އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތަނަވަސް މީހަކާ ކައިވެނިކުރުމުގެ ދަހިވެތިކަމުގަ ބޮލުގަ ދަރިއެއް އަޅުވަން އުޅުނު އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ތަނަވަސް މީހަކާ ކައިވެނިކުރުމުގެ ދަހިވެތިކަމުގަ ބޮލުގަ ދަރިއެއް އަޅުވަން އުޅުނު އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

އޭނާއަކީ މުޅިރާއްޖެއަށްވެސް މަޝްހޫރު ވިޔަފާރިވެރިއެކެވެ. ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުން އަންނަ މީހެކެވެ. ކާމިޔާބު ވިޔަފާރިވެރިއަކަށްވުމުން ގިނަ ބައަކު އޭނާއަށް ސަމާލުކަންދެއެވެ. ޚާއްޞަކޮށް ޒުވާން އަންހެންކުދިންނެވެ. 

ގިނަ މީހުންނަކީ ނިޢްމަތެއް ދެއްވެވުމުން ލިބެން މެދުވެރިވި ސަބަބާއިމެދު ވިސްނާ ބައެއް ނޫނެވެ. އެގޮތުން ވިޔަފާރިވެރިޔާވެސް އޭނާއަށް ކުރިއެރުމާއި ތަނަވަސްކަން ލިބުނީ އަނބިމީހާގެ ސަބަބުންކަން ހަނދާން ނައްތައިލިއެވެ. ރީތި ޒުވާން އަނހެންކުދިންނާއި ގުޅުންބަދަހިކުރަން ފެށިއެވެ. އެކުދިންގެ ބޭނުންކޮށްލާފައި ފައިސާކޮޅަކުން އަގުއަދާކޮށްލައި ކަންކަން ނިންމާލަމުން ގެންދިއުމަކީ އާދައަކަށް ހަދައިފިއެވެ. 

ނަސީމާވީ ވަރަށް ތަފާތު ކުއްޖަކަށެވެ. ނަސީމާ ވިސްނީ ކޮންމެ ފަދަ ބޮޑު މަކަރެއްހަދައިގެންނަމަވެސް އޭނާ އާއި ކައިވެނިކުރުމަށެވެ. ނަސީމާ އާއި އޭނާ އާއި ބައްދަލުވި މަހަކީ ނަސީމާގެ ކުރީގެ ކުރީގެ ލޯބިވެރިޔާއަށް އޭނާ ބަލިވެއިންކަން އެނގުނު މަހެވެ. އެކުގައި އުޅޭތާ ކުޑަދުވަސްކޮޅެއްފަހުން ބުނީ އޭނާގެ ދަރިއަކަށް ބަލިވެއިން ކަމަށެވެ. 

ޒުވާނާ ގާތު އެވާހަކަބުނުމުން ބުންޏެވެ. "މަކަރު ހަދަންވެސް މިފަހަރު ތިއަ ހެދުނީ ގޯހެކެވެ. އަހަރެންގެ އަނބިމީހާއަށް ކުއްޖަކު ނުލިބިފައި އެހުންނަނީ އަހަރެންނަކީ ފަނިމަރުވެފައިވާ ދަރިއަކު ނުލިބޭނެ މީހަކަށްވާތީއެވެ. ވީމާ އެއްވެސް އަންހެނަކު އަހަރެންނަށް ބަލިވެއިނުން ވާނީ ވަރަށް އާދައާ ޚިލާފް ކަމަކަށެވެ. އެހެންކަމާއިއެކުވެސް ޙަޤީޤަތް ބަލައިލަން ބޭނުމެވެ. ޑީއެންއޭ ހަދައި ޗެކްކޮށްލަންވާނެއެވެ. އެއިރުން ޔަޤީންވާނެތާއެވެ!" 

ނަސީމާ ވަރަށް ދެރަވިއެވެ. ލަދުވެސްގަތެވެ. އެއީ ހެދީ ދޮގެއްކަން އެނގުމުން އޭނާ އިތުބާރުނުކުރާނެތީއެވެ. ޚަރަދުނުކުރާނެތީއެވެ. ބާކީވުމުން އެނބުރި ގޮސް ކުރީގެ ލޯބިވެރިޔާއާއި ގުޅެންވެސް ފުރުޞަތު ނެތުމުންނެވެ. އޭނާ މިހާރު ކައިވެނިކޮށްގެން ހުރުމުންނެވެ. 

އެކަންވީވެސް އެހެންނެވެ. އެހިސާބުން އޭނާ ނަސީމާ އާއި ރުޅިވިއެވެ. ޚަރަދުކުރުންވެސް ހުއްޓައިލިއެވެ. ނަސީމާ ހުރިހާ ގޮތަކުންވެސް ބާކީވީއެވެ. ދުނިޔެއަށް ގިނަވީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ނަސީމާއަކީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ކުއްޖެކެވެ. އޭނާގެ ލޯބިވެރިޔާ އާއި ކައިވެނިކުރަން ތައްޔާރުވެ ހުރިހާ ގުޅުންތަކެއް ހިންގަމުން ދަމުންވެސް އޭނާ އާއި ވަކިވީ ތަނަވަސް ޒުވާނަކު ފެނުމުން އޭނާގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައެވެ. ނަމަވެސް ކަންކަން ނިމިގެންދިއަ ގޮތް މިކިޔައިދިނީއެވެ.

ކިތަންމެ ލޯބިވީނަމަވެސް ކައިވެނީގެ ބޭރުން ގުޅުންހިންގުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމައެއާއިއެކު އެފަދަ ފާފައެއް ކުރެވި ބަލިވެއިނަސް އެހްން މީހެއްގެ ބޮލުގައި ދަރިފުޅު އެޅުވުމަކީ ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. އުފާވެރި މުސްތަޤްބަލަކަށް އެދޭނަމަ މިކަންކަމަށް ވިސްނަން އެބަޖެހެއެވެ. ޚާއްޞަކޮށް އާޚިރަތް އެދޭނަމަ ވަރަށް ބޮޑަށް ސަމާލުކަންދޭން އެބަޖެހޭ ނޫންތޯއެވެ؟

 

- ނަޝްވާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް