އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑުގެ ލޮލަށް ފެނުން ލިބޭތޯ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދިއާދޭސްކުރަން!

އަޅުގަނޑުގެ ލޮލަށް ފެނުން ލިބޭތޯ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދިއާދޭސްކުރަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

އަޅުގަނޑު އައިޝަތު މަނިކުފާނު އަކީ 2015 ވަނަ އަހަރުން ފެށިގެން ލޮލުގެ ފެނުން ގެއްލިފައިވާ އަންހެނަކީމެވެ. 

މީގޭ ސަބަބުން ދިރިއުޅުމަށް ވަނީ ތަފާތު ބަދަލުތައް އައިސްފައެވެ.

އަޅުގަނޑަށް އައި ބަދަލުތަކުގެ ތެރެއިން އަޅުގަނޑަށް ކުރިއަށް ވުރެން ލޮލުގެ ފެނުން އަންދިރި ކަމަށާއީ ލޮލުގޭ ފުސްކަމެއް އިންނަ ކަމަށް ފާހަގަވިއެވެ. އަދި އެއިރު އިންޑިއާ އަށް ގޮއްސާ ޑޮކްޓަރ ދެއްކި ކަމުގައިވިޔަސް އެކަމުން ލުއެހް ނޫލިބެއެވެ. އެއްލޯ ސަކަރާތް  ވެގެން ގޮސް ފަހން ދެލޯވެސް ސަކަރާތްވީއެވެ. އަދި 2020 ވަނަ އަހަރު އުންމީދު ކޮށްގެން އައިޖީއެމްއެޗުން ލޮލުގެ އޮޕަރޭޝަނެއް އަޅުގަނޑު ކުރީމެވެ.

ނަމާވެސް އެއްވެސް ގޮތަކަށް ރަނގަޅުނުވިއިރު ލޮލުގެ ލެންސް ވެސް ލައްވާފައިވަނީ ވަނީ ނުބައިކޮށް ކަމަށް ޑޮކްޓަރ ވަނީ ބުނެފައެވެ.

މިދިއަ މަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގެ ލޮލުގެ ޑޮކްޓަރު ދެއްކުމުން ވަނީ ލޯ އޮޕަރޭޝަން ކުރުމަށް އިންޑިއާ އަށް ދިއުމަށް އާސަންދަ ދީފައެވެ. ނަމަވެސް އާސަންދަ އޮފީހުން ހަމަޖައްސައި ނުދީ ބުނީ އަލުން މާލެއައިސް ހަމަ އެއައިޖީއެމްއެޗަށް ދެއްކުމަށެވެ. 

އައިޖީއެމްއެޗުން އަޅުގަނޑުގެ ލޯ އޮޕަރޭޝަން ކޮއްގެން އެއްވެސް ގޮތަކަށް ރަންގަޅު ނުވެ ގެއްލުންތަކެއް ލިބިފައިވާތީ އަލުން އައިޖީއެމްއެޗަށް ދެއްކުމަކީ އަޅުގަނޑަށް ރުހެވޭނެ ކަމެއް ނޫނެވެ. 

އެހެންވެ މަސައްކަތްކުރަމުން މިއަންނަނީ މިމަސްތެރޭގައި ލޯ އޮޕަރޭޝަން ކުރުމަށް އިންޑިއާ އަށް ދެވޭތޯއެވެ. 

އަޅުގަނޑުގެ ބޭސްފަރުވާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމާކީ މާލީ ދަތިކަމެވެ. އެންސްޕާއިން ދޭ ނުކުޅެދޭ މީހުންނަށްދޭ ފާއިސާ ކޮޅު އެއްކޮއްގެން ޓިކެޓް ނެގުނަސް އަޅުގަނޑުގެ އޮޕަރޭޝަނަށާއި ތިބުމަށާއި އެހެން ކަމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭނެތީއެވެ. 

އަޑުގަނޑަކީ ނިކަމެތި އަންހެނަކީމެވެ. މިލިޔުން ތިއަބޭފުޅުންނަށް ހުށަހެޅުމުގެ ބޭނުމަކީ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި އާދޭސް ކުރުމެވެ. ތިއަބޭފުޅުން ކުރައްވަވާ ޞަދަޤާތުގައި ބަރަކާތް ލައްވަވާށި! އާމީން

އެކައުންޓް ނަންބަރ: 7708382160101

ފޯނު ނަންބަރ: 7632686

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް