އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަށް ގުޑުން އަންނާނެ ފަދަ ނަޞޭޙަތްފުޅަކަށް އެދުމުން ރަސޫލް (ޞޢވ) ދެއްވެވި ފުރަތަމަ ނަޞޭޙަތްފުޅު!

ތިމާއަށް ގުޑުން އަންނާނެ ފަދަ ނަޞޭޙަތްފުޅަކަށް އެދުމުން ރަސޫލް (ޞޢވ) ދެއްވެވި ފުރަތަމަ ނަޞޭޙަތްފުޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

އަހަރެން ފަށައިގަންނަމުން ވެސް މިބުނަނީ މިއީ ތިއަބައިމީހުންނަށް ގުޑުން އަންނާނެ ފަދަ ނަޞޭޙަތްފުޅެއް ކަމަށެވެ. އެހެން މިބަނީ އަހަރެންގެ އަމިއްލަ ބާރަކު ނޫނެވެ. އެއްދުވަހަކު މީހަކު އައިސް ރަސޫލް (ﷺ) އަށް ދެންނެވިއެވެ. މާތް ނަބިއްޔާއެވެ! މިއަޅާއަށް ފައިދާ ކުރާނެ ނަޞޭޙަތްފުޅެއް ދެއްވަވާށެވެ! އަދި އެދެނީ އާދައިގެ ނަޞޭޙަތްފުޅަކަށް ނޫން ކަމަށާއި އެ ނަޞޭޙަތްފުޅުގެ ސަބަބުން އޭނާއަށް ގުޑުން އަންނާނެ ފަދަ ނަޞޭޙަތްފުޅެއް ދެއްވެވުމަށް އެދޭ ކަމަށެވެ.

އެފަދައިން އެދިދެންނެވުމުން ރަސޫލް (ﷺ) ދެއްވެވި ނަޞޭޙަތްފުޅުން ތިމާއަށް ގުޑުން ނުއަރާނަމަ އެއީ މިވާހަކަ މިދައްކާ ނިކަމެތި އިންސާނާގެ މައްސަލައެއް ނޫނެވެ. އެއީ އަޑުއަހާ މީހާގެ މައްސަލައެކެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!

އެމީހާ އެހެން ދެންނެވި ހިނދު ރަސޫލް (ﷺ) އެނާއަށް 3 ކަމަކަށް ނަޞޭޙަތް ދެއްވެވިއެވެ. ނުވަތަ ވަޞިއްޔަތް ކުރެއްވެވިއެވެ. ފުރަތަމަ ކަމަކީ "ނަމާދުކުރާއިރު އެ ނަމާދަކީ ތިބާއަށް ކުރެވޭނެ އެންމެ ފަހު ނަމާދު ކަމަށް ވެދާނެ ކަމަށް ބަލައިގެން ނަމާދުކުރާށެވެ!"

ބައެއް މީހުންނަށް ނަމާދުގައި ފަރުވާ ކުޑަކުރެވެއެވެ. ހިތަށް އަރަނީ މާދަން ނުވަތަ ދެން ކުރާ ނަމާދެއް ފުރިހަމަކޮށް އެތަން ފޫބެއްމަށެވެ. ނަމަވެސް އެއީ ވަރަށް މޮޔަ ވިސްނުމެކެވެ. މާދަމާ ދިރިހުންނާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަދި ދެން ޖެހޭ ނަމާދެއް އަންނަންދެންވެސް ދިރިހުންނާނެކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ހަމަ އެއާއިއެކު ވިސްނައިލާށެވެ! ނަމާދަކީ ދަރަންޏެކެވެ. ދަރަނި އަދާކުރެވެނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ނަމާދުކޮށްގެންނެވެ. ވީމާ އެންމެ ނަމާދެއްވެސް ފުރިހަމަ ގޮތުގައި ނުކުރެވިއްޖެ ނަމަ އެ ނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާ ނަމާދަކަށް ވެދާނެ ކަމާއިމެދު ބިރުވެތިވާށެވެ! ވީމާ އަހަރެމެންގެ މައްޗަށް އޮތީ ކުރާ ކޮންމެ ނަމާދެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. އެއް ނަމާދުގައި ފަރުވާ ކުޑަކޮށްފައި އަނެއް ނަމާދުގައި ފަރުވާ ބަހައްޓާފައި އެގޮތަށް ކަންކަން ކުރަން ވިސްނަން ހެޔޮވެސް ނުވާނެއެވެ. އެއީ ވަރަށް ބޮޑަށް ބިރުވެރިކަން ހުރި ކަމެކެވެ.

ނަމާދަށް ހުންނަ ވަގުތަކީ އެދުވަހު ދިމާވި ކަންކަމަށް އަދި އެދުވަހު ކުރަންޖެހިފައި ހުރި ކަންތައްތަކަށް ވިސްނުމުގެ ވަގުތަކަށް ނުހަދާށެވެ! އެހެނީ އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ނަމާދުގައި ތިބާ އާއި ﷲ ތަޢާލާ އާއި އޮންނަންޖެހޭ ގުޅުން އެވަނީ ކެނޑިފައެވެ. ތިބާ ގުޅިފައި އެވަނީ ތިބާ ކުރަން ހުރި ކަންތައްތަކާއިއެވެ. އެއިރުން ނަމާދުކުރުމުގެ މަޤްޞަދު އެވަނީ ނެތި ގޮސްފައެވެ. މިސަބަބަށްޓަކައި ކޮންމެ ނަމާދެއްގައި ހުންނައިރުވެސް އެ ނަމާދާއިމެދު ނޫނީ ނުވިސްނުމަށް ރަސޫލް (ﷺ) ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


15%
ވ.ރަނގަޅު
26%
ރަނގަޅު
21%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް