އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މިޢްވާން މުޙައްމަދު ޢައްޔަންކުރައްވައިފި

ރައީސް އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މިޢްވާން މުޙައްމަދު ޢައްޔަންކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް ޏ.ފުވައްމުލައް، މާލެގަން. މެލޯ މިޢްވާން މުޙައްމަދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިޢްވާން މުޙައްމަދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު މަބްރޫކް ޢަޒީޒް އިސްތިޢުފާ ހުށަހެޅުއްވުމާއިގުޅިގެންނެވެ.

މިބަދަލާ ގުޅިގެން، މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، މިޢްވާން މުޙައްމަދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މިޢްވާން މުޙައްމަދު ޢައްޔަންކުރެއްވުމުގެ ކުރިން މިޢްވާންވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމު އަދާކުރައްވާފައެވެ.

މިޢްވާން އަކީ ސްޓްރެޓިޖިކް މެނޭޖްމަންޓް އެންޑް ލީޑަރޝިޕްގެ ގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު