އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ވެރިކަން ކޮންމެ ނިޒާމަކަށް އޮތަސް އެމްޑީޕީގެ "އެހާގިނަބައަކު" އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުނުދީ ނުތިބޭނެ: ރައީސް

ރާއްޖޭގެ ވެރިކަން ކޮންމެ ނިޒާމަކަށް އޮތަސް އެމްޑީޕީގެ "އެހާގިނަބައަކު" އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުނުދީ ނުތިބޭނެ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ރާއްޖޭގެ ވެރިކަން ކޮންމެ ނިޒާމަކަށް އޮތަސް އެމްޑީޕީގެ "އެހާގިނަބައަކު" އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުނުދީ ނުތިބޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ "ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުވެއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން %42 މެންބަރުން ސަރުކާރަށް ވޯޓު ނުދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ރައްދުދެއްވައެވެ.  

ރައީސް ވިދާޅުވެފައިވަނީ ކޮންމެ ކެންޑިޑޭޓަކާ ދޭތެރޭގައި ވެސް ހިތްހަމަނުޖެހޭ ބައަކު ޕާޓީގައި ތިބޭނެ ކަމަށެވެ. " އެ ގޮތުން އެމަނިކުފާނު ނުކުމެވަޑައިގެންނެވި ނަމަވެސް އެހެން ބޭފުޅަކު ނުކުމެވަޑައިގެންނެވިނަމަވެސް ވޯޓު ނުދޭނެ ބައަކު ތިބެދާނެކަމަށާއި ރައީސް ނަޝީދު އެ ވިދާޅުވާ އަދަދަކީ ޕާޓީގެ ކެންޑިޑޭޓަކާ ދެކޮޅަށް ޕާޓީތެރެއިން ވޯޓުނުދީ ތިބޭނެ އަދަދެއް ނޫން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު