމުގެ ބިރު ވަރަށް ބޮޑެވެ! އެހެނީ މިޒަމާނުގައި ކިތަންމެ ވަރަކަށް ބަލަހައްޓަން މަސައްކަތްކުރި ނަމަވެސް ދަރިންގެ ކަންކަން ބެލެހެއްޓުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ބަދަލުވެފައިވާ މުޖުތަމައުތަކުގައި އެއީ ކުރަން ދަތި އުނދަގޫ ކަމެކެވެ.

ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއަދުގެ ޙަޤީޤަތަކީ ގިނަ ދަރިން ބެލެނިވެރިންނާއި ބައްދަލުކޮށް ކައިވެނިކޮށްދޭން އެދެނީ ހަމައެކަނި އެމީހުން ކޮށްގެން އުޅޭ ކައިވެނީގައި ރަބަރު ސްޓޭމްޕް ޖެހުމަށެވެ. ދަރިން ހޯދަން ބޭނުންވުމުންނެވެ! މިއީ މިކަން އިސްލާމް ދީނުގައި އޮތް ގޮތެއް ނޫނެވެ. ނަމަވެސް ބަދަލުވަމުން މިދާ ޙާލަތުގައި މިފަދަ ނުބައި އާދަތައް މިވަނީ އަށަގެންފައެވެ.

ކައިވެނިކުރަން އެދުމުން އެކަމަށް މަގުފަހިކޮށް ނުދިނުމަކުން އެމީހުން އުޅެމުންދާ ގޮތަކަށް ހުރަހެއް ނޭޅެއެވެ. އެމީހުން ކުރާ ކަންކަން ގެންދާނީ ކުރަމުންނެވެ. ވީމާ އަދި އިތުރަށް ކިޔަވަން ޖެހުން ފަދަ ކަންކަން ސަބަކަށް ހަދައި ކައިވެނިކޮށްނުދީ ނުހިފަހައްޓާށެވެ! އިސްލާމް ދީނުގައިވާ މަގުން ލުއިފަސޭހަކަމާއިއެކު އަވަހަށް ކައިވެނިކޮށްދޭށެވެ!

ދަރިފުޅު ކައިވެނިކުރަން ބޭނުންވީ ކުރިން ގޯސްކޮށް އުޅެވިފައިވާ މީހަކާއި ކަމުގައިވީނަމަވެސް އެކަމަށް ބަލައި ތިމާގެ ދަރިން އެމީހަކާއި ކައިވެނި ކުރިއަ ނުދީ އެބަހިފަހައްޓައެވެ. މިއީ ކުރެވޭ ވަރަށް ނުބައި އަމަލެކެވެ. ހެޔޮލަފާ މީހަކު ކައިވެންޏަށް އެދިއްޖެ ނަމަ ހުރަސް ނާޅާށެވެ! އެއީ ރިޒްޤަށް އެޅޭ ހުރަހަކަށްވެދާނެއެވެ!

ހަމައެކަނި ޔަޤީންކުރަންވީ މިހާރު އޭނާއަކީ ހެޔޮލަފާ ތަޤްވާވެރި މީހަކު ކަމެވެ!

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް