އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަށިގަނޑު ހާމަކުރުމަށާ ހަށިގަނޑު ދައްކަން ފޭރާންލާ ބައަކު އުޅޭނެ! އެއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް!: ޙަދީޘް

ހަށިގަނޑު ހާމަކުރުމަށާ ހަށިގަނޑު ދައްކަން ފޭރާންލާ ބައަކު އުޅޭނެ! އެއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް!: ޙަދީޘް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ރަސޫލް (( ޙަދީޘްފުޅު ކުރައްވަވާފައިވަނީ ހަށިގަނޑު ހާމަކުރުމަށާއި ހަށިގަނޑު ދައްކަން ފޭރާން ލައި އުޅޭ ބައަކު އުޅޭނެ ކަމަށާއި އެއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް ކަމަށެވެ. 

ދެން މިއޮތީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. 

"އޭ އާދަމްގެ ދަރިންނޭވެ! ތިއަބައިމީހުންގެ އަޢުރަ ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤްވާ ގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، ﷲ ގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ." (އަލްއަޢްރާފް: 26) 

މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ މުސްލިމުން ހެދުން އަޅަންޖެހޭ ގޮތެވެ. ﷲ ތަޢާލާ ވަޙިކުރައްވަވާފައި އެވަނި ތަޤްވާގެ ފޭރާމުން ފޭރާންލުމަށެވެ. ފޭރާން ލާންޖެހޭ ބޭނުމަކީވެސް ހަމަ އެއީއެވެ. ނަމަވެސް މިއަދު ފޭރާން މިލަނީ ކިހިނަކުން ހެއްޔެވެ؟ ފޭރާންމިލަނީ ހަށިގަނޑު ހާމަކުރުމަށެވެ! ހަށިގަނޑު ދެއްކުމަށެވެ!  

ސޫރަތުލްއަޢްރާފްގެ ވަރަށް ގިނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި ވަނީ "އޭ އާދަމްގެ ދަރީންނޭވެ!"މިއީ ﷲ ތަޢާލާ އިންސާނުންނަށް ދެއްވަވާފައިވާ ވަރަށް މަތިވެރި ޝަރަފެކެވެ. ﷲ ތައާލާ އާއި މީސްތަކުން ކުއްތަން ކުރެއްވެވުމުގެ ގޮތުން ވަޙިކުރައްވަވާފައިވާ ޢިބާރާތެކެވެ.

މީސްތަކުންނޭވެ! ތިބާ ފޮރުވަން ޖެހޭ ތިބާގެ އަޢުރަ، ގުނަވަންތައް ހާމަކުރަން، ހާމަވާ ގޮތަށް ފޭރާން ލައި އުޅޭ ބައަކު ކަމުގައި ނުވާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ފަދައިން ތަޤްވާވެރިކަމުގެ ފޭރާމުން ފޭރާންލާށެވެ! ތަޤްވާވެރިކަމުގެ ފޭރާމުން ފޭރާންލުމަކީ ފޮރުވަން، ހާމަނުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ބައިތައް ހާމަނުވާނެ ގޮތަށް ފޭރާންލުމެވެ.

އަދި ހަމައެފަދައިން މިއާޔަތުގައި "ލިބާސުއްތަޤްވާ" އެވެ އޮތް ވަޙީ ބަސްފުޅުގެ މާނައިގައި ތިބާގެ އަޚްލާޤާއި ކުރާ އަމަލުތައް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ގޮތަށް ބެހެއްޓުންވެސް ހިމެނިގެންވެއެވެ! ވީމާ މުޅި ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުމަކުން އެކަނި ނުފުދެއެވެ. މީހާ ކުރާ ހުރިހާ ޢަމަލުތަކާއި ބުނާ ބަސްތައް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ބެހެއްޓުމުން ނޫނީ ތަޤްވާގެ ފޭރާން ލެވުނު ކަމަކަށް ނުވާނެއެވެ.

ތަޤްވާގެ ލިބާސް ލެވުނުކަމަށްވާނީ އަޅުކަންވެސް ﷲ ތަޢާލާ އަންގަވާފައި ގޮތަށް ކުރަމުން ގެންދިއުމުންނެވެ. ދީނުގެ ފަރުޟުތަކާއި ސުންނަތްތައް އަދާކުރަމުން ގެންދިއުމުންނެވެ!

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް