އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންދުގަ ބޭތިއްބިއިރު 2 ޝައިޚުންނަށް ކުރި ބޮޑު އަނިޔާ: ހޯމް މިނިސްޓަރު ދެއްވާނީ ކޮން ޖަވާބެއްތޯ؟

ބަންދުގަ ބޭތިއްބިއިރު 2 ޝައިޚުންނަށް ކުރި ބޮޑު އަނިޔާ: ހޯމް މިނިސްޓަރު ދެއްވާނީ ކޮން ޖަވާބެއްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ސަރުކާރު ބައިވެރިވެގެން ރާއްޖޭގައި ޝިރުކުރުކުރުމުގެ ނުބައި އަމަލު ފަތުރަން މަސައްކަތްކުރުން ހުއްޓުވަން މަސައްކަތްކުރެއްވި ޢިލްމުވެރިންގެ ތެރެއިން ޝައިޚް ފަޒްލޫން އާއި ޝައިޚް އާދަމް ނިޝާން ޢަލީ ބަންދުކޮށް 2 ޝައިޚުންނަށް ކުރި އަނިޔާތަކާއި ބެހޭ ގޮތުން ހޯމް މިނިސްޓަރުގެ ޖަވާބަކަށް ގިނަބައަކު އިންތިޒާރުކުރެއެވެ. އެއީ ވަރަށް ބޮޑެތި އަނިޔާތަކަކަށްވާތީއެވެ. 

"ފުރަތަމަ ކަމަކީ ބަންދުގައި ބެއިތިއްބި ގޮޅިއެވެ. އެއީ 25 ފޫޓު 16 ފޫޓުގެ ގޮޅިއެކެވެ. 3 ފަންކާ ހުންނަން ޖެހޭ ތަނެއްގައި ހުރީ އެންމެ ފަންކާއެކެވެ. ހޫނުގަދަކަމުން އިންތިހާއެވެ. 2 ވަނަ  ފަންކާ ހަރުކޮށްދިނީ އެތައް ވަރަކަށް ޝަކުވާކުރުމުން 25 ދުވަސްފަހުންނެވެ. މާލެގެނެސް ދޫކޮށްލިއިރުވެސް 3 ވަނަ ފަންކާއެއް ހަރެއް ނުކުރެއެވެ. ގޮޅީގައި ބޮތްކެއް ހަރުކޮށްދިނީވެސް ގޮޅިތެރެ އަނދިރިކަމުން ގޮޅީގައި ތިބި މީހުން ހަޅުތާލުކުރަންފެށީމައެވެ." 

މިއީ ޝައިޚް އާދަމް ނިޝާން ވިދާޅުވި މިންވަރެވެ. މީގެ އިތުރުން 2 ޝައިޚުން ބަންދުގައި ބޭތިއްބި ގޮޅީގައި ހުރި ހަމައެކަނި ފަންކާގެ ކެޕޭސިޓަރު ހަލާކުވެފައި ހުރުމުން އެފަންކާއިންވެސް ވަޔެއް ނުލިބެއެވެ. 25 ދުވަސްފަހުން ހަރުކުރި 2 ވަނަ ފަންކާއަކީވެސް ކެޕޭސިޓަރު ހަލާކުވެ ވައިނުލިބޭ ފަންކާއެކެވެ. އެކަންކަން ރަނގަޅުކުރީ އެތައް ދުވަހެއް ފަހުންނެވެ. 

2 ޝައިޚުން ބަންދުކުރުމުން ހޯމް މިނިސްޓަރުގެ ފަރާތުން މަންދޫބަކު ބައްދަލުކުރުމުން މި ކަންކަމުގެ މައުލޫމާތު ދީފައިވީނަމަވެސް އެއްވެސް ކަމެއް ރަނގަޅުކޮށްދޭން މަސައްކަތްކުރެވުނު މިންވަރާއިމެދު ނުވަތަ އެއްވެސް ކަމެއް ކޮށްދެވުނު ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ. 

ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އަކީ ކުރިން ޖަލުގައި މިފަދަ ދަތިޙާލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ. ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި 4 އަހަރުވީއެވެ. އަބަދު ޓީވީންނާއި ޚަބަރުތަކުން ފެންނަނީ ޖަލުތަކަށް ވަޑައިގެން ޖަލުތަކުގެ ޙާލަތު ބައްލަވައި ކަންކަން ރަނގަޅު ކުރައްވާ ކަމުގެ ވާހަކަތަކެވެ. އެހެންކަމުން އުފެދޭ ސުވާލަކީ މިޙާލަތުގައި ބައެއް ގޮޅިތައް ބަހައްޓާފައި އެހުރީ އަނިޔާކުރަން ބޭނުންވާ ބައަކަށް އަނިޔާކުރުމުގެ މަޤްޞަދުގައިތޯއެވެ؟ 

ޝައިޚް އިމްރާނަކީ އަބަދުވެސް އަނިޔާވެރިކަމާއި ދެކޮޅަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ބަންދުގައި ބޭތިއްބިނަމަވެސް އެމީހުންގެ ޙައްޤުތައް ލިބެންޖެހޭނެ ކަމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެހެންކަމަށްވާއިރު ޖަލުގައި ބަންދުކުރި 2 ޝައިޚުންނަށާއި ޝިރުކުރުގެ ޙަރަކާތް ހުއްޓުވަން ނުކުތުމުން އެގޮޅީގައި ބަންދުކުރި އެހެން މީހުންނަށް މިހައި ބޮޑު އަނިޔާއެއް މިކުރެވުނީ ކީއްވެގެންކަން ހޯމް މިނިސްޓަރު ރައްޔިތުންނަށް ވިދާޅުވެދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގިން ބައަކު ޤަބޫލުކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް