އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފަޤީރަކުދެކެ ލޯބިވެ ކައިވެނިކުރަން އުޅެނިކޮށް އެއީ ތަނަވަސް މީހެއްކަން އެނގުމުން ފިލި އަންހެނެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

ޙަޤީޤީ ޙާދިސާ: ފަޤީރަކުދެކެ ލޯބިވެ ކައިވެނިކުރަން އުޅެނިކޮށް އެއީ ތަނަވަސް މީހެއްކަން އެނގުމުން ފިލި އަންހެނެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 24 ސިކުންތު

އޭނާއަކީ ސިޓީގެ ތަނަވަސް މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބޮޑުވެ ކައިވެނިކުރާ ޢުމުރަށް އެޅުމުން އޭނާ އާއި ކައިވެނިކުރަން ބޭނުން ނުވާ އަނހެނަކާއި ބައްދަލެއް ނުވެއެވެ. އެއީ އޭނާދެކެ ލޯބިން ނޫންކަމާއި އޭނާގެ ތަނަވަސްކަމަށް އޮންނަ ދަހިވެތިކަމުގެ ސަބަބުންކަން އޭނާއަށް އެނގުނެވެ.

ކައިވެނިކުޜާނެ ކުއްޖަކާއިމެދު ގޮތެއް ނިންމަން އުނދަގޫވެގެން ބައްޕައާއި މަޝްވަރާކުރުމުން ބުނީ ބައްޕަވެސް ކައިވެނިކުރަން އުޅުނު ދުވަސްވަރު ހަމަ އެއް މައްސަލައެއް ކުރިމަތިވިކަމަށެވެ. ކައިވެނިކުރާނެ އަންހެނަކީ ދަރިފުޅުގެ މަންމަ ކަމަށް ނިންމީ ފަޤީރަކަށް ހެދިގެންއުޅެ ލޯބިވެ މަންމައަށް ލިބޭ މަދުފައިސާކޮޅުން ބައްޕައަށް ޚަރަދުކުރަންފެށުމުން ހިތުގެ އަޑިން ލޯބިވާކަން ޔަޤީންކުރެވުމުން ކަމަށެވެ. ދަރިފުޅުވެސް އެބާވަތުގެ އުކުޅެއް ބޭނުންކޮށްގެން ޙަޤީޤީ ލޯބިވެރިއަކު ހޯދުން ރަނގަޅުވާނެ ކަމަށެވެ.  

ބައްޕަ ދިން ނަޞޭޙަތުގެ ބޭނުން ހިފައި ވަރަށްބޮޑު ފަޤީރަކަށް ހެދިގެން ހުރެ އަންހެންކުއްޖަކާއި ގުޅުނެވެ. ދެމީހުންގެ މެދުގައި ލޯބި އިތުރުވެ، އޭނާވަނީ ޙަޤީޤީ ލޯބިކަން ޔަޤީންކުރެވުމުން ކައިވެނިކުރަން ނިންމައި އޭނާގެ ޙަޤީޤަތް ލޯބިވެރިޔާއަށް ކިޔައިދޭންވެގެން ސިޓީގެ އެންމެ އަގުބޮޑު ރެސްޓޯރަންޓަކަށް ލޯބިވެރިޔާ ގެންދިއައެވެ.  

ކާން ތިބެގެން ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ތެދުވެގެން ދިއަ ގޮތަށް ލޯބިވެރިޔާ ގެއްލުނީއެވެ. ހޯދަން އުޅެއުޅެ ނުވެސް ފެނުނެވެ. ފޯނުނަމްބަރާއި ދިރިއުޅޭ އެޑްރެސްވެސް ބަދަލުކުރީއެވެ.   

އެކަމަކަށް ކެތެއް ނުކުރެވުނެވެ. ލޯބިވެރިޔާ ގެއްލޭކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް އޭނާ ހޯދާށެވެ. އޭނާ ނޫން އަންހެނަކާއި ކައިވެނި ނުކުރާށެވެ. އެހެންވެ އެކި ގޮތްގޮތުން އޭނާ ހޯދަން މަސައްކަތްކުރަމުން ދަނިކޮށް އަލުން ބައްދަލުވީ 3 މަސްދުވަސްފަހުންނެވެ. ފިލައިގެން އުޅެން އޭނާއަށްވެސް ކެތްނުކުރެވިގެން އައިސް ބައްދަލުކުރުމުންނެވެ.  

ބައްދަލުވުމުން ބައްދާލާފައި ބުންޏެވެ. "ބުނަންހެއްޔެވެ؟ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ސަމާސައަށްވެސް ކޮށްގެން ނުވާނެ އެއްކަމެއް އެބައޮތެވެ. އެއީ ދޮގުބުނުމެވެ. އަހަރެން ފިލީ ކަލޭ ދޮގުހެދުމުންނެވެ. ނަމަވެސް ދޮގު ހެދީ ރަނގަޅު މަޤްޞަދެއްގައިކަން ވިސްނުމުން މިއައީ މާފުކޮށްގެންނެވެ. އަހަރެން ހުރީ މާފު ނުކުރާށެވެ. ނަމަވެސް ލޯބިވާވަރު ބޮޑުކަމުން މާފުކުރަން ހިތް މަޖުބޫރުކުރުވީއެވެ. ނަމަވެސް ދެން ދުވަހަކުވެސް އެއްވެސްކަމެއްގައި ދޮގެއް ބުނެގެން ނުވާނެއެވެ. ކައިވެނިކުރާނީ އެކަމަށް ވަޢުދުވުމުންނެވެ."  

އޭނާ އެދުނުފަދައިން ދުވަހަކުވެސް އެއްވެސް ކަމެއްގައި ދޮގު ނުހަދަން ވަޢުދުވެ ދެމީހުން ކައިވެނިކުރީއެވެ. ބަނގުރޫޓުވެ ބޮޑުތަނުން ދަރަނިވެރިވެރިވެފައިވާ ބޮޑު ދަރަނިވެރި ފަޤީރަކު ދެކެ  އިޚްލާޞްތެރި ލޯބިވީމާ ލޯބީގެ އަގެއްގެ ގޮތުގައި ލިބުނީ ސިޓީގެ އެންމެ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ.  

މިވާހަކަ ވިދާޅުވުމަށްފަހު މިއަދުނޫހުގެ ކިޔުންތެރިން ނިކަން ވިދާޅުވެބައްލަވާށެވެ! ކޮންމެ އަނހެނަކުވެސް ލޯބިވަނީ ފައިސާދެކެ ކަމަށް ބުނެވިދާނެ ހެއްޔެވެ؟ ތިއައީ ރާއްޖޭގެ ވާހަކައެއް ނޫންކަމަށް ބުނެ ނިންމައި ނުލާށެވެ! ރާއްޖޭގައިވެސް ހަމަ މިފަދަ ކިތަންމެ ކަމެއް ދަނީ ހިނގަމުންނެވެ. ފައިސާ ފަހަތުން ދުވާބައަކުވެސް އުޅޭނެއެވެ. ނަމަވެސް ހުރިހާ އަންހެނުން ކަމަށް ނުބުނާށެވެ.  

ހަމަޤައިމުވެސް ތަނަވަސް މީހުންނާއި ކައިވެނިކުރެވެން އޮއްވައިވެސް އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން 2 އަންހެނުން ކައިވެނިކުރީ ފަޤީރުންނާއިއެވެ.  

- ޚާލިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް